Advertisement

ހިޔަލަ ވީކް އެންޑް މާޓް --

20 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ހިޔަލަ ވީކް އެންޑް މާޓް ހުޅުމާލޭ ކޮންޓެއިނާ ޕާކުގައި ހުޅުވައިފި

ދިވެހި އަންހެން ވިޔަފާރިވެރިންނަށް ފުރުބަތު ފަހިކޮށްދިނުމުގެ ގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ހިޔަލަ ވީކް އެންޑް މާކެޓް ރޭ ފަށައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ފެށި މިމާކެޓް ހުޅުއްވައި ދެއްވީ އެކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރ ޑރ. އައިޝަތު ޝިހާމާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އަދި ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއުއެވެ.

ކޮންމެ ހަފްތާ ބަންދެއްގައި ކުރިޔަށް ގެންދާ މިމާކެޓުގައި ދިވެހި އަންހެނުންގެ އުފެއްދުންތައް ވިއްކުމަށް 10 ކިއޮސްކެއް ވަނީ ޤާއިމްކޮށްފައެވެ. މި މާކެޓް ފެށުމުގެ ގޮތުން ފުރަތަމަ ހަފްތާގައި ކިއޮސްކްތައް ދޫކޮށްފައި ވަނީ ހިލެއެވެ. ބީސީސީން ހާމަކޮށްފައިވާ ގޮތުގައި އަންނަ ހަފްތާއިން ފެށިގެން ކިއޮސްކްތައް ކުއްޔަށް ދޫކުރާނީ، 300ރ ގެ ކުއްޔަކަށެވެ. އަދި ކޮންމެ ހަފްތާއެއްގައިވެސް ފުރުސަތު ދެވޭނީ ހިޔަލަ ވީކް އެންޑް މާޓުގައި ބައިވެރިވުމަށް ހުށައަޅާ ފަރާތްތަކުގެ ތެރެއިން، ކިއޮސްލް ހޯދުމަށް ހުށައަޅާފައިވާ ތަރުތީބުން ދިހަ ފަރާތަކަށެވެ.

ހިޔަލަ ވީކް އެންޑް މާޓުގެ ސްޓޯލެއް --

މިމާކެޓް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ކޮންމެ ހަފްތާ ބަންދެއްގައި ހަވީރު، 4:00 އިން ރޭގަނޑު 11:00އަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.