Advertisement

ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

14 Jan 2024
ޚަބަރު

ޓޫރިޒަމް ފަރާތްތަކަށްދޭ ޓްރެވެލޫޝަން އެވޯޑް މި އަހަރު ދެނީ

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ކުންފުނިތަކާއި ހިދުމަތްތެރިންގެ މަސައްކަތްތައް ފާހަގަކޮށް ދޭ ޓްރެވެލޫޝަން އެވޯޑް މި އަހަރު ބޭއްވުމަށް ނިންމައިފިއެވެ. މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގައެވެ.

ޓްރެވެލޫޝަން އެވޯޑްސްގައި 5 ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯޑުތަކަކީ ތަޖުރިބާކާރު ޖަޖުން ޕެނަލަކުން ބެލުމަށް ފަހު, އާއްމުންގެ ވޯޓާ އެކު ދޭ އެވޯޑުތަކެކެވެ.

އެކި ފެންވަރުގެ ހޮޓެލްތަކާއި ގެސްޓް ހައުސް އަދި ވިލާތަކުން 50 އަށް ވުރެ ގިނަ ފަރާތްތަކަށް ދޭ ޓޫރިޒަމް އެވޯޑާއި ޓެކްނޮލޮޖިކަލް އަދި ލޮޖިސްޓިކަލް ވަސީލަތްތައް ހިމެނޭގޮތަށް އެކި ޕްރޮޑަކްޓުތައް ޓޫރިޒަމް އިންޑަސްޓްރީ އަށް ފޯރުކޮށްދެމުންދާ 15 އަށް ވުރެ ގިނަ ސަޕްލަޔަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ސަޕްލަޔާ އެވޯޑްސް ހިމެނެއެވެ. އޭގެ އިތުރުން އޭވިއޭޝަން, ޓްރެވަލް އެންޑް ޓޫރިޒަމް, ލިވަބޯޑްސް އަދި ގެސްޓް ހައުސްތަކާއި ޓްރެވަލް އޭޖެންސީތަކުގެ ތެރެއިން އަގުހުރި ހިދުމަތްތަކެއް ފޯރުކޮށްދީފައިވާ ފަސް ފަރާތަކަށް ދޭ ޓްރެވެލޫޝަން އުޓްސްޓޭންޑިން ކޮންޓްރިބިއުޝަން އެވޯޑްސް ހިމެނެއެވެ. މި އެވޯޑު ހަފްލާގައި ދިގު މުއްދަތަކަށް ޓޫރިޒަމް ދާއިރާ އަށް ހިދުމަތްކޮށްފައިވާ ފަރާތަކަށް ޓްރެވެލޫޝަން ލައިފްޓައިމް އެވޯޑް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި އެވޯޑަކީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ އަދި އެމްޓީޑީސީ އާއި އެމްއައިޓީސީން އެންޑޯސްކޮށްފައިވާ އެވޯޑެކެވެ. އަދި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އާއި ޝެފްސް ގިލްޑްސް އޮފް މޯލްޑިވްސްގެ އިތުރުން ނެޝެނަލް ބޯޓިން އެސޯސިއޭޝަންސް އޮފް މޯލްޑިވްސް އާއި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވެސް މި އެވޯޑު ވަނީ އެންޑޯސްކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.