Advertisement

މޯލްޑިވިއަންގެ ފްލައިޓެއްގެ މޮޑެލްއެއް --

09 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މޯލްޑިވިއަންއަށް އިތުރު ބޯޓެއް ކުއްޔަށް ހޯދަން އިޢުލާނުކޮށްފި

ޤައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ފުޅާކުރުމަށްޓަކައި އިތުރު މަތިންދާ ބޯޓެއް ކުއްޔަށް ހޯދަން އިޢުލާނުކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑުން މިއަދުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، ބޯއިން 8-787 ގެ ބޯޓެއް ހަ އަހަރު ދުވަހުގެ މުއްދަތަށް އެކުންފުންޏަށް ކުއްޔަށް ހިފުމަށް ބޭނުންވާ ކަމަށެވެ. އަދި ބޯޓު ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު މި ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 2:30 އާއި ހަމައަށް އޮންނާނެކަމުގައިވެސް އެކުންފުނިން ވަނީ ބުނެފައެވެ.

ބޯއިން 8-787 މަރުކާގެ މަތިންދާ ބޯޯޓަކީ، ދުރު ދަތުރުތައް ކުރުމަށް ޚާއްސަކޮށް އުފައްދާފައިވާ ރަނގަޅު ޚިދުމަތްތަކެއް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓެކެވެ. އަދި އެބޯޓުގައި 242 ފަސިންޖަރުން އުފުލޭނެއެވެ.  ބޯއިން ކުންފުނިން އެމަރުކާގެ ބޯޓުތައް އުފައްދަން ފަށާފައި ވަނީ 2009 ވަނަ އަހަރުން ފެށިގެންނެވެ.

މޯލްޑިވިއަންގެ ދަތުރުތައް ފުޅާކުރުމަށް އައިއޭއެސްއިން މިހާރުވެސް އޮތީ، ވައިޑް ބޮޑީ އިތުރު އެއާކްރާފްޓެއް ހޯދަން އިޢުލާނުވެސް ކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.