Advertisement

ފޮޓޯ: ނޫން މީޑިއާ ޓީމް

14 Sep 2023
ޚަބަރު

އެމިރޭޓްސްގެ ކަސްޓަމަރުންނަށް މޯލްޑިވިއަންގެ ފްލައިޓްތަކުގައި 16 މަންޒިލަކަށް ދަތުރުކުރެވޭނެ

އެމިރޭޓްސްގެ ކަސްޓަމަރުންނަށް މޯލްޑިވިއަންގެ ފްލައިޓުތަކުގައި ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖައްސާފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންއާއި އެމިރޭޓްސް އެއާލައިންއާ ދެމެދު މިދިޔަ އަހަރު ވެފައިވާ އިންޓަލައިން ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުންނެވެ. 

މި އެއްބަސްވުމުގެ ދަށުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 15 އިން ފެށިގެންނެވެ. އެމިރޭޓްސްގެ ވެބްސައިޓް، ޓްރެވަލް އެޕްލިކޭޝަން އަދި ޓްރެވަލް އޭޖެންޓުންގެ ޒަރިއްޔާއިން ވެސް މި ދަތުރުތައް ބުކް ކުރެވޭނެއެވެ.

އެގޮތުން މި އިންޓަލައިން އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރާ އެމިރޭޓްސްގެ ކަސްޓަމަރުންނަށް ދަތުރުކުރެވޭ މަންޒިލުތަކުގެ އަދަދު އިތުރުވެ، ފަސޭހަކަމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ކަސްޓަމަރަކު ދަތުރުކުރަން ބޭނުންވާ މަންޒިލަކަށް ދެވޭނެ އެވެ. އެމިރޭޓްސްގެ ކަސްޓަމަރުން ރާއްޖެތެރޭގެ މަންޒިލުތަކަށް ދަތުރުކުރާނީ މޯލްޑިވިއަންގެ ފްލައިޓުތަކުގަ އެވެ.

މި އެއްބަސްވުމުގެ ދަށުން އެމިރޭޓްސްގެ ކަސްޓަމަރުންނަށް ދަތުރުކުރެވޭނެ މަންޒިލްތަކުގެ ތެރޭގައި ދަރަވަންދޫ އެއާޕޯޓް، ފަރެސްމާތޮޑާ އެއާޕޯޓް، ފުނަދޫ އެއާޕޯޓް، ފުވައްމުލަކު އެއާޕޯޓް، ގަން އިންޓާނޭޝަނަލް އެއާޕޯޓް، ކޫއްޑޫ އެއާޕޯޓް، ހަނިމާދޫ އެއާޕޯޓް، ކުޅުދުއްފުށި އެއާޕޯޓް، ހޯރަފުށީ އެއާޕޯޓް، ކާޑެއްދޫ އެއާޕޯޓް، ކައްދޫ އެއާޕޯޓް، މަޑިވަރު އެއާޕޯޓް، މާފަރު އިންޓަނޭޝަނަލް އެއާޕޯޓް، މާވާރުލު އެއާޕޯޓް، ތިމަރަފުށީ އެއާޕޯޓް އަދި އިފުރު އެއާޕޯޓް ހިމެނެއެވެ.

އިންޓަލައިން ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުން ދަތުރުތައް ފެށުމާއި ގުޅިގެން އެމިރޭޓްސްގެ ޗީފް ކޮމާޝަލް އޮފިސަރު އަދުނާން ކާޒިމް ވިދާޅުވީ، މޯލްޑިވިއަންއާ އެކު ޕާޓްނަޝިޕެއް ގާއިމް ކުރުމަކީ، ރާއްޖޭގެ އިތުރު މަންޒިލްތަކަ އެމިރޭޓްސްގެ ދަތުރުތައް ފުޅާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ހަމްދާން މުހައްމަދު ވިދާޅުވީ، އެމިރޭޓްސް ފަދަ ގްލޯބަލް އޭވިއޭޝަން ލީޑަރަކާއިއެކު މިފަދަ އެއްބަސްވުމަކަށް އާދެވުމަކީ މޯލްޑިވިއަނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.