Advertisement

ދިވެހި އުފެއްދުންތަކެއް ---

29 Mar 2024
ޚަބަރު

ދިވެހި އުފެއްދުންތައް ކުރިއެރުވުމަށްޓަކައި ބީސީސީން ޚާއްޞަ ކެމްޕޭނެއް ފަށައިފި

ދިވެހި އުފެއްދުންތަކަށް އާންމުންގެ މެދުގައި އޮންނަ މަޤްބޫލުކަން އިތުރުކޮށް، ދިވެހި އުފެއްދުންތައް ކުރިއެރުވުމަށްޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ޚާއްޞަ ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިން ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދުއެވެ. މި ކެމްޕެއިން ފެށުމުގެ ގޮތުން މިނިސްޓަރ ސަޢީދު ވަނީ އޮތެންޓިކް މޯލްޑިވްސް ފިހާރައިން ދިވެހި އުފެއްދުންތަކެއް ބައްލަވައިގަނެ، އަންހެނުން ބާރުވެރި ކުރުވައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ފަރާތެއް ކަމަށްވާ ޒީނާޒް އަދުނާނަށް ހަދިޔާ ކުރައްވާފައެވެ.

މި ކެމްޕެއިން ފައްޓަވައި ދެއްވުމަށްފަހު މިނިސްޓަރ ސައީދު ވަނީ، ދިވެހިންނަކީ ޒަމާނުއްސުރެ ހަދިޔާ ބަދަލުކުރުމުގެ ސަޤާފަތެއް އޮންނަ ބައެއް ކަން ފާހަގަކުރައްވައި، މިގޮތަށް ބަދަލުކުރެވޭ ހަދިޔާ ތަކަކީ ދިވެހި އުފެއްދުންތައް ކަމުގައި ވާނަމަ، އެއީ ދިވެހި އުފެއްދުންތެރިންނަށް ދެވޭ ހިތްވަރެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ބީސީސީން ފެށި މި ކެމްޕެއިނާއެކު ދިވެހި އުފެއްދުންތެރިންނަށް ކުރިއެރުވުމަށް ހިތްވަރު ލިބިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހީންނަށް އިސްކަން" މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ކެމްޕެއިންގައި ބޭނުންކުރުމަށްޓަކައި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ބީސީސީން ތައްޔާރުކޮށްފައިވާ ކޮތަޅުގައި، ދިވެހި އުފެއްދުމެއް ކޮންމެވެސް ފަރާތަކަށް ހަދިޔާކޮށް، އަދި އެ ހަދިޔާ ލިބޭ ފަރާތުން އެ ކޮތަޅުގައި އެހެން ފަރާތަކަށް ދިވެހި އުފެއްދުމެއް ހަދިޔާކުރާ ގޮތަށް ކަމުގައި ބީސީސީން ހާމަކޮށްފައިވެއެވެ. 

މި ކެމްޕެއިންގެ މަޤްޞަދަކީ، ދިވެހި މަސައްކަތްތެރިން އުފައްދާ އުފެއްދުންތަކުގެ އަގުވަޒަންކޮށް އެތަކެއްޗަށް އިސްކަންދީ އާންމުންގެ މެދުގައި މަޤްބޫލުކަން އިތުރު ކުރުންކަމަށާއި، މި ކެމްޕެއިންގައި ދިވެހި ކޮންމެ އުފެއްދުމެއްވެސް ބޭނުންކުރެވޭނެ ކަމުގައި ބީސީސީން ވަނީ ބުނެފައެވެ. އެގޮތުން ދިވެހި ކާބޯތަކެތި އުފައްދާ ފަރާތްތަކާއި ފަންނުވެރިންގެ އުފެއްދުންތައްވެސް މިކެމްޕެއިނުގައި ބޭނުން ކުރެވޭނެ ކަމުގައި ބީސީސީން ބުނެއެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ފެށި ކެމްޕެއިން، މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް ކުރިޔަށް ގެންދާނެއެވެ. "ދިވެހީންނަށް އިސްކަން" ކެމްޕެއިންގެ ދަށުން ބުދަ ދުވަހު ފެށި ހަދިޔާ ބަދަލުކުރުމުގެ ޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމެޖެހިފައިވަނީ 16 އޭޕްރީލް 2024ގެ ނިޔަލަށެވެ.

މި ކެމްޕެއިން ކުރިއަށްދާ މުއްދަތުގައި ބީސީސީން މާލޭގައި ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައިން ބައްލަވައިގަންވާ ކޮންމެ މުދަލަކަށް 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި، އޮތެންޓިކް މޯލްޑިވްސް ފިހާރައަކީ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކޭނެ މަގު ފަހިކޮށްދިނުމަށް ބީސީސީން ޚާއްޞަ މަރުކާއެއްގެ ދަށުން ޤާއިމްކޮށްފައިވާ ފިހާރައެއްކަންވެސް ބީސީސީން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.