Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

29 Feb 2024
ވިޔަފާރި

މޯލްޑިވިއަނުން އަލުން ލަންކާއަށް ދަތުރު ފަށަނީ

ޤައުމީ އެއަރލައިން މޯލްޑިވިއަނުން އަލުން ސްރީލަންކާއަށް ދަތުރުފެށުމަށް ނިންމައިފިއެވެ. މޯލްޑިވިއަނުން ބުނީ ސްރީލަންކާގެ ކޮލަންބޯއަށް އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަލުން ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށެވެ.

މި ދަތުތައް އަލުން ފެށުމަށް ނިންމުމާއި ގުޅިގެން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މި ދަތުރުތަކުގެ ސަބަބުން 2 ގައުމުގެ ރައްޔިތުންނަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އެކިއެކި ބޭނުންތަކުގައި ލަންކާއާއި ރާއްޖެއާއި ދެމެދު ދަތުރުކުރާ މީހުންނަށް މި ދަތުރުތަކުގެ ސަބަބުން ލުއިފަސޭހަތައް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވަނީ މިއަދުން ފެށިގެން ޓިކެޓް ބުކް ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. ރާއްޖެއާއި ކޮލަންބޯއާއި ދެމެދު ހަފްތާއަކު 2 ދަތުރު ކުރާނެކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. މި ދަތުރުތައް ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ބަންޑާރަ ނައިކެ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

މޯލްޑިވިއަނުން މިހާރު ބައިނަލްއަޤްވާމީ ދަތުރުތައް ކުރަމުންދަނީ އިންޑިއާ އަދި ބަންގްލަދޭޝްއަށެވެ. 

މޯލްޑިވިއަނުން އެންމެ ފަހުން ސްރީލަންކާއަށް ދަތުރުކޮށްފައިވަނީ 2021 ވަނަ އަހަރުއެވެ. މި ދަތުރުތައް ހުއްޓާލީ އެ ޤައުމުގެ ހާލަތު އެއިރު ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.