Advertisement

ވީއައިއޭ ސީޕްލޭން ޓަރމިނަލް. ފޮޓޯ: ސޯޝަލް މީޑިއާ

07 Jan 2024
އެމްއޭސީއެލް

ވީއައިއޭގައި މިހާތަނަށް އެންމެ ގިނަ ސީޕްލޭން މޫމަންޓްސް ރެކޯޑް ކުރެވުނީ މިދިޔަ އަންގާރަ ދުވަހު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ ސީޕްލޭން މޫމަންޓްސްއާއިއެކު އައު ރިކޯޑެއް ހަދައިފިއެވެ. މި ރެކޯޑް ހަދާފައިވަނީ މިދިޔަ އަންގާރަ ދުވަހުކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އެމްއޭސީއެލް އިން ބުނީ، ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރާ ޓީއެމްއޭ، މޯލްޑިވިއަން އަދި މަންޓާ އެއާގެ 649 އެއާޓްރެފިކް މޫވްމަންޓްސް މިދިޔަ އަންގާރަ ދުވަހު ރެކޯޑުކުރެވިފައިވާ ކަމަށެވެ. މިއީ އެއް ދުވަހަކު، އެންމެ ގިނަ އަދަދަކަށް ސީޕްލޭން ދަތުރުތައް ރެކޯޑު ކުރެވުނު ދުވަސް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެ ދުވަހު އެހެން މަތިންދާބޯޓުތަކާ އެކު 839 ފްލައިޓު މޫވްމަންޓު ވެލާނާ އެއާޕޯޓުގައި ވަނީ ރެކޯޑްކޮށްފައެވެ.

މީގެ ކުރިން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ސީޕްލޭން މޫވްމަންޓްސް ރެކޯޑުކުރެވިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ. އެ ދުވަހު ވެލާނާ އެއާޕޯޓުގައި 629 ސީޕްލޭން ދަތުރު ރެކޯޑުކޮށްފައިވެއެވެ. އެހެންކަމުން އެއީ 20 މޫމަންޓްސްގެ އިތުރުވުމެކެވެ.

އެއް ދުވަހުގެ ތެރޭގައި ސީޕްލޭން ދަތުރުތަކުގެ އާ ރެކޯޑެއް ގާއިމުކޮށްފައި ވާއިރު މިއީ ފަތުރުވެރިކަމުގެ ޕީކް ސީޒަންއެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެ އަހަރަކުވެސް މި ދުވަސްވަރު އިތުރުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.