Advertisement

ޕީބީސީގެ ބައްދަލުވުން --

28 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުގެ އެގާރަ ކުންފުންޏެއްގެ ބޯޑަށް 17 ބޭފުޅަކު އައްޔަނުކުރައްވައިފި

ސަރުކާރު ޙިއްސާވާ 11 ކުންފުންޏެއްގެ ބޯޑަށް ނޮން-އެކްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި 17 ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ)އިން ވަނީ، ކުންފުނިތަކުގެ ބޯޑުތަކަށް ގެނައި ބަދަލުތަކާއި ގުޅޭ މައުލޫމާތު މިއަދު ހާމަކޮށްފައެވެ. މިގޮތުން، ނޮން-އެކްޒެކެޓިވް ޑިރެކްޓަރުން އައްޔަނުކުރެއްވި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ، އެމްޕީއެލް، އެމްއޭސީއެލް، ސްޓެލްކޯ، އެމްޓީސީސީ، ފެނަކަ، އެމްއައިޓީޑީސީ، އާސަންދަ ކުންފުނި، ފަހި ދިރިއުޅުން ކޯޕަރޭޝަން، އެމްޓީޑީސީ، އެމްޑަބްލިއުއެސްސީ އިތުރުން ރީޖަނަލް އެއާޕޯޓްސްއެވެ. އައު ބޭފުޅުން އައްޔަނުކުރެއްވި ކުރީ ސަރުކާރުގައި އެމަޤާމުތަކަށް އައްޔަނުކުރައްވާފައިވާ މެމްބަރުން ވަކިކުރެއްވުމަށްފަހުގައެވެ.

އެމްޓީސީސީ ގެ ބޯޑަށް ނޮން-އެކްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި ޢައްޔަނުކުރެއްވީ، ހ. ފަށަން، ޢަލީ ނާޢިލްއެވެ.  އެމްއޭސީއެލް ބޯޑުގައި ނޮން-އެކްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި، މ. އެލްސިއޯން، ޑރ. އިބްރާހީމް މަޙްފޫޡު ވަކިކުރެއްވުމަށްފަހު އެމަޤާމަށް ޢައްޔަނުކުރެއްވީ، މ. ވެލާލުގެ، ސަހަރު ވަހީދު އެވެ. 

ސްޓެލްކޯ ބޯޑުގައި ނޮން-އެކްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި، ގ. ސާޓަނުގެ، މޭޖަރ (ރޓ) ޠަލްޙަތު ޙުސައިން ވަކިކުރެއްވުމަށްފަހު އަދި ކުރިން އެބޯޑުން އިސްތިޢުފާ ދެއްވި، ބ. ދަރަވަންދޫ، ރިޔާޒު، އަޙްމަދު ލަޠީފްގެ ބަދަލުގައި، އެބޯޑަށް ޢައްޔަނުކުރައްވާފައި ވަނީ، ތ. ތިމަރަފުށީ ބޮޑުގޭ، މުޙައްމަދު ޢާމިރާއި، ނ. މާފަރު، ފަސްމީރު، އަޙްމަދު ޙާޝިމްއެވެ.

އެމްޕީއެލްގެ ބޯޑުން ވަނީ، 5 ބޭފުޅަކު ވަކިކުރައްވައި، އެބޯޑަށް 3 ބޭފުޅަކު ހަމަޖައްސަވާފައެވެ. މިގޮތުން ވަކިކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ،

ޢިބްރާހިމް ޢަބުދުﷲ / ރެޑް ސްޓަރ، ޅ. ހިންނަވަރު

އާޔަތުﷲ ޙުސައިން / އަސްރަފީގެ، ބ. މާޅޮސް

ޖާދުއްﷲ ނާޡިމް / މ.މާކަރީ

އިބްރާހިމް އާރިފް / ހުސްނުހީނާގެ ސ. ހުޅުދޫ

އަޙްމަދު ލައިޝަމް / ޒާލިއާ، ގއ. ވިލިނގިލި

އެމްޕީއެލްގެ ބޯޑަށް ޢައްޔަނުކުރެއްވި ބޭފުޅުންނަކީ، 

އަޙްމަދު އިލްޔާސް / މއ. ފެސިނޭޝަން

އަޙްމަދު ނިޔާޒް / ސޯސަންގެ / ޅ. ކުރެންދޫ

އަޙްމަދު ފަހީމް / މިރުސްމާގެ / ގދ. ގައްދޫ

ފެނަކަ ބޯޑުގައި ނޮން-އެކްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި، މ. ލޮނުވެލި، އަޙްމަދު ޢުލްވާނު ވަކިކުރެއްވުމަށްފަހު އެމަޤާމަށް ޢައްޔަނުކުރެއްވީ، ހ. އިރުދޮށުގެ އަޙްމަދު އީހާބު އެވެ. 

އެމްއައިޓީޑީގެ ބޯޑުގައި ނޮން-އެކްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި ލ. ފޮނަދޫ ރޯޝަނީވިލާ، ފާތިމަތު އާސިޔާ އާއި، ތ. ވިލުފުށި އިރަމާގޭ މޫސާ މުސްޠަފާ ވަކިކުރެއްވުމަށްފަހު އެބޯޑަށް ޢައްޔަނުކުރެއްވީ، އމ. ދަނބުގަސްދޮށުގެ މުހައްމަދު ޖަލީލު އާއި ގއ. ވިލިނގިލީ ބޯގަންވިލާ އަޙްމަދު އަމީން އެވެ. 

އާސަންދަ ކުންފުނީގެ، ބޯޑުގައި ނޮން-އެކްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި އިބްރާހިމް ރަޝީދާއި، ޢަބުދުﷲ ރަޝީދު އަދި އަޙްމަދު ސަބާޙް ވަކިކުރެއްވުމަށްފަހުގައި، އެބޯޑަށް އައްޔަނުކުރައްވާފައި ވަނީ، ކ.ގުރައިދޫ، ސީޕްރީޒް ޢާއިޝަތު ޖީނާ އާއި އއ. ރަސްދޫ ފުނަމާގޭ ޢަޙްމަދު ޝާކިރެވެ.

އެފްޑީސީގެ ބޯޑުގައި ނޮން-އެކްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި، ގ.މަތިހުރާ، މުޙައްމަދު ޢާޡިމް އާއި ސ. ފޭދީ ޑޯރެންސީ ވިލާ، އަޙުމަދު މުސާޢިދު ވަކިކުރެއްވުމަށްފަހުގައި، އެބޯޑަށް އައްޔަނުކުރައްވާފައި ވަނީ، ސ. ހިތަދޫ މަހުލަބުގެ، މަރްޔަމް ޒޫނާ އާއި، މއ. މަލުވިލާ އުތުރުބައި، މުޙައްމަދު އިމްތިޝާލް އަޙްމަދެވެ.

އެމްޓީޑީސީގެ ނޮން-އެކްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި، ސ. ހުޅުދޫ ތަނޑިރަތްމާގޭ މުޙައމްަދު ޖަނާޙް ވަކިކުރެއްވުމަށްފަހު އެމަޤާމަށް ޢައްޔަނުކުރެއްވީ، ހއ. ވަށަފަރު ބޮޑުގެ، ޙުސައިން ހަނީފް އެވެ.

އެމްޑަބުލިޔުއެސްސީގެ ނޮން-އެކްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި ހުންނެވި، އއ. ރަސްދޫ ބުލޫ މީޑް، އިބްރާހީމް އަންވަރު ވަކިކުރެއްވުމަށްފަހު އެމަޤާމަށް ޢައްޔަނުކުރެއްވީ، ހ. ރުކުމާގޭ އާއިޝަތު ރޫހީއެވެ.

މީގެ އިތުރުން ރީޖަނަލް އެއާޕޯޓްސްގެ ނޮން-އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަޤާމަށް، ހުޅުމާލެ ފްލެޓް، 05-1-127 މުޙައްމަދު ޝަފީޤު ވަނީ ޢައްޔަނު ކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.