Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

18 Dec 2023
ވިޔަފާރި

އިއްތިހާދު އެއަރވޭސްގެ ދަތުރުވެރިންނަށް މޯލްޑިވިއަން މެދުވެރިކޮށް ރާއްޖޭގެ 16 މަންޒިލަކަށް

ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތަކުގައި އިއްތިހާދު އެއާވޭސްގެ ކަސްޓަމަރުންނަށް ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖައްސާފައިވަނީ އިއްތިހާދު އެއާވޭސްއާއެކު ސޮއިކުރި އިންޓަލައިން ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުންނެވެ.

މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އެއްބަސްވުމުގެ ދަށުން މާލެ ފިޔަވައި ފަތުރުވެރިންގެ މެދުގައި މަޤްބޫލް ރާއްޖޭގެ 16 މަންޒިލަކަށް ދަތުރުކުރެވޭނެއެވެ. އެ ގޮތުން އެއް ޓިކެޓެއްގެ ދަށުން އަތޮޅުތެރޭގެ އެކި މަންޒިލްތަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވައިގެ މަގުން އިއްތިހާދުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދަތުރު ކުރެވޭނެއެވެ.

ޔޫއޭއީގެ ޤައުމީ އެއާލައިން ކަމުގައިވާ އިއްތިހާދު އެއާވޭސުން މިމަހުގެ 1ން ފެށިގެން ރާއްޖެއަށް ކުރާ ދަތުރުތައް ވަނީ އިތުރުކޮށްފައެވެ. އަދި އަންނަ ޖަނަވަރީ 1ން ފެށިގެން އިތުރު 4 ފްލައިޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއާއިއެކު އަންނަ އަހަރު ފެށޭއިރު އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތަކުގެ ޢަދަދު ހަފުތާއަކު 14އަށް އިތުރުވާނެއެވެ. 

މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ހަމްދާން މުޙައްމަދު ވިދާޅުވީ ޤައުމީ އެއާލައިނުގެ ޙިދުމަތްތައް ދުނިޔޭގެ އެކި ހިސާބުތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިއްތިހާދާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުން ރާއްޖޭގެ 16 މަންޒިލަކަށް މޯލްޑިވިއަންގެ ފްލައިޓުތަކުގައި ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ.

 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.