Advertisement

ވީއައިއޭގައި ޖައްސާފައިވާ ޖެޓްތަކެއް. ފޮޓޯ: ސޯޝަލް މީޑިއާ

29 Dec 2023
ވިޔަފާރި

ވީއައިއޭގައި ޖެޓް ޕާކުކުރެވޭ ޖާގަ އިތުރުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަންނަ ޖެޓްތައް ޕާކުކުރުމަށް ޖާގަ އިތުރުކޮށްފިއެވެ. ކޮންމެ އަހަރެއްގެ ފިނި މޫސުމާއި އަދި އައު އަހަރާއި ދިމާކޮށް ވީއައިއޭއަށް ގިނަ އަދަދެއްގެ ޖެޓްތައް އާދެއެވެ. އެމްއޭސީއެލްއިން ބުނީ ޖެޓްތައް ޕާކުކުރެވޭ ޖާގަ އިތުރުކޮށް މި އަހަރުގެ ފިނި މޫސުމުގެ ޗުއްޓީއަށް ވީއައިއޭ ތައްޔާރުވެފައިވާކަމަށެވެ.

އައު އަހަރު ފެށެން ދެތިން ދުވަހަށް ވެފައިވާއިެު މިހާރުވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ވަނީ ޖެޓްތަކުން ފުރާލާފައެވެ. އެމް.އޭ.ސީއެލްއިން ބުނީ މި އަހަރުގެ ފިނި މޫސުމުގެ ސުޕަރ ޕީކް ސީޒަންގެ ޗުއްޓީއަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. އަދި އެއަރޕޯޓަށް އަންނަ ޖެޓުތައް ޕާކު ކުރުމަށް ޖާގަ އިތުރުކޮށްފައިވާކަމަށެވެ.

އެގޮތުން ޖުމްލަ 68 ޖެޓު ޕާކު ކުރެވޭނެ ޖާގަ މިހާރު ވީއައިއޭގައި ވަނީ ހަދާފައެވެ. މިއީ އެ އެއަރޕޯޓުގައި ޕްރައިވެޓް ޖެޓު ޕާކު ކުރުމަށް ކަނޑައެޅި ރެކޯޑު ޢަދަދެއްކަމަށްވެސް އެމް.އޭ.ސީ.އެލްއިން ބުނެއެވެ.

މީގެ ކުރިން އެއަރޕޯޓުގައި އެއްފަހަރާ ޕާކު ކުރެވެނީ 39 އެއަރކްރާފްޓަށެވެ. އައު ފިއުލް ފާމު ކުރިމަތިން ޕާކިންގއަށް ތަރައްޤީކުރި ސަރަޙައްދާއި، ހުޅަނގު އުތުރު ސަރަޙައްދުގައި ތަރައްގީ ކުރި ޕާކިންގ ޖާގަތަކާއެކު މި ޢަދަދު ވަނީ 68 އަށް އިތުރުވެފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.