Advertisement

އެއާބަސް A330ގެ މަތިންދާ ބޯޓެއް ---

31 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މޯލްޑިވިއަންއަށް ބޮޑު މަތިންދާބޯޓެއް ހޯދަން ޢިއުލާނުކޮށްފި

ޗައިނާގެ އިތުރުން ފަތުރުވެރިކަމުގެ އެހެން މަންޒިލްތަކަށް ކުރާ ދަތުރުތައް ފުޅާކުރުމަށްޓަކައި މޯލްޑިވިއަންގެ ފްލީޓަށް ވައިޑް ބޮޑީ މަތިންދާ ބޯޓުތައް އިތުރުކުރުމަށް ނިންމައި، ބޯޓު ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް އައިލެންޑް އޭވިއޭޝަނުން ޢިއުލާނުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަަނުންކޮށްފައިވާ ޢިއުލާނުގައި ބުނެފައިވަނީ، A330-200 އެއާބަސް މަރުކާގެ މަތިންދާ ބޯޓެއް އެކުންފުންޏަށް ކުއްޔަށް ހިފުމަށް ބޭނުންވާ ކަމަށާއި، 5 އަހަރު ދުވަހުގެ މުއްދަތަށް ބޯޓު ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާ ކަމަށެވެ. މިގޮތުން ޖެނުއަރީ މަހުގެ 24 ވަނަ ދުވަހާއި ހަމައަށް ވަނީ އެފުރުޞަތު ހުޅުވާލާފައެވެ.

މިގޮތުން، އައިލެންޑް އޭވިއޭޝަަނުން ބުނެފައި ވަނީ ބޯޓު ކުއްޔަށް ނަގަން ބެނުން ވަނީ ޑްރައި ލީސް އުސޫލުގެ ދަށުން ކަމަށެވެ. އެހެންވެ ބޯޓަށް ތެޔޮއެޅުމާއި މަރާމާތު ކުރުމާއި، ހިންގުމުގެ ހުރިހާ ޚަރަދެއްކުރާނީ އައިލެންޑް އޭވިއޭޝަނުންނެވެ.

ބައިނަލްއަޤުވާމީ ފަރާތްތަކަށް ހުޅުވާާފައިވާ އެފުރުޞަތުގައި ބުނެފައި ވަނީ، ބޯޓުު ކުއްޔަށްދޭ ފަރާތުން އެންމެ ލަސްވެގެން މިފެށޭ އަހަރުގެ ދެވަނަ ކުއާޓަރގައި ބޯޓު އައިލެންޑްއޭވިއޭޝަނާއި ހަވާލުކޮށްދެން ޖެހޭނެ ކަމަށެވެ.

މޯލްޑިވިއަންގެ ފްލީޓަށް އަލަށް މިހޯދާ ބޯޓުވާނީ މިހާތަނަށް އެކުންފުނިން ދުއްވާނެ އެންމެ ބޮޑު ބޯޓަށެވެ. އެއާބަސް A330-200 އަކީ، އެއްފަހަރާ 275 ފަސިންޖަރުން އެރުވޭ އަދި، ދުރު ދަތުރުތަކަށް ޚާއްސަކޮށްފައިވާ ބޯޓެކެވެ. މޯލްޑިވިއަންގެ ފްލީޓްގައި މިހާރު އޮތީ، އެއާބަސް A320ގެ އެއްބޯޓާއި، އޭޓީއާރް 2 ބޯޓާއި، ޑޭޝް-8 މަރުކާގެ 11 ބޯޓެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.