Advertisement

ފޮޓޯ: ބީއެމްއެލް

22 Dec 2023
ވިޔަފާރި

އައު އަހަރަށް 2 ދުވަހަށް ބޭންކުތައް ބަންދުކުރަނީ

އައު އަހަރާއި ދިމާކޮށް 2 ދުވަހަށް ބޭންކުތައް ބަންދުކުރުމަށް ނިންމައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި މިމަހުގެ 31 ވަނަ ދުވަހާއި ޖެނުއަރީ 1ވަނަ ދުވަހު ބޭންކް ބަންދުވާނެއެވެ. އަދި އަލުން ބޭންކް ހުޅުވާނީ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު ކަމަށް ވަނީ ބުނެފައެވެ.

ކޮންމެ އަހަރެއް ނިމުމާއެކު ބޭންކުން ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމުމަށް ޑިސެމްބަރުމަހުގެ ފަހު ދުވަސް ބަންދުކުރެއެވެ. ބޭންކު ބަންދުކުރި ނަމަވެސް ބީއެމްއެލް އާއި އެމްއައިބީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައި ހުރި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބޭންކުން ބުނެއެވެ.

މިމުއްދަތުގައި ބޭންކިންގ ޚިދުމަތް ހޯދުމަށް އިންޓަރނެޓް ބޭންކިންގ އާއި ސެލްފް ސަރވިސް އޭޓީއެމް ބޭނުންކުރޭވެނެ ކަމަށާއި، ކޮންޓެކްޓް ސެންޓަރާއި، ވެބް ޗެޓް އަދި ބޭންކުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެކަމަށް ބޭންކް ހާމަކުރެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.