Advertisement

30 Aug 2023
ޚަބަރު

އެއަރ އިންޑިއާއިން ރާއްޖެއަށް ދަތުރު ފަށަނީ

އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާ އިން ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ. މި ދަތުރުތައް ކުރާނީ ބެންގަލޫރު އަދި މުމްބާއީއިން ރާއްޖެއަށެވެ.

އެއާ އިންޑިއާގެ ރާއްޖޭގެ އެެޖެންޓް، ވިލާ ޓެރަވަލްސް އިން އާންމުކޮށްފައިވާ ގޮތުގައި، އެއާ އިންޑިއާ އިން ރާއްޖެއަށް އުދުހެން ފަށާނީ 30 އޮކްޓޯބަރުގަ އެވެ. އެއާ އިންޑިއާ އިން މީގެ ކުރީ އަހަރުތަކުގައި ވެސް ފިނި މޫސުމާ ދިމާކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ކުރި އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން، މި މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިންޑިއާ އިން 133،495 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އިންޑިއާ އަކީ މިހާރު ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ގައުމެކެވެ. މިދިޔަ އަހަރު އެ ޤައުމު އޮތީ 1 ވަނައިގައެވެ.

Advertisement

އިންޑިއާއަކީ ދިވެހިންވެސް ގިނަ އަދަދަކަށް ދަތުރުކުރާ ޤައުމެކެވެ. އެހެންކަމުން މި ދަތުރުތަކާއިއެކު ދިވެހިންނަށްވެސް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

މި ވަގުތު ރާއްޖެ އާއި އިންޑިއާއާ ދެމެދު ސީދާ ދަތުރުކުރަނީ އިންޑިގޯ އާއި މޯލްޑިވިއަން އަދި ވިސްތާރާ އިންނެވެ. މީގެ އިތުރުން މޯލްޑިވިއަން އިން ވެސް 30 އޮކްޓޯބަރުން ފެށިގެން އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރުތައް ފަށަން ތާވަލުކޮށްފައެވެ.

އިތުރު އާޓިކަލް
02 Oct 2023
ޚަބަރު
އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހެޔޮ ވެރިކަމެއް ކޮށްދެވުން: ރައީސް
ފާއިތުވި ފަސް އަހަރު ހެޔޮވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހްސާސް ކުރެއްވޭ ކަމަށާއި އެއީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
02 Oct 2023
ޚަބަރު
ޤާނޫނީ ހުރަހެއް ނެތްނަމަ ނޮވެމްބަރ 11 ގައި ވެރިކަން ބަދަލުވާނެ: ރައީސް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ނޮވެމްބަރު 11 ވަނަ ދުވަހު ބަދަލުކުރުމަށް ޤާނޫނީ ހުރަހެއް ނެތްނަމަ އެގޮތަށް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
02 Oct 2023
ޚަބަރު
އިންތިހާބުގެ ދާއިމީ ނަތީޖާ އާދިއްތަ ދުވަހުގެ ކުރިން އިއުލާންކުރާނެ: އީސީ
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ، މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން އިޢުލާންކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ވަގުތީ ނަތީޖާ އަދި ޖުމްލަ ނަތީޖާ އިޢުލާންކޮށް މިހާރު ވަނީ ނިމިފައެވެ.
02 Oct 2023
ޚަބަރު
ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުން ކުރީގެ ސީއެޗްއެސްއީ އިމާރާތައް
މާލެއިން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ހަވާލުކުރުން އަންގާރަ ދުވަހުން ފެށިގެން ކުރިއަށްދާނީ ކުރީގެ ސީއެޗްއެސްސީ ޢިމާރާތުގައިކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ. މި މަސައްކަތް މިހާތަނަށް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ ސިންތެޓިކް ޓްރެކްގައެވެ.