Advertisement

އެއަރލައިން އުފެއްދުމަށް ސޮއިކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

01 Sep 2023
ޚަބަރު

ރާއްޖޭގައި އައު އިންޓަނޭޝަނަލް އެއަރލައިނެއް އުފައްދަނީ

ރާއްޖޭގައި އައު އިންޓަނޭޝަނަލް އެއަރލައިނެއް އުފެއްދުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އާއި ދެމެދުއެވެ.

މި ބައިނަލްއަޤްވާމީ އެއަރލައިންގެ އަމާޒަކީ އެކި މަންޒިލްތަކާއި ދިވެހިރާއްޖެ ގުޅުވާލަދީ، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ފެންވަރު ރަނގަޅު ވައިގެ ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށް އައިލެންޑް އޭވިއޭޝަނާއި ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން މިއީ ހަމައެކަނި ޗައިނާ، ޔޫރަޕް އަދި ރަޝީއާ މަކެޓްތަކަށް ބަރޯސާވުމުގެ އިތުރުން، އައު މަންޒިލްތަކަށްވެސް ރާއްޖެ ހުޅުވާލުމަށް މަސައްކަތްކުރާނެ އެއަރލައިނެއްކަމަށް ދެ ފަރާތުންވެސް ބުނެއެވެ.

މީގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިޞާދު ކުރިއެރުވުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ދާއިރާވެސް އައު ހަރުފަތަކަށް ގެންގޮސްދޭނެކަމަށް އެ 2 ކުންފުނިން ވަނީ ބުނެފައެވެ. 

ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނީ ދެ ފަރާތުގެ ދެމެދު ވެވުނު މި އެއްބަސްވުމަކީ ވައިގެ ދަތުރުފަތުރާއި، ކަނެކްޓިވިޓީއަށް ބައިނަލްއަޤްވާމީ ފެންވަރުގައި އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ފެށުނު ވަރަށް އުއްމީދީ މަސައްކަތެއްކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިސާދުވެސް އިތުރަށް ކުރިއަރައިގެންދާނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.