Advertisement

13 Aug 2023
ވިޔަފާރި

ލިވިން އެކްސްޕޯގައި އެލައިޑްގެ "ހިޔާވަހި" ޕްލޭންއާއި ގުޅޭ ގިނަ މައުލޫމާތުތަކެއް

މި އަހަރުގެ ލިވިން އެކްސްޕޯގައި އެލައިޑް އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް އިން ފޯރުކޮށްދޭ "ހިޔާވަހި ހޯމް ކޮންޓެންޓްސް ޕްރޮޓެކްޝަން" ޕްލޭންތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދީފިއެވެ. 

"ހޯމް ކޮންޓެންޓްސް ޕްރޮޓެކްޝަން" އަކީ ގޭތެރޭ އަލިފާނުގެ ހާދިސާ އަކުން ނުވަތަ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ހިފާ ގެންގުޅޭ ސާމާނާއި ގޭތެރޭގެ ފަރުނީޗަރު އަދި އިލެކްޓްރިކް މުދަލަށް ލިބިދާނެ ގެއްލުންތަކަށް ބަދަލު ލިބޭ އިންޝުއަރެންސް އެކެވެ. 

މީގެއިތުރުންވެސް އެލައިޑުން ފޯރުކޮށްދޭ ހުރިހާ ހިދުމަތަކާއި ބެހޭ މައުލޫމާތުވެސް ލިވިން އެކްސްޕޯގެ ތެރެއިން ވަނީ އެކްސްޕޯއަށް ޒިޔާރަތްކުރި މީހުންނަށް ދީފައެވެ. އެލައިޑްގެ މި ޕްލޭންތައް އެ ކުންފުނީގެ ވެބްސައިޓުން ފަސޭހަކަމާއިއެކު ނަގާލެވޭނެއެވެ. 

އެލައިޑްގެ މުވައްޒަފުން މަޢުލޫމާތު ދެނީ، ފޮޓޯ: ނޫން

ލިވިން އެކްސްޕޯއަށް ޒިޔާރަތްކޮށް އެލައިޑުގެ މޯބައިލް އެޕް ޑައުންލޯޑު ކުރި ފަރާތްތަކުގެ މެދުގައި ވަރަށް ހާއްސަ ލަކީ ޑްރޯއެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން ލަކީ ޑްރޯއިން ހޮވުން ފަރާތްތަކަށް އެލައިޑުގެ ފަރާތުން އަލިފާން ނިވިއެއް ނުވަތަ އަލިފާނުގެ ހާދިސާގައި ބޭނުންކުރެވޭނެ ރަޖައެއް ވަނީ ހަދިޔާކޮށްފައެވެ.

މި އަހަރުގެ ލިވިން އެކްސްޕޯ ކުރިއަށްގޮސްފައިވަނީ މިމަހުގެ 10 އަކުން 12 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.