Advertisement

ށ. ނަލަންދޫ/ ފޮޓޯ: ސޯޝަލް މީޑިއާ

22 Aug 2023
ޚަބަރު

ބީލަމަށްލި ދެ ރަށުން ހަނިމާދޫ އެއަރޕޯޓުގެ ދިރުން އިތުރުވާނެ

ބޮޑުތިލަދުންމަތީގެ 2 ރަށެއްގައި ޓޫރިސްޓް ރިޒޯޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީއިން އިޢުލާންކޮށްފިއެވެ. ބީލަމުގެ އުޞޫލުން ޓޫރިސްޓް ރިސޯޓް ތަރައްޤީކުރަން ހުޅުވާލި 2 ރަށުގެ ތެރޭގައި ހިމެނެނީ ތިލަދުންމަތީ އުތުރުބުރީ (ހއ) މެދަފުށި އަދި މިލަދުންމަޑުލު އުތުރުބުރީ (ށ) ނަލަންދޫ އެވެ.

މި ދެ ރަށް ބީލަމަށް ހުޅުވާލުމުގެ މައިގަނޑު މަޤްޞަދަކީ، ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއަރުވައި، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެއަރޕޯޓު ފީސިބަލް ކުރުމަށްޓަކައި އެ ސަރަޙައްދުގައި ހިންގާ އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށް ވަޒީފާގެ ފުރުޞަތުތައް ޤާއިމްކުރުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މި ރަށްތަކުގައި ރިސޯޓް ތަރައްޤީކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 30 ވާ ބުދަ ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަކީ 21 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 17 ސެޕްޓެމްބަރު ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ޓޫރިޒަމް މިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެވޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.  

މީގެކުރިންވެސް ހއ. މެދަފުށި ވަނީ ބީލަމުގެ އުޞޫލުން ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލާފައެވެ. ނަމަވެސް ށ. ނަލަންދޫ ހުޅުވާލި މިއީ ފުރަތަމަ ފަހަރެވެ.

މި ސަރުކާރުން މަސައްކަތް ކުރައްވަމުންދަނީ މިހާރު ފަތުރުވެރިކަން ތަރައްޤީވެފައި ނެތް ސަރަހައްދުތަކަށް ފަތުރުވެރިކަން ތަރައްޤީކުރުމެވެ. އަދި އެއަރޕޯޓްތައް ތަރައްޤީވެގެން އަންނަ ބާރުމިނުގައި އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ އެނދުތައްވެސް ތަރައްޤީވެގެން އައުމެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.