Advertisement

06 Sep 2023
ޚަބަރު

އިތުރު ވިޔަފާރިތަކަށް ފުރުސަތުދީ އެސްއެމްއީ ހަބްގެ 2 ވަނަ ފަންގިފިލާ ހުޅުވައިފި

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބާޒާރު ހޯދައި ދިނުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ހުޅުވި އެސްއެމްއީ ހަބަކީ ވަރަށް ކާމިޔާބުކަމާއެކު ހިދުމަތް ފޯރުކޮށްދެވެމުންދާ ތަނެކެވެ. މިފަދަ ހަބެއް ހުޅުވުމުގެ މަޤްސަދަކަށްވީ ގޭތެރޭގައި މަސައްކަތްކުރަމުން އައި ކުދި ވިޔަފާރިތަކަށް، ބޮޑު ޚަރަދެއް ކުރަން ނުޖެހި، ކުޑަ ވިޔަފާރިއެއް ހިނގުމުގެ ތަޖުރިބާ ކޮށްލުމަށް މަގުފަހި ކޮށްދިނުމެވެ. މީގެ އިތުރުން، ހަބްގައި ވިޔަފާރިކުރައްވާ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، އެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދިނުމެވެ.

އެސްއެމްއީ ހަބުގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާއިން ޖުމްލަ 90 އަށް ވުރެ ގިނަ ކުދި ވިޔަފާރިތަކަށް ފުރުސަތު ދީފައިވާއިރު އެސްއެމްއީ ހަބު މިހާރު ވެފައިވަނީ އާންމުންގެ މެދުގައި މަގްބޫލު ތަނަކަށެވެ. މިވަގުތު އެސްއެމްއީ ހަބުގައި ހިންގަމުން އަންނަނީ ފޮތް ވިއްކާ ފަރާތްތަކާއި، ގަސް ވިއްކާ ފަރާތެއްގެ އިތުރުން ކާބޯތަކެތި ވިއްކާ ވިޔަފާރިތަކެވެ. އެސްއެމްއީ ހަބް ވެގެން ގޮސްފައި މިވަނީ ކުދި ވިޔަފާރިތަކަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.

އެސްއެމްއީ ހަބުގެ ޚިދުމަތް ފުޅާކޮށް، އިތުރު ސިނާއަތްތައް ހިމެނޭހެން ގިނަ ކުދި ވިޔަވާރިތަކަކަށް ފުރުސަތު ދިނުމަށް، އެސްއެމްއީ ހަބުގެ 2 ވަނަ ފަންގިފިލާ ރޭ ވަނީ ހުޅުވާފައެވެ. އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާ ހުޅުއްވައިދެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދުއެވެ.

Advertisement

އެސްއެމްއީ ހަބްގެ 2 ވަނަ ފަންގިފިލާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނީޒާ އިމާދު ވިދާޅުވީ، ކުދި ވިޔަފާރިތަކަށް މިފަދަ އިތުރު ހަބުތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެގޮތުން އައްޑޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީގައި ހަބުތަކެއް ހުޅުވި ވަރަށް އަވަހަށް ހިދުމަތް ދޭން ފަށާނެކަމަށް ނީޒާ ވިދާޅުވިއެވެ.

އެސްއެމްއީ ހަބުގެ ދެވަނަ ފަންގިފިލާއިގައި ސެލޫނަކާއި، އާޓް އެންޑް ކްރާފްޓް އަދި ގާމެންޓަށް ހާއްސަ ކިއޮސްކްތައް ހުންނާނެވެ. އަދި ކުރެހުންތެރިންގެ މަސަކަތްތައް ޕްރޮމޯޓް ކުރުމަށް ގެލެރީއަކާއި ގޭމިންގ އޭރިއާއެއްގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ޕްލޭ އޭރިއާއެއް ހިމެނޭނެއެވެ. އަދި ހަމަ އެހެންމެ ދިވެހި އުފެއްދުންތައް އުފައްދާ ފަންނާނުންނަށް ހާއްސަކޮށްގެން މިތަނުގައި ޤާއިމްކޮށްފައިވާ މިނީ ސިނަމާ ކައިރި މުސްތަގުބަލެއްގައި ހުޅުވިގެންދާނެކަމަށް ބީސީސީން މައުލޫމާތުދެއެވެ. 

އިތުރު އާޓިކަލް
02 Oct 2023
ޚަބަރު
އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހެޔޮ ވެރިކަމެއް ކޮށްދެވުން: ރައީސް
ފާއިތުވި ފަސް އަހަރު ހެޔޮވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހްސާސް ކުރެއްވޭ ކަމަށާއި އެއީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
02 Oct 2023
ޚަބަރު
ޤާނޫނީ ހުރަހެއް ނެތްނަމަ ނޮވެމްބަރ 11 ގައި ވެރިކަން ބަދަލުވާނެ: ރައީސް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ނޮވެމްބަރު 11 ވަނަ ދުވަހު ބަދަލުކުރުމަށް ޤާނޫނީ ހުރަހެއް ނެތްނަމަ އެގޮތަށް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
02 Oct 2023
ޚަބަރު
އިންތިހާބުގެ ދާއިމީ ނަތީޖާ އާދިއްތަ ދުވަހުގެ ކުރިން އިއުލާންކުރާނެ: އީސީ
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ، މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން އިޢުލާންކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ވަގުތީ ނަތީޖާ އަދި ޖުމްލަ ނަތީޖާ އިޢުލާންކޮށް މިހާރު ވަނީ ނިމިފައެވެ.
02 Oct 2023
ޚަބަރު
ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުން ކުރީގެ ސީއެޗްއެސްއީ އިމާރާތައް
މާލެއިން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ހަވާލުކުރުން އަންގާރަ ދުވަހުން ފެށިގެން ކުރިއަށްދާނީ ކުރީގެ ސީއެޗްއެސްސީ ޢިމާރާތުގައިކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ. މި މަސައްކަތް މިހާތަނަށް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ ސިންތެޓިކް ޓްރެކްގައެވެ.