Advertisement

ފޮޓޯ: އެމްއެމްއޭ

23 Aug 2023
ޚަބަރު

ރާއްޖޭގެ އިންޝުއަރެންސް ނިޒާމް ހަރުދަނާކުރުމަށް އިތުރު ފިޔަވަޅެއް

ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ފުޅާކޮށް ހަރުދަނާ ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއާއި ޔޫއެންޑީޕީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިންޝުއަރެންސް ދާއިރާ ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި އެކުލަވާލި މި އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ޤަވަރުނަރ އަލީ ހާޝިމެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެންރީކޯ ގަވޭލިއާއެވެ.  

މި އެއްބަސްވުމުގެ ދަށުން އިންޝުއަރެންސް ދާއިރާ އަށް ބޭނުންވާ މުހިއްމު ގަވައިދުތައް މިހާރަށް ވުރެ ހަރުދަނާކޮށް، އިންޝުއަރެންސް ދާއިރާގެ ހިންގުމަށް ބޭނުންވާ ބަދަލުތައް ގެނެސްދޭނެކަމަށް ޔޫއެންޑީޕީން މައުލޫމާތުދެއެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު އޫއެންޑީޕީން ހެދި "އިންޝުއަރެންސް ސެކްޓާ ޑައިގްނޯސްޓިކް ސްޓަޑީ"އިން ފާހަގަވި ކަންކަމަށް ބަލައި، ގެންނަންޖެހޭ ބަދަލުތައް ގެންނާނެކަމަށް ވަނީ ފާހަގަކޮށްފައެވެ.

Advertisement

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން މުޅި މާލީ ދާއިރާއަށް ރަނގަޅު ބަދަލެއް ފެންނާނެ ކަމަށެވެ. މި ބަދަލުތައް ވެގެންދާނީ ދެމެހެއްޓެނިވި ތަރައްގީ އާއި އިޤްތިޞާދީ ގޮތުން ރާއްޖެއަށް ކުރިއެރުން ގެންނާނެ ފަދަ ބަދަލުތަކެއްގެ ގޮތުގައި ޤަވަރުނަރ ވަނީ ފާހަގަކުރައްވާފައެވެ.

އިތުރު އާޓިކަލް
02 Oct 2023
ޚަބަރު
އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހެޔޮ ވެރިކަމެއް ކޮށްދެވުން: ރައީސް
ފާއިތުވި ފަސް އަހަރު ހެޔޮވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހްސާސް ކުރެއްވޭ ކަމަށާއި އެއީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
02 Oct 2023
ޚަބަރު
ޤާނޫނީ ހުރަހެއް ނެތްނަމަ ނޮވެމްބަރ 11 ގައި ވެރިކަން ބަދަލުވާނެ: ރައީސް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ނޮވެމްބަރު 11 ވަނަ ދުވަހު ބަދަލުކުރުމަށް ޤާނޫނީ ހުރަހެއް ނެތްނަމަ އެގޮތަށް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
02 Oct 2023
ޚަބަރު
އިންތިހާބުގެ ދާއިމީ ނަތީޖާ އާދިއްތަ ދުވަހުގެ ކުރިން އިއުލާންކުރާނެ: އީސީ
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ، މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން އިޢުލާންކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ވަގުތީ ނަތީޖާ އަދި ޖުމްލަ ނަތީޖާ އިޢުލާންކޮށް މިހާރު ވަނީ ނިމިފައެވެ.
02 Oct 2023
ޚަބަރު
ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުން ކުރީގެ ސީއެޗްއެސްއީ އިމާރާތައް
މާލެއިން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ހަވާލުކުރުން އަންގާރަ ދުވަހުން ފެށިގެން ކުރިއަށްދާނީ ކުރީގެ ސީއެޗްއެސްސީ ޢިމާރާތުގައިކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ. މި މަސައްކަތް މިހާތަނަށް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ ސިންތެޓިކް ޓްރެކްގައެވެ.