Advertisement

ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލް. ފޮޓޯ: ސޯޝަލް މީޑިއާ

10 Dec 2023
ޚަބަރު

ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްއަށް ޓެކްސީއަށް މަޑުކުރެވޭގޮތް ހަދައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާ ޓެކްސީތަކަށް ޑޮމެސްޓިކް ޓާމިނަލާ ހަމައަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މިކަން އިފްތިތާހުކުރުމަށް މިއަދު ވަނީ އެއަރޕޯޓްގައި ހާއްސަ ހަފްލާއެއްވެސް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެއާޕޯޓުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ވީ އެންމެ ފަސޭހައިން ހިދުމަތް ލިބޭނެ ގޮތްތައް ފަހި ކުރުން ކަމަށެވެ. ޑޮމެސްޓިކް އެއާޕޯޓާ ހަމައަކަށް ޓެކްސީ މަޑުކުރެވޭ ގޮތަށް ބަދަލު ގެނެސްފައި ވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލުން ޓެކްސީ ނެގޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ޑޮމެސްޓިކް އެއާޕޯޓާ ހަމައަށް ޓެކްސީ ޑްރޮޕް އޮފް ކުރުމުގެ އިތުރުން އެ ސަރަހައްދުން ޓެކްސީ ނެގޭނެ ގޮތް ހަމަޖައްސާނީ، ޑޮމެސްޓިކް ޓާމިނަލް މަގު އިތުރަށް ހަދައިގެން ކަމަށެވެ.

"އެރައިވަލް މީހުންނަށް މިތަނުން ޓެކްސީ ނެގޭނެ ގޮތް ހަދައިދޭނަން. އެއީ މިހާރު ހަދަމުން އަންނަ މަގުތައް ޕޭވްކޮށް ހުރިހާ ކަމެއް ނިމުނީމަ. އަޅުގަނޑު ޔަގީންކޮށް އަރުވަނީ ދުވަހެއް ދުވަހަކަށް އެމްއޭސީއެލް އިން ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތްތައް ހޯދުމުގައި އެމްއޭސީއެލް އާއި އެމްއޭސީއެލްގެ މެނޭޖްމެންޓާއި މުވައްޒަފުން އަބަދުވެސް ދެމިތިބޭނެކަން،" އޭނާ ވިދާޅުވި އެވެ.

ޑޮމެސްޓިކް ޓާމިނަލާ ހަމައަށް އެއް ފަހަރާ ތިން ޓެކްސީ އަށް މަޑުކުރެވޭނެ ޖާގަ ވަނީ ކަނޑައަޅައިފަ އެވެ. އަދި އެ ޓާމިނަލަށް ދާ ޓެކްސީތަކުން، ޔޫ ޓާން ނަގަން ޖެހޭނީ ކާގޯ އޭރިއާއާ ހިސާބުން އެކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުންނެވެ. ޓެކްސީތަކުގެ ޓްރެފިކް ފްލޯ ބެލެހެއްޓުމަށް އެ ސަރަހައްދުގައި އެމްއޭސީއެލްގެ މުވައްޒަފުން ހަރަކާތްތެރިވާނެ އެވެ.

ޑޮމެސްޓިކް ޓާމިނަލަށް ޓެކްސީތަކަށް ދެވޭ ގޮތް ހެދި ނަމަވެސް، ކުރިން ވެސް ޓެކްސީ މަޑު ކުރުމަށް ހާއްސަ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ އޭރިއާއަށް ވެސް ޓެކްސީތަކަށް މަޑުކުރެވޭނެއެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.