Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

16 Nov 2023
ޚަބަރު

"އެސް.އެމް.އީ ފައިނޭންސް ފޯރަމް"ގެ މެންބަރުކަން އެސްޑީއެފްސީއަށް

"އެސް.އެމް.އީ ފައިނޭންސް ފޯރަމް"ގެ މެންބަރުކަން ރާއްޖޭގެ އެސް.އެމް.އީ ޑިވަލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން، އެސް.ޑީ.އެފް.ސީއަށް ލިބިއްޖެއެވެ. މިއީ އެ ޖަމްޢިއްޔާގެ މެންބަރުކަން ލިބުނު ފުރަތަމަ ދިވެހި ކުންފުންޏެވެ.

އެސް.އެމް.އީ ފައިނޭންސް ފޯރަމްގެ މެންބަރުކަން އެސް.ޑީ.އެފް.ސީއަށް ލިބުމާގުޅިގެން އެ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒީނާދު ވިދާޅުވީ، އެ ޖަމްޢިއްޔާއާއި ގުޅިގެން އިންޑަސްޓްރީގެ ލީޑަރުންނާއި ގުޅުން ބަދަހިކޮށް، ދާއިރާއާއި ގުޅުންހުރި އައު ޢިލްމާއި ތަޖުރިބާ ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ. އަދި ޕާރޓްނަރޝިޕްތައް ޤާއިމުކޮށް، އެމް.އެސް.އެމް.އީ ފައިނޭންސްގެ ދާއިރާގައި އެ ކޯރޕަރޭޝަންގެ ބްރޭންޑް އިތުރަށް ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރާނެކަމަށް ޒީނާދު ވިދާޅުވިއެވެ.

އެސް.އެމް.އީ ފައިނޭންސް ފޯރަމަކީ 2012 ވަނަ އަހަރު ދުނިޔޭގެ އިޤްތިޞާދީގޮތުން އެންމެ ކުރިއަރާފައިވާ 20 ޤައުމުގެ މައްޗަށް އެކުލެވޭ ޖަމްޢިއްޔާ "ޖީ20" އިން އުފައްދާފައިވާ ދުނިޔޭގެ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާއެކެވެ. އަދި މި ޖަމްޢިއްޔާ ހިންގަން ޙަވާލުކޮށްފައިވަނީ ވޯލްޑް ބޭންކުގެ ދަށުން ހިންގާ އިންޓަރނޭޝަނަލް ފައިނޭންސް ކޯރޕަރޭޝަނާއެވެ.

މި ފޯރަމަކީ 190 ޤައުމުގެ ބައިވެރިން ހިމެނޭހެން 240 އަށްވުރެ ގިނަ މާލީ އިދާރާތަކާއި، ކުންފުނިތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ ބޭނުމަކީ ޖަމްޢިއްޔާގެ ބައިވެރިންގެ މެދުގައި ދާއިރާއާއި ގުޅުންހުރި ޢިލްމާއި އައު އީޖާދުތައް ޙިއްސާކޮށް، ޚިޔާލު ބަދަލުކުރުމުގެ އިތުރުން ގުޅުން ބަދަހިކުރުމެވެ. އަދި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަޔާރިތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި، މި ދާއިރާގެ އެކިއެކި ތަޖުރިބާތައް ދޭދޭ މެންބަރުންގެ މެދުގައި ޙިއްސާކުރުމެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.