Advertisement

އެސްޓީއޯގެ އައު މެނޭޖިންގ ޑައިރެކްޓަރ ޝިމާދު އިބްރާހީމް ---

29 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

އެސްޓީއޯގެ އެމްޑީއަކަށް ޝިމާދު ޢައްޔަނުކުރައްވައިފި

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމަށް ޝިމާދު އިބްރާހިމް ހަމަޖައްސަވައިފިއެވެ.

ޝިމާދު އެމަޤާމަށް ހަމަޖެއްސެވިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހާމަކުރައްވާފައި ވަނީ އިއްޔެއެވެ.

ޝިމާދަކީ، ކުރިންވެސް އެސްޓީއޯގެ ބޯޑު މެމްބަރުކަމުގެ އިތުރުން އެކުންފުނީގެ މުހިއްމު މަޤާމުތަކެއް ފުރުއްވި، އަދި ސަރުކާރުގެ އެހެން ކުންފުނިތަކުގައިވެސް މުހިއްމު ގިނަ މަޤާމުތަކެއް ފުރުއްވާފައިވާ އިޤުތިޞާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އަދި އެމަނިކުފާނު މަތީ ތަޢުލީމް ޙާޞިލްކުރައްވާފައި ވަނީވެސް، އިޤުތިޞާދީ ދާއިރާއިންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.