Advertisement

ފޮޓޯ: އެލައިޑް އިންޝުއަރެންސް

22 Nov 2023
ވިޔަފާރި

އަޔާދީގެ ސަރޕަސްއަށް ޝަރުތުހަމަވާ ފަރާތްތަކުން އެކަމަށް އެދުމަށް ހުޅުވާލައިފި

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން 2021ވަނަ އަހަރުގެ ސަރޕްލަސް ބެހުމަށް ކަނޑައަޅާ، ސަރޕްލަސް ލިބުމަށް ޝަރުތު ހަމަވާ ބައިވެރިން އެކަމަށް އެދި ހުށަޅައެޅުމަށް ހުޅުވާލައިފިއެވެ. ތަކާފުލް ފަންޑުގެ ޖުމްލަ ފައިދާއަށް ބެލުމަށްފަހު، 2021 ވަނަ އަހަރުގެ ސަރޕްލަސް ބަހަން އެލައިޑް އިންޝުއަރަންގެ ބޯޑުން ނިންމާ އެކަން އިއުލާނުކޮށްފައި ވަނީ 22ނޮވެމްބަރު 2023 ގައެވެ.

ސަރޕްލަސް ބެހުމަކީ ކޮބާ؟

އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ ޖެނެރަލް ތަކާފުލް ބިނާވެގެންވަނީ ޝަރީޢާ ހުއްދަކުރާ މުޢާމަލާތެއްކަމުގައިވާ "ވަކާލާ" މޮޑެލްގެ މައްޗަށް ބިނާކޮށެވެ. މި މޮޑެލްގައި، ބައިވެރިވާ ފަރާތް (ޕާރޓިސިޕަންޓް) ތަކާފުލް ޕްލޭންގައި ބައިވެރިވުމަށްޓަކައި ދައްކާ ކޮންޓްރިބިއުޝަން އަޔާދީ ތަކާފުލް އަށް ދައްކަނީ، ވަކީލެއްގެ ހައިސިއްޔަތުން އެ ފައިސާގެ ތެރެއިން ވަކާލާ ފީ އުނިކުރުމަށްފަހު، ބާކީ އޮންނަ އަދަދު "ބައިވެރިންގެ ފަންޑު" ގައި ބަހައްޓައި ބަލަހައްޓައިދިނުމަށް އެއްބަސްވެގެންނެވެ. މިގޮތުން، ވަކީލެއްގެ ހައިސިއްޔަތުން އަޔާދީ ތަކާފުލްއިން ނަގާ ވަކާލާ ފީ ހުންނާނީ އަޔާދީ ތަކާފުލްގެ "ތަކާފުލް އޮޕަރޭޓަރ" ފަންޑުގައި އަދި އެފަންޑުން ހޭދަކުރާނީ އަޔާދީ ތަކާފުލްހިންގުމުގެ ގޮތުން ކުރަންޖެހޭ ޚަރަދުތައް ކުރުމަށެވެ. އަދި ބައިވެރިންނަށް ލިބޭ އެކި ގެއްލުންތަކަށް ބަދަލުދެވިގެން ދާނީ ބައިވެރިންގެ ފަންޑުގައި ހުންނަ ފައިސާއިންނެވެ.

ސަރޕްލަސްއަކީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަމަރުން ކޮންޓްރިބިއުޝަންގޮތުގައިދޭ ފައިސާ ޖަމާކޮށް، ގާއިމްކުރާ "ބައިވެރިންގެ ފަންޑު/ތަކާފުލް ފަންޑު" އިން ސީދާ ތަކާފުލްއާއި ގުޅޭ ޚަރަދުތަކުގެ ގޮތުގައި ބެލެވޭ (ގެއްލުމުގެ ބަދަލު ދިނުމާއި ރީ-ތަކާފުލް ކުރުން ފަދަ ޚަރަދުތައް) އުނިކުރުމަށްފަހު، ބާކީ ފައިސާ، ބައިވެރިންގެ ރިސްކް ފަންޑްގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާއަށް ކިޔާ ނަމެވެ. މިފައިސާ އަށް "ބައިވެރިންގެ ފަންޑުގެ ފައިދާ" އޭވެސް ކިޔައެވެ. 

މިގޮތުން، އާންމު އުސޫލުން ސަރޕްލަސް ލިބުމަށް ޝަރުތު ހަމަވާނީ، ސަރޕްލަސް ދިނުމަށް ކަނޑައަޅާފައިވާ ޚިދުމަތްތަކުގެ ތެރެއިން ޚިދުމަތެއް ނަންގަވައި، ސަރޕްލަސް ދިނުމަށް ކަނޑައަޅާ މުއްދަތު "2120"ވަނަ އަހަރުގައި ބަދަލަށް(ކްލެއިމްއަށް) އެދި ހުށައަޅާފައި ނުވާ ފަރާތްތަކެވެ.

އެގޮތުން ސަރޕްލަސްގެ ގޮތުގައި ކަނޑައެޅޭ ފައިސާއަށް އެދި އެކަމަށް ޝަރުތުހަމަވާ ފަރާތްތަކުން ހުށައެޅުމުން އެފައިސާ ޖަމާކުރެވޭނީ އަޔާދީ ތަކާފުލްއަށް ޙިއްޞާކޮށްފައިވާ އެފަރާތެއްގެ ބޭންކު އެކައުންޓަށެވެ. މިގޮތުން، އަމިއްލަ ފަރާތްތަކުގެ ބޭންކު އެކައުންޓް ވެރިފައިކުރުމަށް އަދި ސަރޕްލަސް ލިބޭ ބައިވެރިއެއްކަންޔަޤީންކުރެއްވުމަށް އެލައިޑް ވެބް ޕޯޓަލް، (މައިއެލައިޑް)ގެ "ޗެކް ސަރޕްލަސް އެލިޖިބިލިޓީ" ޓެބުން ނުވަތަ އެލައިޑް މޯބައިލް އެޕް އަދި ކަސްޓަމަރ ފްރަންޓު އޮފީސް، (ހ.އޯކިޑް،އަމީރު އަހުމަދު މަގު) އަށް ވަޑައިގެންނާއި ކަސްޓަމަރ ކެއަރ ނަންބަރު 1600 އަށް ގުޅުއްވައިގެންވެސް އެމައުލޫމާތު ސާފުކުރެއްވޭނެއެވެ. ސަރޕްލަސް ފައިސާ ޖަމާކުރުމަށް މިހާރު ޙިއްޞާކޮށްފައިވާ އެކައުންޓް ބަދަލުކުރަން ބޭނުންވެލައްވާނަމަ، އެންމެ ބައިވެރިއެއްގެ ގޮތުގައި ނަގައިފައިވާ ސެޓްފިކެޓްތަކުގެ ވެރިފަރާތްތަކަށް މައިއެލައިޑް ވެބް ޕޯޓަލް އަދި އެލައިޑް މޯބައިލް އެޕް އިން އެ މަޢުލޫމާތުތައް ބަދަލުކުރެއްވޭނެއެވެ.

އަޔާދީ ތަކާފުލްއިން މައުލޫމާތު ދެއްވާ ގޮތުގައި ސަރޕްލަސްއަށް އެދި ހުށައަޅަންޖެހޭ ސުންގަޑިއަކީ 21 ޖަނަވަރީ 2024ގެ، 16:00 ގެ ކުރިންނެވެ. ފޯމު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ލިބިވަޑައިގަންނަވާނީ އަޔާދީ ތަކާފުލްގެ ވެބްސައިޓުންނާއި ކަސްޓަމަރ ފްރަންޓު އޮފީހުންނެވެ. ފޯމް ހުށައަޅަން ބޭނުންފުޅު ނުވާނަމަ، އޮންލައިން ޕޯރޓަލް "މައިއެލައިޑް" މެދުވެރިކޮށްވެސް ސަރޕްލަސްއަށް އެދެވިދާނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

އަޔާދީ ތަކާފުލްގެ 2021 ވަނަ އަހަރުގެ ސަރޕްލަސްއަށް ޝަރުތު ހަމަވާ ކަސްޓަމަރުންގެ ތެރެއިން އެކަމަށް އެދި ހުށަނާޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ފައިސާ، ހަމަޖެހިފައިވާ އުޞޫލުތަކުގެ ތެރެއިން ބައިވެރިންގެ ފަންޑަށް އަނބުރާ ރައްދުކުރެވޭނެކަމަށް އަޔާދީން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.