Advertisement

އެމްޔޫ މަނިކަށް ސާޓާ އެވޯޑް އެރުވުން. ފޮޓޯ: ސާޓާ

24 Nov 2023
ވިޔަފާރި

ފަތުރުވެރިކަމަށް އެމްޔޫ މަނިކު ކޮށްދެއްވާ މަސައްކަތް ފާހަގަކޮށް ސާޓާ އެވޯޑް އަރުވައިފި

ޓޫރިޒަމް ދާއިރާއަށް މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ކުރައްވަމުން ގެންދަވާ އިހްލާސްތެރި ހިދުމަތުގެ އަގުވަޒަންކޮށް ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް(ސާޓާ) އެވޯޑު އޭނާއަށް އަރުވައިފިއެވެ.

މި އަހަރުގެ ސާޓާ އެވޯޑު ހަފްލާ ބޭއްވީ މިދިޔަ އޮކްޓޯބަރު މަހު އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޝެރެޓަން ގްރޭންޑް ހޮޓެލްގައެވެ. ނަމަވެސް އެ ހަފްލާއަށް އެމްޔޫ މަނިކަށް ވަޑައިނުގެންނެވުމުން ސަޓާ އިން ވަނީ އިއްޔެ ކުރުނބާ މޯލްޑިވްސްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައި މަނިކަށް ލިބުނު އެވޯޑް ހަވާލުކޮށްފައެވެ. އެމްޔޫ މަނިކަކީ ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށްދެއްވި ބާނީންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުމަރު މަނިކު ވިދާޅުވީ ސާޓާއިން އޭނާގެ ހިދުމަތުގެ އަގު ވަޒަންކޮށް އެވޯޑު ދިނުމުން އުފާކުރައްވާ ކަމަށެވެ. ޓޫރިޒަމް އިންޑަސްޓްރީއަށް 51 އަހަރު ފުރިފައިވާއިރު އިންޑަސްޓްރީ މިހާ ކުރިއަރާފައިވަނީ ވަރަށް ބުރަ މަސައްކަތުން ކަމަށާއި އޭނާގެ އުއްމީދަކީ ޓޫރިޒަމް ދާއިރާ ވީހާވެސް ބޮޑަށް ކުރިއަރައިގެން ދިއުން ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމުގައި އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކޮށް ސާޓާއިން ވަނީ އެމްޔޫ މަނިކަށް ޝުކުރު އަދާކޮށްފައެވެ.

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސްއަކީ، ދެކުނު އޭޝިޔާ ސަރަހައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މިއަހަރުގެ އެވޯޑްގައި ރާއްޖޭގެ ޕްރޮޕަޓީތަކުން ވަނީ 31 އެވޯޑެއް ހާސިލްކޮށްފައެވެ. މީގެތެރޭގައި 14 ގޯލްޑް އެވޯޑާއި، 17 ސިލްވަރ އެވޯޑް ހިމެނެއެވެ. މިއީ ސާޓާ އެވޯޑް ބޭއްވި 7 ވަނަ އަހަރެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.