Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

30 Nov 2023
ވިޔަފާރި

މަންޓާ އެއަރއިން އިންޑިއާއަށް ދަތުރު ފަށަނީ

މަންޓާ އެއަރއިން އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ މަންޓާ އެއަރއިން ބައިނަލްއަޤްވާމީ ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ.

މަންޓާ އެއަރއިން ބުނީ އަންނަ ޖަނަވަރީ މަހުން ފެށިގެން އިންޑިއާއަށް އެ އެއަރލައިންގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. މި ދަތުރުތައް ބާއްވަނީ ދާލު އެއަރޕޯޓުން ބެންގަލޫރު ކެންޕެގޯޑާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. 

ދާލު އެއަރޕޯޓަކީ މަންޓާގެ މައި ހަބްގެ ގޮތުގައި ބޭނުންކުރާ އެއަރޕޯޓެވެ. އިންޑިއާއިން ސީދާ ދަތުރުތައް ދާލު އެއަރޕޯޓަށް ފެށުމުގެ ސަބަބުން އެ ސަރަހައްދަށާއި އެ ސަރަހައްދުގެ ރިސޯޓްތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް މަންޓާ އެއަރއިން ވަނީ ބުނެފައެވެ.

މަންޓާއިން މިހާރު ޕްލޭންކޮށްފައިވަނީ ހަފްތާއަކު 3 ދަތުރު ބޭއްވުމަށެވެ. ބެންގަލޫރުން ރާއްޖެއަށް ދަތުރު ކުރަނީ ހެނދުނުއެވެ. އަދި ރާއްޖެއިން ބެންގަލޫރަށް ފުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑުކަމަށް މަންޓާއިން ވަނީ ބުނެފައެވެ.

މަންޓާ އެއަރލައިން ރަސްމީކޮށް ލޯންޗްކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ 22 ވަނަ ދުވަހުއެވެ. އަދި މި އެއަރލައިންގެ ދަތުރުތައް ރަސްމީކޮށް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.