Advertisement

ސްޓާލިންކްގެ ހިދުމަތް ރާއްޖޭގައި ފެށުން. ފޮޓޯ: ސްޓާލިންކް

11 Nov 2023
ވިޔަފާރި

ސްޓާލިންކްގެ ހިދުމަތް ރާއްޖޭގައި ފަށައިފި

ސްޕޭސް އެކްސްގެ ސްޓާލިންކްއިން ފޯރުކޮށްދޭ ސެޓެލައިޓް އިންޓަނެޓްގެ ޙިދުމަތް ރާއްޖޭގައި ދޭން ފަށައިފިއެވެ. މިއާއެކު ސްޓާލިންކުގެ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ލިބޭ ޤައުމުތަކުގެ ޗާޓުގައި ރާއްޖެވަނީ ހިމަނާފައެވެ. ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ސްޓާލިންކްގެ ޚިދުމަތް އެންމެ ފުރަތަމަ ލިބެން ފެށި ޤައުމަކަށް ރާއްޖެ މިވަނީ ވެފައެވެ.

އެ ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، އެ ހިދުމަތުން 200 އެމްބީޕީއެސްއާ ހަމައަށް ސްޕީޑް ލިބޭނެއެވެ. މިއީ މަހަކު ގާތްގަނޑަކަށް 1000 ރުފިޔާ އަށެވެ.

ސްޓާލިންކް ހިދުމަތަށް ބޭނުންވާ ހާޑްވެއާ ވެބްސައިޓުން ޕްރީ-އޯޑަރުކުރި މީހުންނަށް ވަނީ އޯޑަރު ކޮންފާމް ކުރުމަށް ސްޓާލިންކުން އީމެއިލް ފޮނުވައިފައެވެ.

ދެ ހަފްތާ ތެރޭގައި ޝިޕްކޮށްދޭ މި ޕެކޭޖުގައި ހިމެނެނީ ސްޓާލިންކް ޑިޝް އެންޓަނާއަކާއި މައުންޓެއްގެ އިތުރުން ވައިފައި ރައުޓަރު ޔުނިޓެކެވެ. މި ޕެކޭޖުގެ އަގަކީ ޝިޕިންއާ އެކު 10،300 ރުފިޔާއެވެ.

މި ޙިދުމަތް ރާއްޖޭގައި ފެށުމާއި ގުޅިގެން މިިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވަނީ ސްޓާލިންކަކީ ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ވަރަށް ބޭނުންތެރި ޙިދުމަތެއްކަން ފާހަގަކުރައްވާފައެވެ. އަދި ސްޓުލައިޓު ޓެކްސްނޮލޮޖީގެ އެހީގައި ރާއްޖެއަށް ގިނަ ކުރިއެރުން އަންނާނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ ޝައުނާ ވަނީ ވިދާޅުވެފައެވެ.

ސްޕޭސް އެކްސް ކުންފުނިން ސެޓެލައިޓް މެދުވެރިކޮށް ހައި ސްޕީޑް އިންޓަނެޓް ދުނިޔޭގެ އެކި ގައުމުތަކަށް މިހާރު ވެސް އަންނަނީ ދެމުންނެެވެ. ސްޓާލިންކް ކުންފުންޏަށް ރާއްޖެއިން ލައިސަންސް ދޫކުރީ މިދިޔަ އޮގަސްޓު މަހުއެވެ. 

ސްޓާލިންކްގެ އިންޓަނެޓް މިހާރު ލިބޭ 50 އަށް ވުރެ ގިނަ ގައުމުގެ ތެރޭގައި ޔޫރަޕާއި ދެކުނު އަދި އުތުރު އެމެރިކާގެ ގައުމުތައް ހިމެނެއެވެ. ސްޓާ ލިންކް އިން ކަނޑައަޅާއި އޮތް ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓެވެ. މިދިޔަ އަހަރުގެ ތެރޭގައި ސިކުންތަކު 300 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެ ގޮތް ވެސް ވަނީ ހަދައިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.