Advertisement

ފޮޓޯ: އެސްޓީއޯ

21 Nov 2023
ވިޔަފާރި

އެސްޓީއޯގެ ހިޓާޗީ ފްރިޖުތަކުގައި ވެސް ހަކަތަރި ލޭބަލް ޖަހަންފަށައިފި

އެސްޓީއޯއިން ވިއްކާ ހިޓާޗީ ފްރިޖްތަކަށް ކަރަންޓު ބޭނުންވާ މިންވަރު އަނގައިދޭ "ހަކަތަރި" ލޭބަލް ޖަހަން ފަށައިފިއެވެ. އެގޮތުން އެސްޓީއޯއިން  މިހާރުވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ ފްރިޖްގެ 14 މޮޑެލްއެއްގައި ހަކަތަރީގެ ލޭބަލް ޖަހާފައެވެ.

އެސްޓީއޯއިން ހަކަތަރީގެ ލޭބަލް ބޭނުންކުރަން ފަށާފައިވާ 14 މޮޑެލްގެ ތެރޭގައި ތިން ތަރި އަދި ހަތަރު ތަރީގެ ލޭބަލް ހިމެނެއެވެ. ހަކަތަރި ލޭބަލް ހުންނާނީ އެކަކުން ފެށިގެން ފަހަކާއި ހަމައަށް ދަރަޖަ ގިންތި ކުރެވިފައެވެ. ލޭބަލްގައި ޖަހާފައިވާ ނަންބަރު 1 އެއީ، ވަސީލަތް ހިންގުމަށް އެންމެ ގިނައިން ކަރަންޓު ބޭނުންވާ ޕްރޮޑަކްޓްތަކެވެ. އަދި ލޭބަލްގެ ނަންބަރު މަތިވާ ވަރަކަށް އަންގައިދެނީ، ހިންގުމަށް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކަމެވެ.

"ހަކަތަރި" ލޭބަލް ހަރުކޮށްފައިވާ ފްރިޖެއް

ދިރިއުޅުމަށް އައި ބަދަލުތަކާއެކީ ގޭބިސީ ތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ސަބަބާހުރެ، "ހަކަތަރި" ލޭބަލް ޖެހުމަކީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވަޔަރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން ހަކަތަ ސަމަކާރަ ޕްރޮގްރާމްގެ އެންމެ ބޮޑު މަޤުޞަދަކީ ރާއްޖޭގައި ކަރަންޓު ޚަރަދު ކުޑަ ވަސީލަތްތައް ބޭނުންކުރުމަށް އަހުލުވެރި ކުރުމާއި ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް އަށަގެންނެވުމެވެ.

ފްރިޖުގެ އިތުރުން، އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ 6 މޮޑެލެއްގެ އޭސީގައި ވެސް ދިވެހިން ލިޔެފައިވާ ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ލޭބަލް، މެއި 2022 ފެށިގެން ބޭނުންކުރަން ފަށާފައެވެ. އަދި އެ ކުންފުނިން ވިއްކާ ލޭބަލް ޖެހި އޭ.ސީގެ ތެރޭގައި އާއްމު އޭސީތަކަށްވުރެ %42 މަދުން ކަރަންޓު ބޭނުންކުރާ އޭސީތައް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.