Advertisement

ބޭންކް އޮފް މޯލްޑިވްސް --

12 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ބީއެމްއެލް އިންޓަރޝިޕްއަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން ކުރިޔަށް ގެންދާ، ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިންކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ، ބީއެމްއެލް އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކުން 17 ސެޕްޓެމްބަރު 2024 ގެ ކުރިން ހުށައަޅަން ޖެހޭނެ ކަމަށެވެ. މި އިންޓާޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކުން އެކަމަށް އެެދި ހުށައަޅަންޖެހޭނީ އޮންލައިން ކޮށެވެ. 

ބީއެމްއެލްހެ އިންޓަރޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް، މުސާރައެއްގެ ގޮތުގައި މަހަކު 6000ރ ދޭނެވެ. އިންޓަރޝިޕްގެ ދަށުން ބީއެމްއެލްގެ ހެޑް އޮފީހާއި އެހެން ބުރާންޗްތަކުގައިވެސް މަސައްކަތް ކުރުމުގެ ފުރުޞަތުދޭނެއެވެ. 

ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އަމަލީ ތަޖުރިބާ ލިބުމުގެފުރުޞަތު ފަހިކޮށް ދިނުމުގެ އިތުރުން ބީއެމްއެލް ނުވަތަ މާލީ ދާއިރާގެ އެހެން އިދާރާއަކުން ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތުވެސް ލިބިގެންދާނެ ކަމުގައި ބީއެމްއެލްއިން ވަނީ ބުނެފައެެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.