Advertisement

ރުޕޭ ގެ އިޝްތިހާރެއް --

07 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާގެ ރުޕޭކާޑު ރާއްޖޭގައި ބޭނުން ކުރަންފަށައިފި

އިންޑިއާގެ ރުޕޭކާޑުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ހިންގޭ ގޮތް ހަދައިފިއެވެ.

އިންޑިއާގެ ރުޕޭކާޑު ރާއްޖޭގައި ބޭނުންކުރަންފެށުން މިއަދު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އިންޑިއާގެ ބޮޑުުވަޒީރު ނަރެންދުރަ މޯދީ، ހައިދަރުއާބާދު ހައުސްގައިބޭއްވި ރަސްމީ މަޝްވަރާތަކަށްފަހުގައި ދެއްވި ގުޅިފައިވާ ނޫސްބަޔާނުގެ ކުރިންނެވެ.

ރުޕޭގެ ޚިދުމަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ޓްރާންސްސެކްޝަން ހަދާަފައި ވަނީ އޯތެންޓިކް މޯލްޑިވްސްގެ ފިހާރައިގައެވެ. މިޚިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި އެންމެ ފުރަތަމަ އެއްބަސްވުމުގައި ސޮއެކޮށްފައި ވަނީ، 2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. 

ރުޕޭކާޑު މިއަދު ތަޢާރަފްކުރި އިރު، މިއަހަރުގެ މޭމަހު ސަރުކާރުން ވަނީ، ޗައިނާގެ ވީޗެޓު ޕޭގެ ޚިދުމަތްވެސް ރާއްޖޭގައި ތަޢާރަފްކޮށްފައެވެ.

ރުޕޭއަކީ އިންޑިއާއިން 2012 ވަނަ އަހަރު ތަޢާރަފްކުރި ޕޭމެންޓް ގޭޓްވޭއެކެވެ. މިޕޭމެންޓް ގޭޓްވޭ ފަރުމާކޮށްފައި ވަނީ، ދުނިޔޭގެ އެހެން ޤައުމުތަކުގެ ޕޭމެންޓްގޭޓްވޭ ތަކާއި އެކު ޚިދުމަތް ހޯދައި ލިބިގަނެވޭ ގޮތަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.