Advertisement

08 Sep 2024
ޚަބަރު

"ލިބޭ" ޕޯސްޓަރުތަކަކީ އުރީދޫ އިން ޖެހި ޕޯސްޓަރު ތަކެއް!

މިދިޔަ ހަފްތާގައި މާލޭގެ އެކި ތަންތަނުގައި ތަތްކުރަމުން ދިޔަ ލި ބޭ ޕޯސްޓަރަކީ، އުރީދޫގެ ޕޯސްޓަރުތަކެއްކަން އެކުންފުނިން ހާމަކޮށްފިއެެވެ.

އެކުންފުނިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި އެއީ، އެކުންފުނީގެ 5ޖީ ޚިދުމަތް ޕްރޮމޯޓް ކުރުމުގެ ގޮތުން ކުރިޔަށް ގެންގޮސްފައިވާ ކެމްޕޭނެކެވެ. މިގޮތުން، ކުންފުނިން ރާއްޖޭގެ އާބާދީގެ 60 ޕަސަންޓަށް 5ޖީ ގެ ހިދުމަތް ފޯރުކޮށްދެމުން އަންނަކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އެކުންފުނިން 5 ޖީގެ ޚިދުމަތް ރާއްޖޭގެ 14 އަތޮޅެއްގައި ވަނީ ފުޅާކޮށްފައެވެ. މިގޮތުން، ހއ، ދިއްދޫ އާއި އިހަވަންދޫ އަށާއި، ހދ. ކުޅުދުއްފުށީގެ އިތުރުން، ނ. ވެލިދޫއަށާއި، ރ. ދުވާފަރާއި އުނގޫފާރަށް އަދި ބ. އޭދަފުއްޓާއި، ޅ. ހިންނަވަރު އަދި ޅ. ނައިފަރާއި މާލެ އަތޮޅު ގުރައިދޫ އާއި މާފުއްޓަށް ވަނީ ޚިދުމަތް ފުޅާކޮށްފައެވެ. މީގެ އިތުރުން، އއ. ތޮއްޑޫ އާއި އެއަތޮޅު ރަސްދޫ އާއި، އދ. މާމިގިލި، އދ. މަހިބަދޫ އަދި އދ. ދަނގެތި އަދި ދ. ކުޑަހުވަދޫ އާއި ގއ. ވިލިނގިލިއްޔާއި ގދ. ތިނަދޫ އަދި ސ. ހިތަދޫއަށް ޚިދުމަތް ވަނީ ފުޅާކޮށްފައެވެ.

އުރީދޫއިން ގްރޭޓާ މާލެ ސަރަހައްދަށް 5ޖީގެ ޚިދުމަތްދޭން ފެށީ 2020 ވަނަ އަހަރުގައެވެ. 

މިހާތަނަށް މުޅި ރާއްޖޭގެ %40 އަށް އަދި 5ޖީގެ ޚިދުމަތް ފޯރުކޮށެއް ނުދެވެއެވެ. އެހެން ނަމަވެސް ރާއްޖޭގައި 5ޖީގެ އެންމެ ބޮޑު ކަވަރޭޖެއް މިހާރުވެސް ދީފައި އޮތީ އެކުންފުނިންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.