Advertisement

ހައުސް އޮފް ޖެވެލް --

07 Oct 2024
ވިޔަފާރި
ޢަލީ ސުލައިމާން

އެންމެ އިހުގެ ދިވެހި ފައިސާއިން ގަހަނާ ހަދައިދޭ ހައުސް އޮފް ޖެވެލްގެ 2 ވަނަ ފިހާރަ ފަރީދީ މަގުގައި ހުުޅުވައިފި

ދިވެހިންގެ މަޤުބޫލު ފަރުމާތަކަށް ގަހަނާ ތައްޔާރު ކުރުމުގައި މަޝްހޫރުކަން ހޯދަމުން އަންނަ، ހާރަ "ހައުސް އޮފް ޖުވެލް"ގެ ދެވަނަ އައުޓްލެޓެއް ރޭ މާލޭގައި ހުޅުވައިފި އެވެ.

މިފިހާރަ ހުޅުވާފައި ވަނީ ރޭ، ފަރީދީ މަގުގައި، މަޝްހޫރު އިލެކްޓްރޯނިކްސް ފިހާރަ މޮނަލާލްސްގެ ކުރިމަތި އެމަގުގެ އަނެއް ފަރާތުގައި ހުންނަ އިމާރާތެއްގައެވެ. 

"ހައުސް އޮފް ޖުވެލް"އަކީ، ރިހި ގަހަނާއަށް ޚާއްޞަ ފިހާރައެކެވެ. އެހެން ނަމަވެސް އެފިހާރައިން ރަނުގެ ގަހަނާ އާއި ރިހި އަތު ކުރިގަޑިވެސް ލިބެން ހުންނާނެއެވެ.

"ހައުސް އޮފް ޖުވެލް" ވެރިޔާ، ޙަސަން ނިޔާޒް ރަޝީދު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު ސިލްވަރ ކަލެކްޝަން އޮތީ އެފިހާރައިގައި ކަމަށެވެ.

މީގެ އިތުރުން އެފިހާރަ ޚާއްޞަވާ އެންމެ މުހިއްމު އެއްކަމަކީ ދިވެހިރާއްޖޭގެ ރަސްކަމުގެ ދުވަސްވަރު ބޭނުންކުރި ފައިސާގެ ކަލެކްޝަންވެސް އެތަނުގައި ހުރުމެވެ. އަދި އެއިން ފައިސާފޮއްޗެއް ގަނެގެން އެ ބޭނުންކޮށް ގަހަނާ ހަދަން ބޭނުންވާ ފަރާތްތަކަށް އެފިހާރައިން އެފުރުޞަތުވެސް ލިބިގެންދާނެއެވެ. 

އިހުގެ ފައިސާ ބޭނުންކޮށްގެން ހަދާފައިވާ ކަންފަތުލާއެއްޗެއް --

މީގެ އިތުރުން ކަސްޓަމަރުން ބޭނުންވާ ޑިޒައިނަކަށް އަދި ބޭނުންވާ މައުދަނަކުން މިތަނުން ގަހަނާ ހަދައިދޭނެވެ. އަދި މި ފިހާރައިގައި ރަންރިހީގެ މަސައްކަތްކޮށްދޭން ތިބޭނީވެސް އަތްކަންކުރާ ދިވެހީން ކަމުގައި، ނިޔާޒް ފާހަގަކުރެއްވިއެވެ.

އަތްކަން ކުރުމަކީ، ރާއްޖޭގެ ޤަދީމީ ފަންނުވެރި މަސައްކަތެވެ. އެމަސައްކަތުގައި ދިވެހިންގެ ޚާއްޞަ ޑިޒައިންތައްވެސް ހިމެނޭއިރު، އެޑިޒައިންތައް ދިރުވައި ދެމެހެއްޓުމަކީވެސް ހައުސް އޮފް ޖުވެލްގެ އަމާޒެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.