ޝިނާން ޢަލީ --
އެމްޓީސީސީގެ ސީއީއޯގެ މަޤާމަށް ޝިނާން ޢަލީ
މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންސްޓަރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމަށް، ސިނާން ޢަލީ އައްޔަނު ކުރައްވައިފިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެމްޓީސީސީގެ ބޯޑު މެމްބަރުކަން އޭނާ ވަނީ ކުރައްވާފައެވެ. އަދި އެކުންފުނީގެ ބޯޑަށް ޝިނާން ހަމަޖައްސަވައިފައިވާކަން އެމްޓީސީސީން ހާމަކުރައްވާފައި ވަނީ މި ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.
އެމްޓީސީސީގެ ސީއީއޯގެ މަޤާމަށް ހަމަޖެއްސެވި ޝިނާންޢަލީ އަކީ 2000 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ދާއިރާގައިވެސް މަސައްކަތް ކުރައްވަމުން އަންނަ އަދި އެދާއިރާއިން 2015 ވަނަ އަހަރު، ހިތްވަރުދިނުމުގެ ޤައުމީ އިނާމުވެސް ޙާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ވަން އޮންލައިންގެ ނަމުގައި އަމިއްލަ ނޫހެއްވެސް އޭނާ ހިންގަވަމުން ގެންދަވައެވެ.