Advertisement

ބޭންކް އޮފް މޯލްޑިވްސް

23 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ދަރިވަރުންނަށް ކާޑު ލިމިޓް ބޮޑުކޮށްދީފި

ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންނަށް، ކްރެޑިޓް އަދި ޑެބިޓް ކާޑުން މުއާމަލާތު ކުރުމަށް ދޭ ޑޮލަރު ލިމިޓް 1200 ޑޮލަރަށް މަތިކޮށްފިއެވެ.

ދަރިވަރުންނަށް 1200 ޑޮލަރާއި ހަމައަށް ކާޑު ލިމިޓް ބޮޑުކޮށްދެއްވުމަށް ރައީސް ވަޢުދުވެވަޑައިގެންނެވީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މިއަދު ބޭންކް އޮފް މޯލްޑިވްސްއިން އާއްމު ކުރި އިޢުލާާނުގައި ބުނީ، މިހާރު ދަރިވަރުންނަށް ދެމުން އަންނަ ލިމިޓް އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 1200 ޑޮލަރާއި ހަމައަށް އިތުރުކޮށްދީފައިވާ ކަމަށެވެ. މިހާތަނަށް ދަރިވަރުންނަށް ދެމުން އައިސްފައި ވަނީ 750 ޑޮލަރުގެ ލިމިޓެކެވެ.

މީގެކުރިން މިއަހަރުގެ އޮގަސްޓްމަހުގެ 25 ވަނަ ދުވަހު، ބީއެމްއެލްއިން ވަނީ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ނުކުރެވޭ ގޮތް ހަދައި، އަދި ޑޮލަރު ލިމިޓް 100ޑޮލަރާއި ހަމައަށް ކުޑަކޮށްފައެވެ. އެހެން ނަމަވެސް ހަމައެދުވަހު ބީއެމްއެލްއިން އެނިންމުން ބަދަލު ކުރިއެވެ. ބީއެމްއެލްގެ އެނިންމުން ސަރުކާރުން ސިފަކޮށްފައި ވަނީ މާލީ ބަޣާވާތެއްގެ ގޮތުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.