Advertisement

ބޭންކް އޮފް މޯލްޑިވްސް --

26 Sep 2024
ޚަބަރު

ލޯނު ނުދައްކައިގެން މާލޭގެ ދެ ގެއެއް ވިއްކާލަން ބީއެމްއެލްއިން އިއުލާނުކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ދެ ލޯނަކަށް ރަހުނުކޮށްފައިވާ ދެގެއެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްއިން އިއުލާނުކޮށްފިއެވެ.

ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ވިއްކާލަން ނިންމާފައިވާ ދެ ގެއަކީ، މ. ނާއިންފަރުއާގެ އާއި، މ. ބީޗްކޯނާ ގެއެވެ.

ނީލަމުގައި ވިއްކާލުމަށް ނިންމާފައިވާ، މ. ނާއިންފަރުއާގޭގެ ނީލަން ފެށޭ އަގަކީ، 13 މިލިޔަން ރުފިިޔާއެވެ. އެގެ ނީލަމުގައި ވިއްކާލުމަށް ހަމަޖައްސާފައި ވަނި އަންނަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުގައެވެ. އެ ގެއަކީ، 792 އަކަފޫޓޫގެ ގެއެކެވެ. ވިއްކާލުމަށް އިއުލާނުކޮށްފައިވާ މ. ބީޗްކޯނާއަކީ، 927.33 އަކަފޫޓުގެ ގެއެކެވެ. އެގެ ވިއްކާލުމަށް ނީލަން ފެށޭ އަގަކީ، 23.8 މިިލިޔަން ރުފިޔާއެވެ. 

ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި އެގެތައް ނީލަމުގައި ވިއްކާލަން ހަމަޖައްސާފައި ވަނީ، އެންމެ ބޮޑު އަގެއް ހުށައަޅާ ފަރާތަކަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.