Advertisement

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް --

29 Oct 2024
ޚަބަރު
ޢަލީ ސުލައިމާން

ފަރުމަސްވެރިކަމުގެ ލޯނަށް އެދި ހުށައެޅި 37 ފަރާތަކަށް ލޯނު ހަމަޖައްސައިދީފި

ފަރުމަހުގެ މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީކުރުމުގެ ގޮތުން ދޫކުރާ ލޯނަށް އެދި ހުށައެޅި ފަރާތްތަކުގެ ތެރެއިން 37 ފަރާތަކަށް އެލޯނު ހަމަޖައްސައިދީފައިވާ ކަމުގައި، ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން އިއްޔެ ވަނީ، ފަރުމަސްވެރިކަމުގެ ލޯނަށް އެދި ހުށައެޅި ފަރާތްތަކާއި އެކު އިއްޔެ އިސްލާމީ މަރުކަޒުގައި، ބައްދަލުވުމެއް ބާއްވާފައެވެ. 

ފަރުމަސްވެރިކަމާއި ފަރުމަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމުގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރުމަށް ހުޅުވާލި ލޯނަށް އެދި އެހުށައެޅުމުގެ މުއްދަތު ހަމަވިއިރު، 121 ފަރާތަކުންވަނީ ލޯނަށް އެދި ހުށައަޅާފައި ކަމުގައި ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ. އަދި ލޯނަށް އެދި ހުށައެޅި ފަރާތްތަކުގެ އަދަދު ގިނަވުމާއިއެކު، 20 މިލިއަން ރުފިޔާ ދޫކުރުމަށް ކަނޑައެޅި މި ސްކީމްގެ އަދަދު 30 މިލިޔަން ރުފިޔާއަށް އިތުރުކޮށް، ޖުމުލަ 62 ފަރާތަކަށް ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމުގައި އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ފަރުމަހުގެ މަސްވެރިކަން ތަރައްޤީކުރުމަށް މަސްވެރި ވުޒާރާއާއި އެސްއެމްއީ ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގުޅިގެން ކަނޑުފަޅުނަފާ ޕްރޮގްރާމްގް ތެރެއިން ފަރުމަހުގެ ލޯނަށް ހުޅުވާލީ މިއަހަރުގެ ފެބްރުވަރީ މަހު 16 ވަނަ ދުވަހުގައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.