Advertisement

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު --

16 Mar 2024
ރިޕޯޓް
ޢަލީ ސުލައިމާން

ދިވެހި އަސްކަރިއްޔާގެ އެއާކޯ އުފެއްދުން، ޝުކުރާއި ތަޢުރީފާއި، ޝައްކާއި ސުވާލު!

ޕީޕީއެމް އިސްވެ އޮވެ ފެށި، އިންޑިއާ އައުޓް ކެމްޕޭނާއިއެކު ދިވެހިންގެ ހިތްތަކުގައި ވަޠަނީ، ޤައުމީ، އަދި އަމިއްލަ ވަންތަކަމުގެ ރޫޙެއް އުފެއްދިއެވެ. އަދި އެއީ ވެރިކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަަށް ވަޑައިގެންނެވުމަށް ލިބިވަޑައިގެންނެވި އެންމެ މުހިއްމު ބާރުވެރިކަން ކަމުގައިވެސް ވިއެވެ. ވެރިކަމުގެ ގޮނޑީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިށީނދެވަޑައިގެންނެވުމަށް ލިބިވަޑައިގެންނެވި ފުރުޞަތަކީ، ރައްޔިތުންގެ ހިތްތަކުގައި އޮތް އެ އަމިއްލަވަންތަކަމާއި ވަޠަނިއްޔަތުގެ ރޫޙް ހޭލުމުގެ ސަބަބެވެ. އެހެނީ، ދިވެހިންނަކީ އެމީހުންގެ އުޅުމާއި، ގުޅުމާއި ޠަބީޢީގޮތުގައިވެސް ވަރަށް ޖަޒްބާތީ ބައެއްކަން ބޭރުގެ ލިޔުއްވުންތެރިންނާއި ސައްޔާޙުންނާއި ފިލޯސަފަރުން އެބޭފުޅުންގެ ދަތުރު ނާމާތަކާއި، ފޮތްތަކުގައި ލިޔުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވަނީ، ދިވެހި އަސްކަރިއްޔާގެ އެއާކޯ އިފްފްތިތާޙްކޮށްދެއްވައި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކޮށްދެއްވާފައެވެ. މީގެ އިތުރުން، މަސްވެރިންނާއި ދަތުރުވެރީންނަށް ޚާއްޞަކޮށް އުފައްދާފައިވާ މޯބައިލް އެޕްލިކޭޝަން "ރަސް އައިނު"ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

ރޭގެ އެރަސްމިއްޔާތަކީ، ތާރީޚީ ރަސްމިއްޔާތެކެވެ. ދިވެހިއަސްކަރިއްޔާގެ ޚިދުމަތަށް، 131 އަހަރު ފުރުމަށްފަހުގައި މިފެށިގެން ދިޔައީ މުޅިން ތާރީޚީީ އައު ބާބެކެވެ. 

ރޭގެ ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިއާގެ ނަން ބޭނުން ނުކުރައްވައި އިންޑިއާއަށް ރައްދުވާ ގޮތަށް ވާހަކަފުޅު ދެއްކެވިއެވެ.

"އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެންގެ ސަރަޙައްދު ބެލެހެއްޓުމަކީ، އެހެން ބަޔަކު އެކަމަކާ ކަންބޮޑުވާންޖެހޭނެ ކަމެއް ނޫން. ކަންބޮޑުވާނަމަ އެއީ، އަދި މާ ކަންބޮޑުވާން އަޅުގަނޑުމެން ޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ސަރަޙައްދު، އަޅުގަނޑުމެންގެ އިންފާރުގެ އެތެރެ ބަލަހައްޓާނީ އަޅުގަނޑުމެން. މިއީ، އަޅުގަނޑުމެންގެ ޙައްޤެއް." 

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަކީ ކުޑަ ޤައުމެއް ނޫންކަމަށާއި، ރާއްޖެގެ ބިޔަ ބޮޑު ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ދިވެހި ޢަސްކަރިއްޔާއަށް މި ލިބިގެންދިޔަ ޤާބިލިއްޔަތު ކަމަކީ، މިއަދުގެ ޓެކްނޯލޮޖީގައި އެންމެމަތީ ފަންތީގައި ހިމެނޭ ޓެކްނޯލޮޖީގެ ޤާބިލުކަން ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަދި ރާއްޖޭގެ އިޤްތިޞާދީ މަސައްކަތްތަކާއި، އިންސާނީ ސަލާމަތްތެރި ކަމަށްޓަކައި މި ފެށިގެން މިދަނީ އެންމެ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި، ވަރަށްބޮޑު، ވަރަށްބިޔަ ޤައުމީ މަސައްކަތެއް ކަމަށެވެ.

ދިވެހި އަސްކަރިއްޔާއަށް 131 އަހަރު ފުރިގެން ދިޔައިރު، އަސްކަރީ ޤާބިލްކަން އިތުރުކުރުމަށް ސަރުކާރުތަކުން މަސައްކަތް ކޮށްފައި ނެތުމަކީ، އެހެން ޤައުމަކުގެ މައްޗަށް ރާއްޖެއިން ބަރޯސާވެފައި އޮތް ކަމެކެވެ. ރާއްޖޭގައި ދުއްވާ ޑޯނިއާ މަތިންދާ ބޯޓާއި ހެލިކޮޕްޓަރުތަކާއި، ކޯސްޓްގާޑުގެ އުޅަނދުތަކަކީ، އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ އުޅަނދުތަކެވެ. ދިވެހި އަސްކަރިއްޔާއިން ބޭނުން ކުރާ އެއްގަމު އުޅަނދުތަކަކީ، ޖަޕާނާއި ޗައިނާ އާއި އިންޑިއާ އާއި ބަނގުލަދޭޝް އާއި އެނޫންވެސް ރަޙްމަތެރި ޤައުމުތަކުން ހަދިޔާކޮށްފައިވާ ތަކެއްޗެވެ.

" އަޅުގަނޑުމެންނަށް މުހިންމުވެގެން މިއުޅެނީ، މި ފަޚުރުވެރި ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަމުގައި، މިނިވަންކަންމަތީގައި އޮންނާނެ ގޮތް ހެދުން. އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ބާރުވެރިކަންމަތީގައި، ހުރިހާ މާނައެއްގައި."

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު.

ދިވެހިރާއްޖޭގެ އަސްކަރީ ކަންކަމުގައި ދިވެހިންގެ ފުރިހަމަ ކޮންޓްރޯލް އޮތުމަކީ، ކިހައި މުހިއްމު ކަމެއްކަން، ބަދަލުވަމުން އަންނަ ދުނިޔޭގެ ޙާލަތަށް ބަލާއިރު، ދުނިޔެއަށް ލޯހުޅުވިފައި ހުރި ކޮންމެ ދިވެއްސަކުވެސް ޤަބޫލުކުރެއެވެ. އެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރޭ ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެހީތެރިކަން ހޯދަންޖެހެނީ، އެހެން މީހުންގެ އެހީތެރިކަން ހޯދަންޖެހޭ ކަހަލަ ކަންކަމުގައި ކަމަށާއި، އަސްކަރީ ކަންކަމަކީ، އަމިއްލަ ބާރުވެރިކަމާ އެކީގައި ކުރެވެންޖެހޭނެ ކަންކަން ކަމުގައި ޤަބޫލު ކުރަންޖެހޭ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ވަޑައިގެންނެވުމަށް އެޅުއްވި ފުރަތަމަ ފިޔަވަޅުވެސް އެޅުއްވީ، އިންޑިއާ އާއި ދުރަށް ކަމުގައިވެފައި، ވެރިކަމަށް ވަޑައިގެން އެޅުއްވި ކޮންމެ ފިޔަވަޅެއްވެސް އަޅުއްވަމުން ގެންދަވަނީ އިންޑިއާ އާއި ދުރަށެވެ. ދިވެހިރާއްޖޭގެ މުޅި ތާރީޚުގައިވެސް އިންޑިއާގެ މައްޗަށް ދިވެހިރާއްޖެ ބަރޯސާވެފައި އޮތް ހުރިހާކަމެއް ބަދަލު ކުރެއްވުމަށް އެމަނިކުފާނު ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. 

މިގޮތުން، އެޅުއްވި އެންމެ ފުރަތަމަ ފިޔަވަޅަކީ، ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ސިފައިން ފޮނުވާ ލެއްވުމުގެ މަސައްކަތެވެ. އޭގެ އިތުރުން ރާއްޖޭގެ އަމިއްލަ އެއަރ އެމްބިއުލާންސްތައް ތަޢާރަފްކޮށް، އިންޑިއާގެ އުޅަނދުތަކުގެ ބޭނުން ދިވެހިންނަށް ނެތްކަމުގެ މޭރުމަކުން އެމަނިކުފާނުގެ ސިޔާސަތުތައް ގެންދަވަނީ ތަންފީޒް ކުރައްވަމުންނެވެ. އެމްއެންޑީއެފްގެ ވައިގެބާރު އުފައްދަވައި، ފުރަތަމަ ޑްރޯންތައް އުދުއްސާލުމަކީވެސް އެރޮނގުގައި މިސަރުކާރުން ހޯދި ކާމިޔާބީއެއްކަމުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ފާހަގަކުރާއިރު، އެނޫން ފަރާތްތަކުންވެސް ގެންދަނީ ވައިގެ އަސްކަރީ ޤާބިލްކަން އިތުރު ކުރުމުގެ މަސައްކަތަށް ތަޢުރީފާއި ޝުކުރު އަދާކުރަމުންނެވެ. 

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބުދުލް ޤައްޔޫމްގެ ޓްވީޓް --

ސަރުކާރުގެ މި ފިޔަވަޅާއި އެކު އިދިކޮޅުން އުފައްދަނީ މުޅިން އެހެން ސުވާލެކެވެ. އެއީ އަސްކަރީ ޤާބިލްކަން ދިވެހިން އަމިއްލައަށް އިތުރު ކުރުމަށް ވުރެ، އެކަމުގެ ޚަރަދާއި، އިޤުތިޞާދީ ފައިދާ އާއި މެދު އުފައްދާ ސުވާލެވެ. މިގޮތުން އެއަރކޯގައި ބޭނުން ކުރުމަށް އަލަށް ގެނައި ޑްރޯންތަކަކީ، އޭގެ މާކެޓް އަގަށް ވުރެ މާބޮޑުކޮށް، އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގަތް އުޅަނދުތަކެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

މީގެ އިތުރުން، އެެހެން ވާހަކައެއްވެސް ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވަނީ ފެންމަތިކޮށްފައެވެ. އެއީ ވައިގެ މަގުން ބަލައިގެން ކަނޑުގެ އަޑީގައި ހިނގާކަންކަން ނުފެންނާނެ ވާހަކައެވެ. ބޭރު ޤައުމުތަކުގެ އަސްކަރީ ސަބްމެރިންތައް ރާއްޖޭގެ ކަނޑުތަކުގެ ސަރަހައްދުގެ ތެރޭގައި އުޅޭ ކަމުގެ ވާހަކައެވެ. އެކަމަށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުގެ ޖަވާބަކީ، އަދި ދިވެހިންގެ އަމިއްލަ ސަބްމެރީންތައްވެސް ދިވެހި ކަނޑުތަކުގައި ފީނާ އަތްފުނާ އަޅާނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.