ރިޕޯޓް
ރިޕޯޓް
31 Dec 2023
ރިޕޯޓް
ކޮވިޑުގައި ދެބަފައިންގެ ފޫހިކަން ނިމުމަކަށް ގެނައީ ވޮލީ ކޯޓު، އެއަށްފަހު މިހާރު ގައުމީ މުބާރާތްތަކުގައި
އެންމެ ފަހުން ބޭއްވި ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދި އުމުރުން 18 އަހަރުގެ މުހައްމަދު ލަތުފާނުގެ އަމާޒަކީ، ގައުމީ ޖާޒީ އާއި ވެލިދޫ ސްޕޯޓްސް ކްލަބްގެ ޖާޒީގައި ރަން މެޑަލް ހޯދުމެވެ. އިސްކޮޅުގައި 6 ފޫޓު 7 އިންޗި ހުންނަ ލަތުފާނު، ގައުމީ ފެންވަރުގައި ކުޅުނު ފުރަތަމަ މުބާރާތުން މި ލިބުނު ކާމިޔާބީއަކީ ވެސް، އޭނާގެ މަންޒިލަށް ވާސިލްވުމަށް ކުރާ ބުރަ މަސައްކަތަށް ހެކިދޭ ދަލީލެއްކަން ހަމަޔަގީނެވެ.
31 Dec 2023
ރިޕޯޓް
މާލޭގައި ފެންބޮޑުވެ ބުޅާ ނަޖިހުން މަގުތައް ތަޣައްޔަރުވެފައި
މަޝްހޫރު ހަމުގެ ޚާއްޞަ ޑޮކްޓަރަކުން ވިދާޅުވީ، މިފަހަކަށް އައިސް މާލޭގައި، ބުޅަލުގެ ނަޖިހުގެ ސަބަބުން ޖެހޭ ހަމުގެ ބަލިތަކާއި އިންފެކްޝަންތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ. މިގޮތުން ބުޅަލުގެ ނަޖިސް ސީދާކޮށް ހަމުގައި ނުޖެހުނަސް ނަޖިސް އެކުލެވިފައިވާ ފެނާއި ބުޅަލުގެ ނަޖިސް ހޭކިފައި ހުރި ތަންތަނުގައި ޖެހުމުންވެސް ބަލި އަރާގޮތް މެދުވެރިވެއެވެ.
26 Dec 2023
ރިޕޯޓް
އާކުރެވެނީ ސުނާމީ ކާރިސާގައި ގެއްލުނު މީހުންނާއި މަރުވި މީހުންގެ ހަނދާން، ދިރިތިބި މީހުން އުޅޭ ހާލެއް ބަލާލުމެއް ނެތް
ސުނާމީވކާރިސާއަށް ފަހު، ކަނދޮޅުދޫ މީހުން ދުވާފަރަށް ބަދަލުވި އިރު، އެމީހުންނަށްވެސް ދިމާވީ ހަމަ އެމައްސަލަތަކެވެ. މިމައްސަލަ ދިމާވީ، ސުނާމީއަށްފަހު ފާގަތި ދިރިއުޅުމެއްގެ އުއްމީދުގައި ސަރުކާރުން ދެއްކި ޕްލޭންތައް ޤަބޫލު ކުރި މީހުންނަށެވެ. އެހެން ރަށްރަށުގައި އަމިއްލަ މީހުންގެ ގޯތީގައި ސަރުކާރުން ގެތައް އަޅައިދިން އިރު، ބައެއް މީހުންގެ ގޯތީގައި ތިން ކޮޓަރީގެ ދެގެ އަދި 3 ގެވެސް ސަރުކާރުން އަޅައިދިނެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ބޯލަނބައި ގޯތިތައް ދޫކޮށްލި މީހުންނާއި އެމީހުންގެ ދަރީންނަށް ކުރިމަތިލާން ޖެހުނީ އެތައް ގިނަ މައްސަލަތަކަކާއެވެ. އެމައްސަލަތައް ހައްލުކޮށްދޭކަން އެއްވެސް ސަރުކާރަކުން އަމަލީ ގޮތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރިއެވެ.
25 Dec 2023
ރިޕޯޓް
ސުޕަ ލީގަކީ ޔޫރަޕްގެ ފުޓުބޯޅައަށް އޮތް ގޮންޖެހުމެއް، މިހާރު ތާއީދުކުރަނީ ދެ ޓީމުން އެކަނި
އެންމެ ފުރަތަމަ މި މުބާރާތް އިއުލާންކުރިއިރު، މުބާރާތުގައި ވާދަކުރަން ނިންމީ 20 ޓީމެވެ. އަދި އޭގެ ތެރެއިން 15 ޓީމަކީ ދަނޑުމަތީގައި ކޮންމެ ނަތީޖާއެއް ނެރުނަސް، ކޮންމެ އަހަރަކު މުބާރާތް ކުޅޭނެ ޓީމުތަކެއްގޮތަށް ނިންމާފައި އޮތެވެ. އެ ނިންމުމާ، މުބާރާތް ބޭއްވުމަށް ބޭނުންވެގެން އުޅޭ ބައެއް ޓީމުތަކުގެ މިހާރުގެ ފެންވަރަށް ރަނގަޅަށް ނަޒަރު ހިންގާލާއިރު، ވަކި ކްލަބް ތަކަކުން ޔޫރަޕްގެ ފުޓުބޯޅައަށް ނުފޫޒު ހިންގާލަން އުޅެމުންދާކަން ސިފަކުރެވެއެވެ.
24 Dec 2023
ރިޕޯޓް
އައްޑޫއިން ގެއްލުނު ޒުވާނާ ހޯދުމަށް ޑޯނިއަރ ފްލައިޓް ބޭނުން ނުކުރާ ސަބަބާއި ގުޅޭ ގޮތުން އެމްއެންޑީއެފްގެ ކޮމެންޓެއް ނެތް
ނައީޝް ގެއްލުނުތާ މިއަދަށް 3 ދުވަސްވެފައި ވާއިރު އެމްއެންޑީއެފުން މިހާތަނަށް ކުރި މަސައްކަތުން އެޒުވާނާ ފެނިފައެއް ނުވެއެވެ. ނައީޝް ހޯދުމުގެ މަސައްކަތުގައި އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއަރ މަތިންދާ ބޯޓާއި، ހެލިކޮޕްޓަރުތައް ބޭނުން ނުކުރާ ސަބަބަކީ، ކޮބައިތޯ ސުވާލުކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކަމާއި ގުޅޭ ގޮތުން ކޮމެންޓެއް ނެތް ކަމަށެވެ.
23 Dec 2023
ރިޕޯޓް
ފާޑުކިޔުންތައް ސަރުކާރަށް ހަޖަމެއް ނުވި، ފާޑުކިޔާ އޮންލައިން ވެބްސައިޓްތައް ބަންދުކުރަން ފަށައިފި
އިތުބާރުހުރިގޮތެއްގައި އެނގިފައިވާ ގޮތުގައި އޮންލައިން ނޫސްތައް ބްލޮކްކޮށްފައި ވަނީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅެއް ނެތި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޔާސީ އިސްމަޤާމުތަކެއްގައި ތިއްބެވި ބޭފުޅުންތަކެއްގެ ނިންމެވުމަށެވެ. އޭގެ ނަތީޖާއަކަށްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރު ބަދުނާމުވެ ފިއްތުންތަކާއި ކުރިމަތިލާންޖެހުމެވެ. އަދި ސަރުކާރަށް ފާޑުކިޔައި ލިޔުންތައް ޝާއިއުކުރަމުން އައި އެނޫސް ވެބްސައިޓްތައް ކުރިން ނޭނގޭ އެތައްހާސް ބަޔަކަށް އެނގި އެނޫސްތަކުން ފަތުރާ ވާހަކަތައް ފޯރާ މީހުންގެ އަދަދު އިތުރުވެގެން ދިޔުމެވެ.
21 Dec 2023
ރިޕޯޓް
މިސަރުކާރުގެ ބޮޑު މަޝްރޫޢު، ބޮޑު ސިއްރަކަށްވެ ސުވާލުތައް ގިނަވެފައި!
ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތަށް ސަރުކާރުން އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި 400 މިލިޔަން ރުފިޔާ ހިމެނިއެވެ. އެހެން ނަމަވެސް ކުރީ ސަރުކާރު ނިމިގެންދިޔައިރު، މާލެއާ އެންމެ ގާތުގައި އޮތް ތިންފަޅެއް ހިއްކައިގެން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢެއް ފެށިފައި އޮތުމާއި އެކު ރައްޔިތުންގެ މަޖިލީހުން ނިންމީ ފުށިދިއްގަރުފަޅު ހިއްކުމަކީ މިވަގުތަށް ބޭނުމެއް އޮތް ކަމެއް ނޫންކަމަށެވެ.
17 Dec 2023
ރިޕޯޓް
މަޖިލީހުން ރުހުން ނުލިބޭނެ ކަމަށް ބެލެވެނީ ކޮން މިނިސްޓަރުންނަކަށް؟
ވަޒީރުންގެ މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުންނަށް މާދަމާ މަޖިލީހުން ރުހުން ނުދޭނެ ކަމަށް ބެލެވިފައިވެއެވެ.
17 Dec 2023
ރައްޔިތުންގެ މަޖިލިސް
ސަރުކާރަށް މަހެއް، ރައީސާއި ނައިބުރައީސް އަަޒުލްކޮށްފާނެ ކަމުގެ އަޑު ގަދަވަނީ!
ރިޔާސީ އިންތިޚާބުގެ މާކުރިންވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ މަޖިލީހުގެ ތެރެއިން އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ޚިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމެވެ. އެމްޑީޕީއަށް ވެރިކަން ގެއްލުވާލުމަށް ނުކުތް ރައީސް ނަޝީދަށް ވަފާތެރި މެމްބަރުންގެ ތެރޭގައި ހިމެނޭ، އަދި ރައީސް ނަޝީދަށްޓަކައި އުފެއްދި ދަ ޑިމޮކްރެޓްސްގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވަމުން ގެންދެވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ރިޔާސީ އިންތިޚާބު ނާކާމިޔާބު ކޮށްލުމަށްފަހުގައި، ޑރ. މުއިއްޒު ވެރިކަމަށް އައުމުން އެވެރިކަން ނިމުމަކަށް ގެނައުމަކީ ކަންކުރަންވީ ގޮތް ކަމަށެވެ. އޭރު އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދެވީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށެވެ.
08 Dec 2023
ކުޅިވަރު
އެންމެ ފަހުވަގުތާ ޖެހެންދެންވެސް ޕެލޭގެ ސަންތޯޝް ރެލިގޭޓުވާނެކަމަކަށް ހިޔެއް ނުކުރެވުނު
އެ ދުވަހަށްފަހު އެ ޓީމުގެ 111 އަހަރުވީ ދިގު ތާރީހުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފިއެވެ. އެއް އިރެއްގައި ބްރެޒިލްގެ އެންމެ ގަދަ ބާރު ވެސް މެއެވެ. ނަމަވެސް އެ ޓީމަށް މި ސީޒަނަކީ އެންމެ ނާކާމިޔާބު ސީޒަނެވެ. އެގޮތުން "ކެމްޕިއޮނާޓޯ ބްރަސިލޭރޯ ސީރީ އޭ" ނުވަތަ ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގައި މި ސީޒަނުގެ އެންމެ ފަހު މެޗު ވެގެންގޮސްފައި މިވަނީ ސަންތޯޝްގެ މުޅި ތާރީޙް ބަދަލުވި މެޗަކަށެވެ.
26 Nov 2023
ރިޕޯޓް
ޑރ. މުޢިއްޒަށް ކިހާ ދުވަހަކު ވެރިކަން ދެމެހެއްޓޭނެތަ؟
މިހާރު މަންޒަރު ފެންނަގޮތަށް ބަލާއިރު، ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ދެމެހެއްޓުމަކީ އެމަނިކުފާނަށް ކުރެއްވިދާނެ ކަމެއް ކަމަކަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައެއް ނުގަންނަވައެވެ.
24 Nov 2023
ރިޕޯޓް
ހަފްތާ 14: ފުރަތަަމަ ހަފްތާ ނިމުނު އިރު ސަރުކާރު ޑިފެންސަށް ކުޅެންޖެހިފައި
ވެރިިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކުރުމަށް ކަނޑައަޅުއްވާފައިވާ ނުވާ އެއްކަމެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކާމިޔާބު ކުރައްވާފައެވެ. އެއީ ޕީއެންސީއާ ޕީޕިއެމްގެ ކޮންޓްރޯލް ހޯއްދަވައި ރައީސް ޔާމީން ޕާޓީ ދޫކޮށްލެއްވުމަށް މަޖުބޫރު ކުރެއްވުމެވެ.
21 Nov 2023
ރިޕޯޓް
ފަލަސްތީނު ރައްޔިތުންގެ ހިތްވަރުން އިސްލާމްދީނަށް ނަސްރެއް
2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ވޯލް ޓްރޭޑް ސެންޓަރު ގޮއްވާލި ހާދިސާއަށްފަހު ހުޅަނގުގެ މީޑިއާތަކުން މުސްލިމުން ސިފަކުރަމުންދިޔައީ ހަނގުރާމަވެރި ނިރުބަވެރި އަދި ނުރައްކާބައެއްގެ ގޮތުގައެވެ. މުސްލިމުންނާއި މެދު އެކި ޤައުމުތަކުގައި ހިނގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް އަޑުއުފުލަން ގިނަ ބަޔަކު ޖެހިލުންވާ އަދި ފޫހިކުރުވި ސަބަބަކަށް ހުޅަނގުން މުސްލިމުންނާއި ގުޅޭގޮތުން ފަތުރަމުންދިޔަ ޙަގީގަތެއްނެތް ވާހަކަތައް ވިއެވެ. އެހެންނަމަވެސް 22 އަހަރު ފަހުން މަންޒަރު މިވަނީ ބަދަލުވާން ފަށާފައެވެ.
17 Nov 2023
ރިޕޯޓް
ހަނަފީގެ ދައުރުގައި އިދާރީ ގޮތުން ގިނަ ކާމިޔާބީތަކެއް އިމިގްރޭޝަނުން ހާސިލްކޮށްފި
އުމުރުން އެންމެ ތިރީސް އަހަރުފުޅުގައި ދައުލަތުގެ އެންމެ މުހިންމު އެއް ތަންފީޒީ އިދާރާކަމުގައިވާ މޯލްޑިވްސް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލްކަމުގެ ބޮޑު ޒިންމާ ރައީސް ޞާލިޙް ހަވާލުކުރެއްވުމުން، ހަނަފީ އެކަމަށް ފަސްޖެހި ވަޑައިނުގެން، ކެރިގެން ކުރިމަތިލެއްވިތަން ފެނުނެވެ. އަދި މުއައްސަސާއާއި ހަވާލުވެ މާގިނަ ދުވަސްތަކެއް ނުވަނީސް ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވީ، އިމިގްރޭޝަނާ ގުޅުވާ ދެކެވޭ ނުރަނގަޅު ވާހަކަތަކުގެ އަޑުކަނޑުވާލާނެ ވާހަކައެވެ. މުއައްސަސާގެ ހިންގުން ބައްޓަންކުރާނި ދެފުށްފެންނަ ސިޔާސަތެއްގެ ދަށުން ކަމުގެ ވާހަކައެވެ.
16 Nov 2023
ރިޕޯޓް
ރައީސް ޞާލިހްގެ ޒައާމަތަށް އައްޔެއް
އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރަކީ މާލޭގެ އަމާންކަން ގާއިމުވި 5 އަހަރުކަން މާލޭގައި ދިރިއުޅޭ ކޮންމެ މީހަކުވެސް ގަބޫލުކުރާނެއެވެ. ތާއީދު ނުކުރާ މީހުންވެސް މިކަމުގައި ދެބަހެއް ނުވެއެވެ. ރާއްޖެއަށް ހަމަޖެހުން އަންނާނެކަމުގެ އުއްމީދު އައުކޮށްދެއްވީ ރައީސް ޞާލިހެވެ. މާލެއާއި އަތޮޅުތެރޭގައި ސިޔާސީ ހަލަބޮލިކަން ކުޑަކޮށް އަމާންކޮށްދެއްވުމަށް މަސައްކަތްކުރެއްވީ ރައީސް ޞާލިހެވެ. އެހެންކަމުން އަގު ނުކުރެވޭ އެ ހިދުމަތަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ޝުކުރު ހައްގެވެ.
28 Oct 2023
ކުޅިވަރު
އޭދަފުށީ ކަޕް ނިމިގެން ދިޔައިރު އެ ރަށުގެ ސްޓޭޑިއަމަށް ގިނަ ބައެއްގެ ސަމާލުކަން
އޭދަފުށީ ސްޓޭޑިއަމްއަކީ މިވަގުތު ރާއްޖޭގައި ހުރި ކުޅިވަރުގެ އެންމެ ވަރުގަދަ އިންފްރާސްޓްރަކްޗާރ، އަދި އެއީ އެންމެ ރަގަޅު، އެންމެ ފުރިހަމަ އަދި އެންމެ ޒަމާނީ ސްޓޭޑިއަމެވެ. މީގެ އިތުރުން ރާއްޖޭގެ ރަސްމީ ސްޓޭޑިއަމަށް ވުރެ އޭދަފުށީ ސްޓޭޑިއަމް ހުރިހާ ގޮތަކުން ވެސް ފުރިހަމައެވެ. އަދި ޗޭންޖިންގ ރޫމަކީ ރާއްޖެއިން މިހާތަނަށް ފެނިވައިވާ ފެންވަރުގެ ތަނަކަށް ވުރެ ހުރިހާ ގޮތަކުން ވެސް މާ ފުރިހަމަ ތަނެކެވެ.