Advertisement

ސުނާމީ ކާރިސާ އާއި ގުޅިގެން ވިލުފުށީގައި ހަދާފައިވާ ހަނދާނީ ބިނާ --

26 Dec 2023
ރިޕޯޓް
ޢަލީ ސުލައިމާން

އާކުރެވެނީ ސުނާމީ ކާރިސާގައި ގެއްލުނު މީހުންނާއި މަރުވި މީހުންގެ ހަނދާން، ދިރިތިބި މީހުން އުޅޭ ހާލެއް ބަލާލުމެއް ނެތް

ސުނާމީ ކާރިސާއަށް މިއަދު 19 އަހަރު ފުރުނީއެވެ. ރާއްޖެދުށް އެބިރުވެރި ހާދިސާގެ ވާހަކަތައް މިއަދު އެކި ޕްލެޓްފޯމްތަކުގައިއެކި ގޮތް ގޮތަށް އެބަ ދެކެވެއެވެ. ސުނާމީ ކާރިސާގެ ބިރުވެރިކަން ތަޖުރިބާކުރި މީހުން އެމީހުން ތަޖުރިބާކުރި ބިރުވެރިކަމުގެ ވާހަކަތައް މިފަދަ ކޮންމެ ދުވަހެއްގައި އެބަ ހިއްސާކުރެއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުންނާއި ވަކިފަރުދުންވެސް ސުނާމީގެ ހަނދާންތައް އައުކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް އެބަ ހިންގައެވެ. މިގޮތުން ޤައުމީ ފެންވަރުގަޔާއި ރަށުފެންވަރުގައި އަދި ޖަމާޢަތުގެ ފެންވަރުގައި ތަފާތު ހަރަކާތްތައް ރާވައި ހިންގަމުން ދާއިރު، އެ ހަރަކާތްތަކުގެ މުޅި ފޯކަސް ހުއްޓިފައި އޮތީ ފަސްދީ ދިޔަ މާޒީގެ ވާހަކަ ދެއްކުމަށެވެ. އެޒިކުރާ އައު ކުރުމަށެވެ.

ސުނާމީ ކާރިސާގައި މަރުވެ ދިޔަ މީހުންނާއި ގެއްލިދިޔަ މީހުންގެ ހަނދާން އައުކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ 9:20 ހަމަ ހިމޭންކަމުގެ ސުކޫތެއް ގެނެވެއެވެ. ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ މިދުވަހާއި ގުޅުވައިގެން ރަސްމީ ޖަލްސާތައް ބޭއްވެއެވެ. އެކަމަކު އެއިން އެއްވެސް ޖަލްސާއެއްގައި އެއިން އެއްވެސް އެއްވުމެއްގައި، ނުދައްކާވާހަކައަކީ، އަދި ހަނދާން ނުކުރެވޭ ކަމަކީ ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު މީހުން ދިރިއުޅޭ ހާލުގެ ވާހަކައެވެ. ބަލާނުލެވި ވަޒަން ނުކުރެވި އޮތް ކަމަކީ، އެމީހުންގެ ދިރިއުޅުމަށް ލިބުނު ގެއްލުންތައް ފޫބެއްދުނުތޯއެވެ.

Advertisement

ސުނާމީ ކާރިސާގައި ރާއްޖެއިން މަރުވީ 82 މީހުންނެވެ. އެހާދިސާގައި، 26 މީހުން ވީނުވީއެއް ނޭނގި ގެއްލުނެވެ. އެއީ ހާދިސާ ހިނގި ދުވަހާއި ސީދާގޮތުން ހާދިސާ އާއި ގުޅިގެން މަރުވި މީހުންނާއި ގެއްލުނު މީހުންގެ އަދަދެވެ. އެހާދިސާގެ ނުސީދާ އަސަރުތަކުގައި ފަހުން މަރުވެ ދިޔަމީހުން އެ ލިސްޓްގައި ހިމެނިފައެއްނެތެވެ. އޭގެ ތެރޭގައި އެދުވަހު މަރުން ސަލާމަތްވި ނަމަވެސް އެހާދިސާގައި ލިބުނު ޒަޚަމްތަކާއި ކުރި މަތިވި ސިއްޙީ މައްސަލަތަކުގައި މަރުވި މީހުން ހިމަނާފައެއް ނުވެއެވެ.

ސުނާމީކާރިސާއަށް ފަހު ވިިލުފުށި ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން --

ސުނާމީ ކާރިސާގައި ރާއްޖެއިން 13000 ވުރެ ގިނަ މީހުން ބޯހިޔާވަހިކަން ގެއްލުނެވެ. 2000 ވުރެ ގިނަ މީހުން ފޭލިގެ ތަކުގައި އެތައް މަސްދުވަހަކު ދިރިއުޅުނެވެ. ދާއިމީ ބޯހިޔާވަހިކަމަށް 5 އަހަރުން ފެށިގެން 14 އަހަރާއި ހަމައަށް އިންތިޒާރުކުރަން ޖެހުނެވެ. ސުނާމީ ކާރިސާގައި ގެދޮރުގެއްލުނު އެންމެނަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދީ ނިމިއްޖެ ކަމުގައި، ރައީސް ޔާމީނުގެ ސަރުކާރުން އިއުލާނުކުރީ 26 ޑިސެމްބަރު 2016 ގައެވެ. އެހެން ނަމަވެސް އެއީ މުޅިން ޙަޤީޤަތް ނޫންކަން އެނގޭނީ ސުނާމީ ކާރިސާއިން ސަލާމަތްވެ 19 އަހަރު ވީއިރުވެސް ދިރިއުޅުން ކޮޅަށް ނުޖެހިގެން އުޅޭ މީހުންނާއި ވާހަކަދައްކާލީމައެވެ. ރައްޔިތުން ތިބީ ސަރުކާރުގެ ސިޔާސަތާއި ހާލަތާއި ދެމެދު ފިތިފައެވެ.

ސުނާމީ ކާރިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ، ތ. ވިލުފުއްޓަށާއި، ރ. ކަނދޮޅުދޫއަށެވެ. ކަނދޮޅުދޫ މީހުން އެއަތޮޅު ދުވާފަރަށް ބަދަލުކުރެވުނީ 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ތ.ވިލުފުށި އަލުން އާބާދުކޮށް އެރަށުގައި މީހުން ދިރިއުޅެން ފެށީ 2009 ވަނަ އަހަރުގެ މެއި މަހުގައެވެ. އެހެން ނަމަވެސް ސުނާމީ ކާރިސާއަށްފަހު އެންމެ ބޮޑު ހިތްދަތިކަމަކާއި ވޭނެއް މިއަދާއި ހަމައަށްވެސް ތަޙައްމަލުކުރަންޖެހިފައިވާ ބަޔަކީ އެދެރަށުގެ ރައްޔިތުންނެވެ. އޭގެ ސަބަބަކަށްވީ ސަރުކާރުތަކުގެ ސިޔާސަތުގައި ހުރި ފޫނުބެދުންތަކެވެ.

ވިލުފުއްޓާއި ކަނދޮޅުދޫގެ އެތައް ބަޔަކީ، އަދިވެސް ވުޖޫދުގައި ނެތް ގެތަކުގެ ރަސްޖިސްޓްރީތަކުގައިވާ ރަށްވެހީންނެވެ. އެމީހުންގެ ތެރެއިން ބައެއް މީހުންގެ އައިޑީކާޑުތަކުގައި ދާއިމީ އެޑްރެހުގެ ގޮތުގައި އޮންނަ އެޑްރެހަކީ މިހާރު ވުޖޫދުގައި ހުރި ތަންތަނެއް ނޫނެވެ.

ސުނާމީ ކާރިސާގެ ގެއްލުންތައް.

ވިލުފުއްޓާއި ކަނދޮޅުދޫގެ ރައްޔިތުންނަށްވެސް އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ސުނާމީއަށް ފަހު ދާއިމީ ބޯހިޔާވަހިކަން ދިނުމުގައި އޭރުގެ ސަރުކާރުތަކުން ގެންގުޅު އުސޫލެވެ. އޭގެ ސަބަބުން އެތައް ބައެއްގެ ހައްޤުތައް ގެއްލި އެތައް ބަޔަކު ނިކަމެތިވެގެން ދިޔައިރު، 19 އަހަރުވީ އިރުވެސް އެމައްސަލަތައް މުޅިން ހައްލެއް ނުކުރެވުނުވެ. 

ވިލުފުއްޓާއި ކަނދޮޅުދޫއަކީވެސް ސުނާމީކާރިސާގެ ކުރިން މަސްވެރި ރަށްރަށެވެ. އާމްދަނީ ހޯދުމުގައި އެދެރަށުގެ މީހުންގެވެސް ގޯތި ގެދޮރު މުހިއްމު ދައުރެއް އަދާކުރިއެވެ.

"ސުނާމީ ކާރިސާގައި މަރުން ސަލާމަތްވެ ދިރިހުރި މީހެއްގެ ހައިސިއްޔަތުން މަ ބުނަން އޮތް ވާހަކައަކީ، އެދުވަހު ރާޅުއެރި ވަގުތާއި ހަމައަށްވެސް އަހަރެމެން ތިބި ހާލަތަށް ވުރެ ގޯހޭ މިއަދުގެ ހާލަތު." ވިލުފުށީގެ ރައްޔިތެއްކަމުގައި އަޙުމަދު ޙުސައިން ބުންޏެވެ.

އޭނާ ސިފަކުރި ގޮތުގައި ހާލަތު ދަށަށް ދިޔުމުގައި އެންމެ ބޮޑު ސަބަބަކީ، ބޯހިޔާވަހިކަމުގެ މައްސަލަތަކާއި، އާމްދަނީ ލިބޭނެ ވަސީލަތްތަކެއް ނެތުމެވެ. ޚާއްޞަކޮށް ވިލުފުއްޓަކީ، މަސްވެރިކަން ކުރި ރަށަކަށްވާއިރު، މިހާރު މަހަށް ފުރާދުއްވާ އުޅަނދުތައްވެސް ނެތި ހުސްވެގެން ހިނގައްޖެއެވެ. ގެދޮރު ލިބުނު މީހުންނަށްވެސް ގެދޮރުގައި މަސައްކަތެއް ކުރެވޭނެ ޖާގައެއް ނެތެވެ.

ވިލުފުށީގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 2014 ވަނަ އަހަރު އަޅަންފެށި 100 ގޭގެ މައްސައްކަތްވެސް ނުނިމި ދިގުލައިގެން ގޮސް 9 އަހަރު ވެއްޖެއެވެ. އަދި މިއަހަރުގެ ތެރޭގައި ވިލުފުށި 100 ގޯތި ދޫކުރި ނަމަވެސް ގޯތި ލިބުނު މީހުންނަށް ގޯތިތައް ހެދޭނެ ތަނަވަސްކަމެއްވެސް ނެތެވެ. 

"ބޮޑެތި ގޯތިތައް އަތުލާފައި 8 ކުދިން އޭރު ތިބި އާއިލާއަކަށް 3 ކޮޓަރީގެ އެޕާޓްމަންޓެއް ވަރުގެ ގެއެއް ދިނީމާ އެތަނުގައި އެންމެން ކިހިނެއް ދިރިއުޅޭނީ، އަސްލު މިހާރު އަހަރެމެންގެ ގެއަށް ބަލާލިއަސް ފެންނާނެ 8 ކުދިންގެ ތެރެއިން އެންމެ ކުއްޖަކު ނޫން އެންމެން މިތިބީ މެރީކޮށްގެން، އެމީހުންގެވެސް ކުދިންް އެބަތިބި. ތިންކޮޓަރީގެ އެންމެ ގެއެއް ބައްޕައަށް ލިބިފައި އެހެރީ. އެތަނުގައި ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނެތް." ސުނާމީގެ ކުރިން މައިންބަފައިންގެ 8000 އަކަފޫޓުގެ ބޮޑު ގޯއްޗެއް އޮތް މީހެއްގެ ދަރިއަކު ބުންޏެވެ. 

ސުނާމީވކާރިސާއަށް ފަހު، ކަނދޮޅުދޫ މީހުން ދުވާފަރަށް ބަދަލުވި އިރު، އެމީހުންނަށްވެސް ދިމާވީ ހަމަ އެމައްސަލަތަކެވެ. މިމައްސަލަ ދިމާވީ، ސުނާމީއަށްފަހު ފާގަތި ދިރިއުޅުމެއްގެ އުއްމީދުގައި ސަރުކާރުން ދެއްކި ޕްލޭންތައް ޤަބޫލު ކުރި މީހުންނަށެވެ. އެހެން ރަށްރަށުގައި އަމިއްލަ މީހުންގެ ގޯތީގައި ސަރުކާރުން ގެތައް އަޅައިދިން އިރު، ބައެއް މީހުންގެ ގޯތީގައި ތިން ކޮޓަރީގެ ދެގެ އަދި 3 ގެވެސް ސަރުކާރުން އަޅައިދިނެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ބޯލަނބައި ގޯތިތައް ދޫކޮށްލި މީހުންނާއި އެމީހުންގެ ދަރީންނަށް ކުރިމަތިލާން ޖެހުނީ އެތައް ގިނަ މައްސަލަތަކަކާއެވެ. އެމައްސަލަތައް ހައްލުކޮށްދޭކަން އެއްވެސް ސަރުކާރަކުން އަމަލީ ގޮތުން އެކަށީގެންވާ ގޮތެއްގައި  މަސައްކަތެއް ނުކުރިއެވެ.

ސުނާމީ ކާރިސާއަށް ފަހު ތ. ވިލުފުށި އަލުން އާބާދުކޮށްފައި

ސުނާމީ ކާރިސާއަށްފަހު، ވިލުފުށީގެ އުމުރާނީ ތަރައްޤީއަށް މިވީ 19 އަހަރުގެ ތެރޭގައި ހިލޭ އެހީތަކާއި ސަރުކާރުގެ ބަޖެޓުން ކުރެވުނު ހޭދަ، 2 ބިލިއަން ރުފިޔާއަށް އަރާނޭކަމަށް އަންދާޒާކުރެވެއެވެ. އެހެން ނަމަވެސް އުމުރާނީ ގޮތުން ކިތަންމެ ރީތި ފުރިހަމަ ރަށްތަކެއްގައި ވިލުފުއްޓާއި ދުވާފަރުގެ ރައްޔިތުން ދިރިއުޅެމުން ދިޔަ ނަމަވެސް ހައްލުވާން ނެތް މައްސަަލަތަކެއްގެ ތެރޭގައި އެދެރަށުގެ ރައްޔިތުން ތިބީ ފިތިފައެވެ. ނަތީޖާއަކަށްވީ ދެރަށުގެ އާބާދީގައި ހިމެނޭ އެތައް ބަޔަކު ރަށްދޫކޮށް ހިޖުރަކުރަން ފެށުމެވެ. މިހާތަނަށް އައިރު އެކަމަކަށް ސަރުކާރުތަކުގެ ސަމާލުކަމެއްވެސް ނެތެވެ.

ސުނާމީ ކާރިސާގައި މަރުވެ ދިޔަ މީހުންނާއި ގެއްލުނު މީހުންގެ ވާހަކަތައް އެކަނި ދެއްކުމަކުން ނުފުދެއެވެ. އެކާރިސާއިން ފުރާނަ ސަލާމަތްވި މީހުން އުއްމީދު ކުރީ ކުރީގެ ހާލަތަށްވުރެ ރަނގަޅު ހާލަތެއް ފެނުމަށެވެ. ރަނގަޅު މުސްތަޤުބަލެއް ލިބުމަށެވެ. އެކަމަކު ސުނާމީން ލިބުނު ހިތްދަތިކަމަށް ވުރެ މިއަދު ދިރިތިބި މީހުންނަށް ލިބޭ އެންމެ ބޮޑު ހިތްދަތިކަމަކީ، ސަރުކާރުތަކުގެ ބޭއިންސާފު ސިޔާސަތުތަކުގެ ތެރޭގައި އެމީހުންގެ ދިރިއުޅުންތާށިވެ، މުސްތަޤުބަލް ބަނަވެފައި ވުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
08 May 2024
އޫއެފާ ޗެމްޕިއަންސް ލީގް
ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޑޯޓުމަންޑުން ހޯދައިފި
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓުމަންޑުން ހޯދައިފިއެވެ. ފައިނަލުގެ މި ޖާގަ އެ ޓީމުން ކަށަވަރުކުރީ ސެމީ ފައިނަލުގެ ދެވަނަ ލެގު 1-0 އިން ކާމިޔާބުކުރުމަށްފަހުއެވެ.
07 May 2024
ޚަބަރު
އެއާޕޯޓުގައި މާރާމާރީ ހިންގި މީހާ ދޫކޮށްލީ ކްރިމިނަލް ކޯޓުން ނޫންކަމުގައި އެކޯޓުން ބުނެފި
ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއެޕް ގުރޫޕުގައި ފުލުހުންގެ ފަރާތުން ލިޔެފައިވާ މެސެޖުގައި ބުނެފައި ވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެމީހާ ކޯޓަށް ހާޟިރުކުރުމުން، ޝަރުޠުތަކަަކާއި އެކު ކޯޓުން އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމީހާ ހާޟިރު ކުރީ ކޮން ކޯޓަކަށް ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
07 May 2024
ޚަބަރު
އެމްއޭސީއެލްގެ އެމްޑީގެ ކާރުވަގަސް ނެގިކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފި
އެވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނުން ފިޔަވައި އެކަމާއި ގުޅޭ ގޮތުން ފުލުހުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.
07 May 2024
ޚަބަރު
ސަފީރުކަމުގެ މަޤާމަށް 9 ބޭފުޅަކު ޢައްޔަނުކުރައްވައިފި
މިބޭފުޅުން ސަފީރުންގެ މަޤާމަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.