Advertisement

ރައީސުލް ޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު ---

17 Dec 2023
ރައްޔިތުންގެ މަޖިލިސް
ޢަލީ ސުލައިމާން

ސަރުކާރަށް މަހެއް، ރައީސާއި ނައިބުރައީސް އަަޒުލްކޮށްފާނެ ކަމުގެ އަޑު ގަދަވަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މިއަދު އެއްމަސްފުރުނު އިރު، ސަރުކާރަށް ސިޔާސީ ގޮތުން ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް އަންނަނީ ބޮޑުވަމުންނެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ، ޅަފަތުގައި އަދި އޮތް ސަރުކާރު، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނިމުމަކަށް ގެނެސްފާނެ ކަމުގެ ބިރެވެ. މާކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައިވާ ގޮތަށް މަޖިލީހުގައި، އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެން، ސަރުކާރުވައްޓައިލާފާނެ ކަމުގެ ބިރު ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުގެ ހިތްތަކުގައިވެސް ވަނީ ބޮޑުވެފައެވެ.

ރިޔާސީ އިންތިޚާބުގެ މާކުރިންވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ މަޖިލީހުގެ ތެރެއިން އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ޚިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމެވެ. އެމްޑީޕީއަށް ވެރިކަން ގެއްލުވާލުމަށް ނުކުތް ރައީސް ނަޝީދަށް ވަފާތެރި މެމްބަރުންގެ ތެރޭގައި ހިމެނޭ، އަދި ރައީސް ނަޝީދަށްޓަކައި އުފެއްދި ދަ ޑިމޮކްރެޓްސްގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވަމުން ގެންދެވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ރިޔާސީ އިންތިޚާބު ނާކާމިޔާބު ކޮށްލުމަށްފަހުގައި، ޑރ. މުއިއްޒު ވެރިކަމަށް އައުމުން އެވެރިކަން ނިމުމަކަށް ގެނައުމަކީ ކަންކުރަންވީ ގޮތް ކަމަށެވެ. އޭރު އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދެވީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި، ރައީސް ޞާލިހަށް ނާކާމިޔާބީއާ ކުރިމަތިވިފަހުން، 19 ސެޕްޓެމްބަރުގައި ދަ ޑިމޮކްރެޓްސްއިން ބޭއްވި ކެމްޕޭން އެއްވުމެއްގައި އާޒިމް ގޮވައިލެއްވީ އެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެނައުމަށް ފާސްކުރި އިސްލާޙް ތަކަކީވެސް އާޒިމް ހުށައެޅުއްވި އިސްލާޙް ތަކެކެވެ. އެހެން ނަމަވެސް ފަހުން އާޒިމް ވިދާޅުވެފައި ވަނީ، އެ އިސްލާޙްތައް ހުށައެޅީ ރައީސާއި ނައިބުރައީސް މަޤާމުން ދުރުކުރުމުގެ ރޫހެއްހައި ނޫންކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އާޒިމް ހުށައެޅި އިސްލާޙްތައް އާންމު ކޮމިޓީން ވަނީ ފާސްކޮފައެވެ. މިގޮތުން އެ އިސްލާޙްތަކަކީ، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަވަސްކުރުމަށާއި، އެމައްސަލައިގައި މަޖިލީހުގައި ވޯޓުނެގުމާއި ވޯޓުފާސްވާ އަދަދު ކަނޑައެޅުމުގައި ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރުމުގައި އެމްޑީޕީއަށް ދަތިކަމެއް ނެތި އެކަން ކުރެވޭނެ މަގުފަހިވެގެން ދެއެވެ.

މަޖިލީހުގެ ޤަވާއިދަށް ގެންނަން ހުށައަޅާފައިވާ އިސްލާޙްތައް އާއްމުކޮމިޓީން ފާސްކޮށްފައި ވީނަމަވެސް އެ އިސްލާޙްތަކާއި އެއްގޮތަށް މަޖިލީހުގެ ޤަވާއިދު ބަދަލުވެގެންދާނީ، ރައްޔިތުންގެ މަޖިލީހުންގެ ތަޅުމުން އެ އިސްލާޙްތައް ފާސްކުރުމުންނެވެ. ލަފާކުރެވޭ ގޮތުގައި މިފެށޭ ހަފްތާގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުން ޖަލްސާއަކަށް އެމައްސަލަ ގެންނާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި އޮންނަ ގޮތުން މަޖިލީހުގެ ދައުރު ނޮވެމްބަރު 29ގައި ނިމޭ ގޮތަށް އޮތް ނަމަވެސް، ދެފަހަރެއްގެ މަތިން މަޖިލީހުގައި ވޯޓުނަގައި، މަޖިލީހުގެ ދައުރު މިހާރު އޮތީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ. އެހެން ކަމުން މިދައުރުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބާއްވާނީ އަންނަ ހޯމަ ދުވަހުގައެވެ. އޭގެ ފަހުން ދެމަސްދުވަހުގެ ޗުއްޓީއަށް ފަހުގައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

އާއްމު ކޮމިޓީން ނިންމި ނިންމުމަކީ، ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފު ނިންމުމެއް. ރައްޔިތުންގެ މަޖިލީހުގެ އަދަދު ކަނޑައެޅިފައި އޮންނަނީ، ޤާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބުނާ އުސޫލުން، މަޖިލީހުގެ ޖުމުލަ މެމްބަރުންގެ އަދަދަށް ރިޢާޔަތްކޮށް ނިންމާ ނިންމުމުގެ އަދަދު އާއްމު ކޮމިޓީން ނިންމާ އަދަދަކަށް ނިންމޭނެ އެއްވެސް ހަމައެއް ނޯންނާނެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ކުރީގެ މެމްބަރު، އަދި މިސަރުކާރުގެ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް

ޝިޔާމްގެ އިތުރުން މިސަރުކާރަށް ތާއީދުކުރައްވާ، ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުވެސް ވަނީ އާއްމުކޮމިޓީގެ އެނިންމުން ރަނގަޅު ނޫންކަމުގައި ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި އޭނާގެ ނައިބު، މަޤާމުން ވަކިކުރެވޭނީ ރައްޔިތުންގެމަޖިލީހުގެ ޖުމްލަ މެންބަރުންގެ 2/3 އަޣްލަބިއްޔަތުން އެކަނި. ވޯޓް އޮފް ނޯކޮންފިޑެންސް  އާއި އިމްޕީޗްމެންޓް ގެތަފާތު ނޭގޭބަޔަކު، ގަވާއިދަކުން ދުސްތޫރު ބަދަލުކުރަން ހިފީމާ އެނގެނީ ޤާނޫނީ ވިސްނުމުގެ ބަލިކަށިކަން.

އައިޝަތު އާޒިމާ ޝަކޫރު - މިސަރުކާރަށް ތާއީދުކުރައްވާ ބޭފުޅެއް

އާޒިމާ އާއި ޝިޔާމް މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ޤާނޫނީ ދާއިރާގެ އެހެން ބޭފުުޅުންނާއި އާއްމުންވެސް ފާހަގަކުރާ ގޮތުގައި ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ވޯޓުން ކަމުގައި ސާފުކޮށް ބުނެފައި އޮތީ މަޖިލީހުގައި ދެމިތިބި މެމްބަރުންގެ އަދަދުން ނެގޭ ތިންބައިކުޅަ އެއްބައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މިސަރުކާރަށް ނިސްބަތްވި 6 މެމްބަރަކު ވަނީ، މަޖިލީހުގެ ގޮނޑިތައް ދޫކޮށްލާފައެވެ. އަދި މަޖިލީހުގައި ބާކީ ދެން އޮތީ އެއްދައުރު ކަމުގައި ވާތީ، ޤާނޫނަށް ރިޢާޔަތްކޮށް ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާތަކުގެ ބައި-އިލެކްޝަން ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި އެކަން ވަނީ ޢިއުލާނުވެސް ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ދެމިތިބީ ޖުމުލަ 80 މެމްބަރުން ކަމަށް ވާތީ، ރައްޔިތުންގެ މަޖިލީހުގެ އާއްމުކޮމިޓީން ނިންމާފައި ވަނީ، މަޤާމުން ވަކިކުރުމުގެ މައްސަލައިގައި ތިންބައިކުޅަ ދެބައިގެ އަދަދު ބަލާނީ އެއަދަދަށް ކަމަށެވެ. އެގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފި ނަމަ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރުމަށް ބޭނުންވަނީ 54 ވޯޓެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 56 މެމްބަރުން އެބަތިއްބެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ނެތް ގޮނޑިތައް ހިމަނައިގެން ރައްޔިތުންގެ މަޖިލީހުގެ 87 މެމްބަރުންގެ އަދަދުން ގުނާނަމަ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރެވޭނީ 58 މެމްބަރުންގެ ވޯޓުންނެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ކުރީގެ މެމްބަރުންގެ ގޮތުގައި އަދި މިހާރުގެ ދަޑިމޮކްރެޓްސްގެ މެމްބަރުންނާއިއެކު ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު 69 މެމްބަރުން އެބަތިއްބެވެ. މުޅި މަޖިލީހުގައި މިހާރު ތިބީ ޕީޕީއެމް ޕީއެންސީގެ 4 މެމްބަރުންނެވެ. ސަރުކާރަށް ތާއީދުކޮށްގެން އޮތް އެމްޑީއޭގެ ދެ މެމްބަރުންނާއި އެކު މަޖިލީހުގައި ސަރުކާރު ދިފާއުކުރަން ތިއްބެވީ 6 މެމްބަރުންނެވެ. އެހެންކަމުން ކުރި އޮތް ގޮތުން ބެލިޔަސް އިދިކޮޅަށް ރައީސާއި ނައިބު ރައީސް މަޤާމުން ވަކިކުރެވޭނެ ވޯޓު ހަމަވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކަށް އޮތް ސުޕަރ މެޖޯރިޓީއާއެކު، މަޖިލީހުގެ ޤަވާއިދަށް ގެންނަން އުޅޭ އިސްލާޙްގެ ސަބަބުން، ސަރުކާރު ވަނީ ޕްރެޝަރަށް ވެއްޓިފައެވެ. އެހެން ނަމަވެސް މަޖިލީހުގެ ޤަވާއިދަށް ގެންނަ އިސްލާޙަކީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރުމުގެ ނިޔަތުގައި ކުރާކަމެއް ކަމުގައި އެމްޑީޕީއަކުން ނުބުނެއެވެ. އެހެން ނަމަވެސް އާއްމު ފަރާތްތަކުންނާއި ސިޔާސީ ފަރާތްތަކުން ދެކެނީ، އެއީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ބިރު ދެއްކުން ކަމުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.