ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
ހަނަފީގެ ދައުރުގައި އިދާރީ ގޮތުން ގިނަ ކާމިޔާބީތަކެއް އިމިގްރޭޝަނުން ހާސިލްކޮށްފި
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމުމަކަށް އައިއިރު، އެ މަނިކުފާނު 2018ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކުރެއްވެވި ކެމްޕެއިންގައި، ރައީސް ޔާމީންގެ ސަރުކާރަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެއްވެވިއެވެ. އެގޮތުން، އޭރު މޯލްޑިވްސް އިމިގްރޭޝަނާ ގުޅުވައި ގިނަ ބަޔަކު ދައްކަމުން ދިޔަ ކޮރަޕްޝަންގެ ވާހަކަތަކަށް ނިމުމެއް ގެންނަވާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި މިއަދު އެ މަނިކުފާނުގެ ދައުރު ފުރިހަމަކުރައްވާ ވަޑައިގަންނަވާއިރު، އިމިގްރޭޝަނާ ކޮރަޕްޝަނާ ގުޅުވައި ދެކެވެމުން ދިޔަ ވާހަކަތަކުގެ އަޑުތައް މުޅިންހެން ކަނޑުވާލައްވައިފިއެވެ.
ރައީސް ޞާލިހް މި މަސައްކަތް ހަވާލު ކުރެއްވީ އަލްފާޟިލް މުޙައްމަދު އަޙްމަދު ޙުސެއިން (ހަނަފީ) އާއިއެވެ. އުމުރުން އެންމެ ތިރީސް އަހަރުފުޅުގައި ދައުލަތުގެ އެންމެ މުހިންމު އެއް ތަންފީޒީ އިދާރާކަމުގައިވާ މޯލްޑިވްސް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލްކަމުގެ ބޮޑު ޒިންމާ ރައީސް ޞާލިޙް ހަވާލުކުރެއްވުމުން، ހަނަފީ އެކަމަށް ފަސްޖެހި ވަޑައިނުގެން، ކެރިގެން ކުރިމަތިލެއްވިތަން ފެނުނެވެ. އަދި މުއައްސަސާއާއި ހަވާލުވެ މާގިނަ ދުވަސްތަކެއް ނުވަނީސް ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވީ، އިމިގްރޭޝަނާ ގުޅުވާ ދެކެވޭ ނުރަނގަޅު ވާހަކަތަކުގެ އަޑުކަނޑުވާލާނެ ވާހަކައެވެ. މުއައްސަސާގެ ހިންގުން ބައްޓަންކުރާނި ދެފުށްފެންނަ ސިޔާސަތެއްގެ ދަށުން ކަމުގެ ވާހަކައެވެ.
ތެދެކެވެ. އެ އަޑުތައް މިހާރު މަޑުވެއްޖެއެވެ. މީގެ އިތުރުން މުއައްސަސާގެ އިދާރީ ހިންގުމަށާއި މުއައްސަސާގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފިއެވެ. ޒަމާނީ ޓެކްނޮލޮޖީ މުއައްސަސާއަށް ގެންނަވައިފިއެވެ. މަސައްކަތް ކުރެއްވި ގިނަ ކަންތައްތަކެއް ހާސިލްކުރައްވައިފިއެވެ.
މި ކަންކަމަށް އަލިވަޅުވާލާ މޯލްޑިވްސް އިމިގްރޭޝަނުން ހިއްސާ ކުރި ވީޑިއޯއެއްގައި ދައްކުވައިދޭ ގޮތުން، މުއައްސަސާގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުންނާއި، މުއައްސަސާއިން ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު ރަގަޅުކޮށް އާންމުނަށް ފަސޭހަކަމާއެކު އެ ޚިދުމަތްތައް ލިބިދެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުންނާއި އަދި ބޯޑަރ ކޮންޓްރޯލް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، މުހިންމު ލަނޑުދަނޑިތަކެއް ހާސިލްކޮށްފައިވެއެވެ.
މީގެ އިތުރުން، ރައީސް ޞާލިޙްގެ ވެރިކަމުގެ އެންމެ ފަހު ދުވަހު، "އެކްސް" ގައި ހަނަފީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިމިގްރޭޝަންގެ އިދާރީ އޮނިގަނޑު އެކަށައެޅުމަށް ކުރެވުނު މަސައްކަތްތަކަށާއި، އިންސާނީ ވަސީލަތް އިތުރުކޮށް މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކަށާއި، އިމިގްރޭޝަނާ އާންމުންނާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް (މީޑިއާ އެން ޕީއާރު) ކުރެވުނު މަސައްކަތްތަކަށާއި، އައިސީޓީ އިންފްރާސްޓްރަކްޗަރ އަދި މުއައްސަސާގެ ޖާގައިގެ ދަތިކަން އިތުރު ކުރުމަށް ކުރެވުނު މަސައްކަތްތަކާއި މެދު ހިންހަމަޖެހޭ ކަމަށެވެ. މީގެ އިތުރުން، ހަނަފީއަށް ފަހު އެ މަގާމާއި ހަވާލުވެލައްވާ ބޭފުޅަކު ވެސް، މުއައްސަސާގެ ހންގުން މިހާރަށް ވުރެން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް ޔަގީންކުރައްވާކަމަށް ވިދާޅުވިއެވެ.
އިމިގްރޭޝަނުން އާންމު ކުރި ވީޑިއޯގައި ދައްކުވައިދޭ ގޮތުން، ހަނަފީގެ ދައުރުގައި އެ މުއައްސަސާއިން ހާސިލްކުރި ކާމިޔާބީތައް:
ދިވެހި ޕާސްޕޯޓު:
🔴 ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް 'އިމުގާ' ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ދޭން ފެށުން.
🔴 ޕާސްޕޯޓުގެ ޚިދުމަތް އެއްކޮށް ޑިޖިޓަލައިޒްކޮށް، ޕާސްޕޯޓަށް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް މަދުކޮށް، ޚިދުމަތްދޭ ވަގުތު އިތުރުކުރުން.
ޚިދުމަތްތައް ލާމަރުކަޒީކުރުން:
🔴 ހއ. ދިއްދޫއިން އެއަތޮޅުގެ ރައްޔިތިނުންނަށް ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުން.
🔴 ޕާސްޕޯޓު ކާޑުގެ ޚިދުމަތް އައްޑޫ އިމިގްރޭޝަން އޮފީހުން ދޭން ފެށުން.
🔴 ހުވަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ގދ. ތިނަދޫގައި އިމިގްރޭޝަންގެ އޮފީހެއް ޤާއިމްކުރުން.
🔴 ވީޒާގެ ހުރިހާ ޚިދުމަތްތަކެއް އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށީ އިމިގްރޭޝަން އޮފީހުން ދޭން ފެށުން.
🔴 ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ބިޒްނަސް ވިސާ އާއި އަލަށް މަސައްކަތް ކުރުމަށް އަންނަ ބިދޭސީންނަށް ރާއްޖެ އެތެރެވެވޭނެ އިންތިޒާމް ހަމަޖެއްސުން.
🔴 ބޯޑަރ ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައި "ޑޮކިއުމަންޓް އެގްޒެމިނޭޝަން ލެބް" އެއް ޤާއިމްކުރުން.
🔴 ބައިނަލްއަޤްވާމީ ތިން އެއަރޕޯޓް ކަމުގައިވާ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް، ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓް މާމިގިނލި އަދި ދާލު އެއަރޕޯޓުން އިމިގްރޭޝަންގެ ޚިދުމަތްތައް ދޭން ފެށުން.
🔴 މާލެއިން ބޭރުގައި އިމާރާތްކުރާ ފުރަތަމަ އިމިގްރޭޝަން އޮފީހުގެ މަސައްކަތް އައްޑު އަތޮޅު ހިތަދޫގައި ފެށުން.
ވީޒާގެ ޚިދުމަތްތައް:
🔴 ވަރކް ވީޒާގެ އަދި އެހެނިހެން ވީޒާތަކަށް އެދި ހުށަހެޅުމުގެ ޚިދުމަތް އިމުގާ މެދުވެރިކޮށް އޮންލައިންކޮށް ދޭން ފެށުން.
🔴 މެރިއޭޖް ވީޒާގެ މުއްދަތު އެއް އަހަރުން ފަސްއަހަރަށް އިތުރުކުރުން.
🔴 ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ވީޒާ ޑިވިޜަން އައު އިމާރާތަކަށް ބަދަލުކޮށް ޚިދުމަތް ފުޅާކުރުން.
ބޯޑަރ ކޮންޓްރޯލް:
🔴 އޭޝިއާ އެންޑް ޕެސިފިކްގެ 18 ގައުމަކުން 80 އަށްވުރެ ގިނަ ޑޮކިއުމަންޓް އެކްސްޕަރޓް އިން ބައިވެރިވެ، އޭޝިއަން ނެޓްވަރކް ފޯ ޑޮކިއުމަންޓް އެގްޒަމިނޭޝަން (އެންޑެކްސް)ގެ ހަ ވަނަ އަހަރީ ބައްދަލުވުން ރާއްޖެއިން ރިޔާސަތު ބަލަހައްޓަވާ ގޮތަށް ރާއްޖޭގައި ކުރިއަށް ގެންދިއުން.
🔴 ބޯޑަރ ސެކިއުރިޓީ ހަރުދަނާ ކުރުމަށާއި ކައުންޓަރ ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ކަމާއި ގުޅުންހުރި ބައިނަލްއަގްވާމީ އިދާރާތަކާއި ގުޅިގެން ޤައުމީ މަސައްކަތު ބައްދަލުވުމެއް ބޭއްވުން.
🔴 ރާއްޖެ އަންނަ އަދި ފުރާ އެންމެހާ ފަރާތްތަކުން ހުށަހަޅަންޖެހޭ އެމްބަކޭޝަން/ޑިސްއެމްބަކޭޝަން ކާޑު އޮންލައިން ޕްލެޓްފޯމް "އިމުގާ" އަށް ބަދަލުކުރުން.
🔴 'އިމުގާ' ގެ މޯބައިލް އެޕްލިކޭޝަން އެއަރޕޯޓް ކައުންޓަރުތަކުގައި ބޭނުންކުރަން ފަށައި ޕަސެންޖަރުން ކްލިއަރ ކުރުމަށް ހޭދަވާ ވަގުތު 30 ސިކުންތައް މަދުކުރުން.
🔴 މެޝިން ރީޑަބަލް ފީޗާއާއެކު 'އިމުގާ 2.0' ވަރޝަން ބޭނުންކުރަން ފެށުން.
🔴 ގެއްލިގެން، ވަގަށް ނެގުމުން ނުވަތަ އެހެނިހެން ސަބަބުތަކާއި ގުޅިގެން ކެންސަލު ކުރެވޭ ޕާސްޕޯޓުގެ މަޢުލޫމާތު އިންޓަޕޯލް އާއި ޙިއްޞާ ކުރެވޭނެ ސިސްޓަމެއް ޤާއިމްކުރުން.
🔴 އެޑްވާންސް ޕެސެންޖަރ އިންފޮމޭޝަން އަދި ޕެސެންޖަރ ނޭމް ރިކޯޑް ޑޭޓާ ބޭސް، ގްލޯބަލް ޓްރެވެލް އެސެސްމަންޓް ސިސްޓަމް މެދުވެރިކޮށް ހޯދުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އެކު އެމް.އޯ.ޔޫ އެއްގައި ސޮއިކުރުން.
🔴 އިންޓަރޕޯލްގެ ޕްރޮޖެކްޓް ޖެމިނާއި ޓްރެއިނިންގް ގައި އިމިގްރޭޝަން އޮފިސަރުން ބައިވެރިވުން.
🔴 ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ބޯޑަރ ސެކިއުރިޓީ ސިމްޕޯޒިއަމް 'ދަ މޯލްޑިވްސް ބޯޑަރ ސެކިއުރިޓީ ސިމްޕޯޒިއަމް' ބޯޑަރ އަދި ސެކިއުރިޓީ އާ ގުޅުންހުރި އެޖެންސީތައް ބައިވެރިކޮށްގެން ފެށުން.
🔴 ކޯވިޑް-19 ގެ ހާލަތުން ފަތުރުވެރިކަމަށް ލިބިގެންދިއަ ގެއްލުން ފޫބެއްދުމަށް އެހީތެރިވެ، ދުނިޔޭގެ ފުރަތަމަ ލޯޔަލްޓީ ޑެސްޓިނޭޝަން ޕްރޮގްރާމް 'މޯލްޑިވްސް ބޯޑަރ މައިލްސް' އިފްތިތާހުކުރުން.
🔴 ބިޒްނަސް މީޓިންތަކާއި ކޮންފަރެންސްތައް އަދި މިނޫންވެސް މިފަދަ ބައްދަލުވުންތަކަށް ކުރު މުއްދަތަށް ރާއްޖެ އަންނަ ފަރާތްތަކަށް 'މީޓިންގ ވީޒާ' ތަޢާރަފްކުރުން.
🔴 ސީޕޯޓު ކްލިއަރެންސް ދިނުމަށް މޯބައިލް ސިސްޓަމެއް ބޭނުން ކުރަން ފެށުން.
🔴 "އެން-ރޫޓް ކްލިއަރެންސް" ޚިދުމަތް ދޭން ފެށުން.
🔴 ސީޕޯޓުގެ ޚިދުމަތްތައް އޮންލައިންކޮށް ދޭން ފެށުން.
އިދާރީ ހިންގުން ހަރުދަނާކުރުން:
🔴 މުޅިން އަލަށް އުފައްދާފައިވާ ސެކްޝަން / ޔުނިޓްތައް:
'ލީގަލް އެފެއަރޒް' ވަކި ޑިޕާޓްމެންޓެއްގެ ގޮތުގައި އުފެއްދުން.
'ކޯލް ސެންޓަރ'
'އިމިގްރޭޝަން ޓްރެއިނިންގް އިންސްޓިޓިއުޓް'
'މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް'
'ސްޓްރެޓެޖިކް އެންޑް ޕްލޭނިންގ'
'ރިސްކް މެނޭޖްމަންޓް ސެކްޝަން'
🔴 މޯލްޑިވްސް އިމިގްރޭޝަނަށް ގިނަ ދުވަހު ޙިދުމަތްކުރެއްވި އޮފިސަރުންގެ އަގު ވަޒަންކޮށް، އެ އޮފިސަރުންނަށް ހަނދާނީ ކޮއިން ހަވާލުކުރުން.
🔴 ޑިޓެންޝަން ސެންޓަރުގެ ޖާގަ އިތުރުކޮށް، އެންފޯސްމަންޓް ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުން.
🔴 ސްޓްރެޓެޖިކް ޕްލޭން 2020-2024 އަށް އިފްތިތާޙުކުރުން.
🔴 ހުރިހާ ސެކްޝަނެއްގެ އެސް.އޯ.ޕީތައް އަލުން އެކުލަވައިލުން.
🔴 މުވައްޒަފުން އިތުރުކުރުން.
🔴 އިތުރު އެލަވަންސްތަކަކާއެކު އިމިގްރޭޝަން އޮފިސަރުންގެ މުސާރައަށް ކުރިއެރުން ގެނައުން.