Advertisement

މާލޭގައި ފެންބޮޑުވެފައި --

31 Dec 2023
ރިޕޯޓް
ޢަލީ ސުލައިމާން

މާލޭގައި ފެންބޮޑުވެ ބުޅާ ނަޖިހުން މަގުތައް ތަޣައްޔަރުވެފައި

ރެއިން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި، މާލޭގައި އާއްމުކޮށް ފެންބޮޑު ނުވާ މަގުތަކުގައިވެސް މިއަދު ހެނދުނު މީހުން އޮފީހަށްދާން ނުކުތް އިރު އޮތީ ފެންބޮޑުވެފައެވެ. މަގުތަކުގައި ފެންބޮޑުވުމަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އާކަމެއް ނޫނެވެ. އެހެން ނަމަވެސް ކުރީގެ ޒަމާންތަކާއި ޚިލާފަށް މާލޭގެ މަގުތަކުގައި ފެންބޮޑުވުން މިހާރު އާއްމު ސިއްޙަތުގެ އެންމެ ބޮޑު ނުރައްކަލަކަށް ވެފައި އޮތީ، މާލޭގެ މަގުތައް ބުޅާ ނަޖިހުން ތަޣައްޔަރުވެފައި އޮތުމެވެ.

މާލޭގައި އެންމެ ގިނައިން ބުޅާތައް އުޅޭ ސަރަހައްދުގެ ގޮތުގައ ފާހަގަވެފައި ވަނީ، ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދާއި އިންޑަސްޓްރިއަލް ވިލެޖްގެ ދެކުނުން އޮންނަ ސަރަހައްދާއި، ވެސްޓް ޕާކު ސަރަހައްދެވެ. މާލޭގެ އެތެރޭގެ ސަރަހައްދުތަކުގެ ތެރެއިން، ދިލްބަހާރު މަގާއި، ބުުލޫކިޔާ މަގާއި، އަބަދަށްފެހި މަގާއި، ރަށްދެބައި މަގާއި އެމަގާއި ގުޅިފައިވާ ރަތްވިލާ ގޯޅިއާ، ކާމިނީމަގާއި އެމަގާއި ގުޅިފައިވާ މާވެޔޮގޯޅި އާއި، ވައިދެރި ހިނގުމާ މޫނިމާ ހިނގުމާއި، ރަތްވިލާ ހިނގުމާއި، ވައިލެޓް ހިނގުމާއި،  ހިތިގަސްމަގާއި ރޯޝަނީ މަގަކީ، ގިނައިން ބުޅާ އުޅޭ އަދި ބުޅަލުގެ ނަޖިހުން އެންމެ ބޮޑަށް ތަޣައްޔަރުވެފައިވާ ކަމަށް ފާހަގަކުރެވިފައިވާ މަގުތަކާއި ގޯޅިތަކެވެ. 

ބުޅަލެއް ސައިކަލެއްގެ މަތީގައި --

މީގެ އިތުރުން މިފަހުން މާލޭގައި އިތުރުވަމުން އަންނަ، ކުދިކުދި ކޮފީހަޓްތައް ހަދާފައި ހުންނަ ތަންތަނުގެ ކައިރީގައި ބުޅާތައް އުޅޭ އިރު އެތަންތަނުގެ ކައިރީގައި އާއްމުކޮށް ބުޅަލުގެ ނަޖިސްތައް ހުންނާތީ ފެނެއެވެ.

ރެޔާއި މިއަދު ހެނދުނު މާލެއަށް ވެހުނު ވާރޭގައި ފެންބޮޑުވެފައި ވާއިރު، ފެންގަނޑުތަކުގެ ތެރޭގައި ބުޅާތަކުގެ ނަޖިސްތައް އެކުލެވި އާއްމު ޞިއްޙަތަށް ނުރައްކާވެދާނެ ކަމުގެ ކަންބޮޑުވުންތަކާއި އެކު، ބައެއް ފަރާތްތަކުން ވަނީ، ސަރުކާރަށާއި، ކުރީގެ މޭޔަރަށްވެސް ފާޑު ކިޔާފައެވެ.

ރެއާއި ހެނދުނު ވެހުނު ވާރޭގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި --

މަޝްހޫރު ހަމުގެ ޚާއްޞަ ޑޮކްޓަރަކުން ވިދާޅުވީ، މިފަހަކަށް އައިސް މާލޭގައި، ބުޅަލުގެ ނަޖިހުގެ ސަބަބުން ޖެހޭ ހަމުގެ ބަލިތަކާއި އިންފެކްޝަންތައް ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ. މިގޮތުން ބުޅަލުގެ ނަޖިސް ސީދާކޮށް ހަމުގައި ނުޖެހުނަސް ނަޖިސް އެކުލެވިފައިވާ ފެނާއި ބުޅަލުގެ ނަޖިސް ހޭކިފައި ހުރި ތަންތަނުގައި ޖެހުމުންވެސް ބަލި އަރާގޮތް މެދުވެރިވެއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، ބުޅަލުގެ ނަޖިހުގެ ސަބަބުން ފެތުރޭ، ކިއުޓޭނިއަސް ލާވާމައިގްރޭންސް އަކީ ރާއްޖެއިން އަަބަދުވެސް ފެންނަ ބައްޔެކެވެ.  ބުޅަލުގެ ނަޖިހުން ޖެހޭ މިބަލިން ރައްކާތެރި ވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް މީގެ ކުރިންވެސް އެޗްޕީއިން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުގެ މަގުތަކުގެ ޕޭވްމައްޓަށް އާއްމުކޮށް ބުޅާ ބޮޑުކަމުދާއިރު، ސައިކަލުތަކުގެ މަޑިމަތީގަޔާއި ހުންގާނުމަތީގައި އަދި ސައިކަލުތަކުގެ ވަށިގަނޑުތަކުގައި ބުޅާތައް އަރައިތިބޭތީ ފެނެއެވެ. މީގެ އިތުރުން ކާނިވަލާއި ފުޑުކޯޓާއި، ހުޅުމާލޭގައިވެސް ހޮޓާ ރެސްޓޯރެންޓްތަކުގެ ބޭރުގައި ޖަހާފައި ހުންނަ މޭޒުތަކާއި ގޮނޑިތައް މައްޗަށް ބުޅާތައް އަރައި ނިދަން ތިބޭ މަންޒަރުވެސް ފެނެއެވެ.

އެޗްޕީއޭއިން އާއްމު ސިއްޙަތުގެ ރައްކާތެރިކަމަށް އިލްތިމާސްކޮށް ކޮށްފައިވާ ޓްވީޓެއް

ބުޅަލުގެ އުނދަގޫ ބޮޑުވެ އާއްމު ސިއްޙަތަށް އެކަމުގެ ސަބަބުން ނުރައްކާވެފައި ވަނީ ނަމަވެސް އެކަން ހައްލުކުރުމަށް ސަރުކާރުންނާއި، މާލޭ ސިޓީކައުންސިލުންވެސް މިހާތަނަށް އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ބުޅާތަކަށް ޚާއްޞަ ފެސިލިޓީއެއް ހެއްދެވުމުގެ ވާހަކަފުޅު މިހާރުގެ ރައިސުލްޖުމްހޫރިއްޔާ ޑޜ. މުޙައްމަދު މުޢިއްޒު މާލޭ ސިޓީކައުންސިލްގެ މޭޔަރުކަމުގެ މަޤާމުގައި ހުންނެވި އިރު ދެއްކެވިއެވެ. އެކަމަކު އެކަމަށް ޢަމަލީ ސިފައެއް އައިސްފައެއް ނުވެއެެވެ.

އެޗްޕީއޭއިން އާއްމު ސިއްޙަތުގެ ރައްކާތެރިކަމަށް އިލްތިމާސްކޮށް ކޮށްފައިވާ ޓްވީޓެއް

ނަޖިސްފެންގަނޑުތައް މުޅިމާލޭގައި އޮތް އިރު އެކަމުން ސަލާމަތް ވުމަށް އާއްމުންނަށް ކުރެވިދާނެ ކަންކަން؛

- ޟަރޫރަތެއް ނެތި ބޭރަށް ނުކުމެ އުޅުން މަދުކުރުން

- ވިއްްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވާ ސަރަަހައްދުގައި ހިނގަންޖެހޭނަަަމަ ގަންބޫޓު ބޭނުން ކުރުން.

- ބޭރުން އައިސް ގެއަށް ވަނުމުގެ ކުރިން ނުވަތަ ގެއަށް ވަދެފައި އެންމެ ފުރަތަަމަ ރަނގަޅަށް ދެފައިދޮވުން.

- ފައިވާނާއި ބޫޓުފަދަ ތަކެތި ބޭރުން އައިސް ރަނގަޅަށް ދޮވުން.

- އެއްގަމު އުޅަނދު ފަހަރު ދުއްވާ ފަރާތްތަކުން ފެންގަނޑުތަކުގެ ތެރޭގައި ބާރަށް ނުދުއްވުން.

މާލޭގެ އިތުރުން ހުޅުމާލޭގައިވެސް މިފަހުން ވަނީ، މަގުމަތީގައި އުޅޭ ބުޅާތައް އިތުރުވެފައެވެ. އަދި މަގުމަތީގައި އުޅެނީ ކިހާބުޅަލެއްކަން ޔަޤީން ނުވިނަމަވެސް މާލެ ހުޅުމާލޭގެ މަގުތައް މަތީގައި އުޅޭ ބުޅާތަކުގެ އަދަދު ހާހަކާއި ގާތްކުރާނެ ކަމަށް އަންދާޒާކުރެވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.