Advertisement

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިޙް ޤައުމާ މުހާތަބު ކުރައްވަނީ ---

16 Nov 2023
ރިޕޯޓް

ރައީސް ޞާލިހްގެ ޒައާމަތަށް އައްޔެއް

ދެހާހުގެ އަހަރުތަކުގެ ކުރިން ރާއްޖޭގައި ފެނުނު ޑިމޮކްރަސީއާއެކު މަގުމަތީގެ ހަރަކާތްތައް ރާއްޖޭގައި ފެށިއްޖެއެވެ. އަހަރަކަށްފަހު އަހަރެއް މި މަގުމަތީގެ އެއްވުންތަކުގެ އަޑުވީ ގަދައެވެ. މާލޭގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ކުޑަކުދިން ރޭގަނޑުގެ ހަމަ ނިދިން މަހުރޫމްވެގެންދިޔައެވެ. ހަވީރާއި، ރޭގަނޑުވެސް މަގުމައްޗަކީ ސިޔާސީ މީހުންގެ ސްޓޭޖްކަމުގައިވެގެންދިޔައެވެ. އާއްމު ރައްޔިތަކަށް މާލޭގެ އެއްވެސް ދިމާލަކުން ހަމަޖެހުމެއް ނެތް ފަދައެވެ.

ސިޔާސީ މީހުންގެ ތެރެއިން މިހަރަކާތްތަކުގައި ބައިވެރިވާ މީހުންނާއި ނޫސްވެރިންނާއި އެނޫންވެސް މަގުމަތީގައި އެދުވަސްތަކުގައި އިސްލާހީ މަސައްކަތުގެ ނަމުގައި ހަރަކާތްތެރިވީ ގިނަ މީހުން ފުލުހުންގެ ޖިޕުގައި ކޮންމެވެސް އެއްބާވަތެއްގެ ހައްޔަރަކަށް ދިޔައެވެ. މިއީ ވެރިރަށް މާލޭގެ ހަގީގަތެވެ. މި މަންޒަރު ބަދަލުވެދާނެކަމާމެދު އާއްމުންތިބީ ނާއުއްމީދުވެފައެވެ. ދެން އަންނަ ކޮންމެ ވެރިކަމެއްގައި ހިނގާނީ މިފަދައިންނޭ ބުނި މީހުން މަދެއް ނޫނެވެ. އެހެންނަމަވެސް މިމަންޒަރު ދިވެހިންނަށް ބަދަލުކޮށްދެއްވި ރައީސަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ.

އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރަކީ މާލޭގެ އަމާންކަން ގާއިމުވި 5 އަހަރުކަން މާލޭގައި ދިރިއުޅޭ ކޮންމެ މީހަކުވެސް ގަބޫލުކުރާނެއެވެ. ތާއީދު ނުކުރާ މީހުންވެސް މިކަމުގައި ދެބަހެއް ނުވެއެވެ. ރާއްޖެއަށް ހަމަޖެހުން އަންނާނެކަމުގެ އުއްމީދު އައުކޮށްދެއްވީ ރައީސް ޞާލިހެވެ.  މާލެއާއި އަތޮޅުތެރޭގައި ސިޔާސީ ހަލަބޮލިކަން ކުޑަކޮށް އަމާންކޮށްދެއްވުމަށް މަސައްކަތްކުރެއްވީ ރައީސް ޞާލިހެވެ. އެހެންކަމުން އަގު ނުކުރެވޭ އެ ހިދުމަތަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ޝުކުރު ހައްގެވެ.

ރާއްޖޭގައި ވެރިކަމުގެ އެކި ނިޒާމުތަކުގައި ވެރިކަން ކުރަމުން އަންނަތާ އެތައް އަހަރެއް ވެގެންދިޔައިރުވެސް، އަތޮޅުތެރޭގެ ރަށްރަށުގައި ގާއިމުވެފައި ނެތް އަސާސީ ހައްގުތަކެއް ހުއްޓެވެ. ކަށަވަރުނުވާ އިންސާނީ ހައްގުތަކެއް ހުއްޓެވެ. ގާނޫނު އަސާސީން ލާޒިމުކުރާ ކަންކަން ފުއްދަވައިދެއްވުމަށް އިސްކަން ދެއްވިއެވެ. ރާއްޖޭގައި ދެން އަންނަ އެއްވެސް ވެރިއަކަށް ރާއްޖޭގެ ގިނަ ރަށްރަށުގައި އަލަކުން ގާއިމުކުރަން ވައުދުވާންޖެހޭނެ އަސާސީ ހައްގުތައް މަދުކުރެއްވީ ރައީސް ސާލިހެވެ. އެހެންކަމުން ވެރިކަމަށް އައުމަށް ދެން އަންނަން ތިބި ބޭފުޅުންނަށް ވައުދު ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ރައްޔިތުންނަށް އަސާސީ ހައްގުތަކަށްވުރެ މަތިންނެވެ. އެ ހަރުފަތަށް ދިވެހިންގެ ހާލަތު ޖައްސަވައިދެއްވީ ރައީސް ޞާލިހެވެ.

ސިޔާސީ މައިދާނަށް 1994 ވަނަ އަހަރު ނިކުންނެވި ފަހުން މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއަކީ އެ މަނިކުފާނަށް ލިބިލެއްވި ފުރަތަމަ ނާކާމިޔާބީއެވެ. ސިޔާސީގޮތުން އެއީ ދުރަށް ވިސްނަވާ ބޭފުޅެއްކަން މި ވޭތުވެދިޔަ 29 އަހަރުގެ ތެރޭގައި އެތައް ގޮތަކަށް ސާބިތުކޮށްދެއްވިއެވެ. ރައީސް ޞާލިހުގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދެވި ނޫސްވެރިންގެ މެދުގައި އެމަނިކުފާނަކީ މަގުބޫލު ބޭފުޅެކެވެ. ސަބަބުތައް މަދެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައި އެންމެ ހޫނު ބަހުސްތައް ކުރިއަށްދާއިރުވެސް ކަނުލާ އަޑުއައްސަވާ، އެމަނިކުފާނުގެ ސްޕީޗު އެ ހުރިހާކަމަކަށް އަލިއަޅުއްވާލައްވާ ހުށައެޅުއްވިއެވެ. އެ މަނިކުފާނަކީ އެހެން މީހުންގެ ވާހަކަތައް އަޑުއެއްސެވުމުގައި ހުޝިޔާރު ބޭފުޅެކެވެ. އަމިއްލަފުޅަށް ގަބޫލުނުކުރައްވާ ކަންކަން އަޑުއެއްސެވުމުގައި އޭރުވެސް އަދި މިހާރުވެސް ރައީސް ޞާލިހަކީ ކެތްތެރި ބޭފުޅެކެވެ.

ރައީސް ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ އިންތިހާބުވީ ދައުރުގައި، ފޮޓޯ: ނޭޝަނަލް އާކައިވްސް

ރާއްޖޭގެ ތާރީހުގައިވެސް ވެރިކަމެއް ބަދަލުވުމުގެ ހަމަނުޖެހުމެއް ނުހިނގާ އަމާންކަމާއެކު އިންތިހާބެއް ބޭއްވިގެންދިޔަ މިއީ ފުރަތަމަ ފަހަރެވެ. އިންތިހާބުން ބަލި ގަބޫލުކުރުމަކީ ވޭތުވެދިޔަ ގިނަ ވެރިންނަށް ކުރައްވަން ދަތިވި ކަމެކެވެ. މަގުމަތީގެ ހަމަނުޖެހުންތައް އިތުރުވީ ސަބަބަކަށް ވޭތުވެދިޔަ ކޮންމެ އިންތިހާބެއްވުމުގައި ބަލި ގަބޫލުނުކުރައްވާ ކެންޑިޑޭޓުން ހިމެނެއެވެ. ރައީސް ޞާލިހު ތަފާތެވެ. ރައްޔިތުން ގޮތްނިންމައިފިކަން ގަބޫލުކުރައްވާ، ބަލި ގަބޫލުކުރައްވައިފިއެވެ. އެއީ ސިޔާސީގޮތުން ހިތްވަރު ހުންނަވާ ބޭފުޅަކަށް ކުރެއްވޭނެ ކަމެކެވެ.

ރައީސް ޞާލިހުގެ ސިޔާސީ ހަޔާތްޕުޅު ނުނިންމަވާނެކަން އެމަނިކުފާނުވަނީ މިހާރު އިއުލާންކުރައްވާފައެވެ. އަދި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީ ހަރުދަނާކުރައްވާ ވަރުގަދަ އޮޕޮޒިޝަނެއްގެ ގޮތުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރެއްވުމުގައި ދެމިހުންނެވުމަށް ނިންމަވައިފިއެވެ. އެކަމުގައި އެމަނިކުފާނަށް ކާމިޔާބު ކަމާއެކު ކުރިއަށް ވަޑައިގެންނެވޭނެކަން ސާފެވެ. ރާއްޖޭގައި ސިޔާސީގޮތުން އޮތް އެންމެ ވަރުގަދަ ދެ ފިކުރުގެ ތެރެއިން އެންމެ ބާރުގަދަކަމަށް ބެލެވުނު ފިކުރު ބަލިކުރައްވާފައިވާތީއެވެ. އަދި ޕާޓީ ބަލިކަށިވެގެންދާން ދޫކޮށްނުލައްވާ މެމްބަރުން އެކަތިގަނޑެއްގެ ގޮތުގައި ހެއްދެވުމަށް އައު ފެށުމަކުން ކުރިއަށްގެންދިޔުމުގެ ހިކުމަތްތެރި ވިސްނުން ގެންގުޅުއްވީތީއެވެ. ވޭތުވެދިޔަ 5 އަހަރު ގައުމަށް ގެނެސްދިން ހަމަޖެހުން ފަދައިން ކުރިއަށް އޮތް 5 އަހަރުވެސް އިދިކޮޅުގައި ހުންނަވާ ގައުމުގެ ހަމަޖެހުން އިސްކުރައްވާނެކަމަށް ގަބޫލުކުރެވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުންނަވާކޮށްދެއްވި ހުރިހާ ހިދުމަތަކަށް ދިވެހިންގެ ހިތްތަކުގައި އޮންނަނީ އަބަދުވެސް ޝުކުރުގެ ބަސްތަކެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.