Advertisement

ރައްޔިތުންގެ މަޖިލިސް --

13 Feb 2024
ރިޕޯޓް
ޢަލީ ސުލައިމާން

މަޝްހޫރު ސިޔާސީ ބޭފުޅުން މިފަހަރު މަޖިލީހަށް ވާދަކުރައްވަނީ އަމިއްލަ ގޮތުން - ޕާޓީ ނިޒާމް ގޯސްވީތަ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެންޑިޑެންސީ ހުށައެޅުމުގެ ސުންގަޑި ކައިރިވަމުން އަންނައިރު، މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފަރާތްތަކުންވެސް ދަނީ ކެންޑިޑެންސީ ހުށައަޅަމުންނެވެ. އޭގެ ތެރޭގައި ޕާޓީތަކުން ކެންޑީޑެންސީ ހުށައަޅާ ކެންޑިޑޭޓުން ގިނައެވެ. އެހެން ނަމަވެސް މިފަހަރު، މަޝްހޫރު ބައެއް ސިޔާސީ ބޭފުޅުން، މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތި ލެއްވުމަށް ނިންމަވާފައިވެއެވެ.

2008 ވަނަ އަހަރު ޕާޓީ ސިޔާސަތު ތަޢާރަފްވެ 2009 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް، ގޮނަ ގޮނޑިތައް ހޯއްދެވީ، ޕާޓީގެ ޓިކެޓުގައި އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނެެވެ.

" ޕާޓީން ހެޔޮ، ބުޅަލެއް ކެންޑިޑޭޓަކަށް ނެރުނަސް. އަހަރެންގެ ވޯޓު ދޭނީ ޕާޓީގެ ކެންޑިޑޭޓަށް!" 

2009 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ތެރޭގައި އާއްމު މީހަކު ސޯޝަލް މީޑިއާގައި ލިޔުނު ވާހަކައެއް.

އެމްޑީޕީގެ އާއްމު މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ އާއްމު މެމްބަރުންގެ ރޫޙް އޭރު މީގެ 15 ވަރަކަށް އަހަރު ކުރިން ހުރީ އެގޮތަށެވެ.  އެހެން ނަމަވެސް މިހާރު މަޑުމަޑުން އެކަން ވަނީ ބަދަލުވާން ފަށާފައި ކަމަށް ބެލެވެއެވެ.

ސިޔާސީ ދާއިރާގެ ފުންނާބު އުސްބޭފުޅުންނާއި، ސިޔާސީ ދާއިރާ ތަޖުރިބާ ކުރައްވަމުން ގެންދަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެ ޔަޤީން ގޮތަކީ، ޕާޓީ ޓިކެޓެއްގައި އިންތިޚާބަށް ނުކުތުމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިފަހަރު އަމިއްލަ ގޮތުން، މަޝްހޫރު ސިޔާސީ ބޭފުޅުން ވާދަ އެބަ ކުރައްވައެވެ. އޭގެ ތެރޭގައި. ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި، ގޮނޑި ފުރުއްވި، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު ހިމެނިވަޑައިގަންނަވައެވެ. އަދި ކުރިން ޕީޕީއެމްގެ ޓިކެޓްގައި ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި، ފާރިޝް މައުމޫންވެސް މިފަހަރު އަމިއްލަ ގޮތުން ނުކުމެވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާއަށެވެ. ފާރިޝްވަނީ، ރިޔާސީ އިންތިޚާބުގައިވެސް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާފައެވެ.

ކުރީގެ ހެލްތު މިނިސްޓަރ ޢަބުދުﷲ އަމީން، އަމިއްލަ ގޮތުން، އުނގޫފާރު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމެވިކަން އިއްޔެ ވަނީ އިއުލާނު ކުރައްވާފައެވެ. ނިމިިިޔަ އެމްޑީޕީގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އިފް ސްޓާފްގެ މަޤާމުގައި ހުންނެވި، ޢަލީ ޒާހިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ފޯމް ހުށައަޅުއްވާފައެވެ. ޢަލީ ޒާހިރަކީ، އަދާލަތު ޕާޓީގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެެކެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަށް އަމިއްލަ ގޮތުން ނުކުންނަވާ އެންމެ ގިނަ ބޭފުޅުންނަކީ، މިހާރު ސަރުކާރާއި ރައީސް ޔާމީނާއި ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގައި، ރައީސް ޔާމީނުގެ ތާއީދާއިއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ނުކުންނަވާ ބޭފުޅުންނެވެ.

ރައީސް ޔާމީނުގެ ތާއީދާއި އެކު މަޖިލިސް އިންތިޚާބުގައި، ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެންޑީޑެންސީ ހުށައެޅުން މިއަދު 13:00ގައި އޮންނާނެ ކަމަށް، ރައީސް ޔާމީން އުފައްދަވާ ޕީއެންއެފްގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހަށް ވާދަކުރެއްވުމަށް ކެންޑިޑެންސީ ހުށައަޅުއްވާ ފަރާތްތަކުގެ ތެރޭގައިވެސް ސިޔާސީ ދާއިރާގެ މަޝްހޫރު އަދި ނަންހުރި ބޭފުޅުން ހިމެނޭނެއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތަކަށް ބަލާއިރު، ބައެއް ޕާޓީތަކަށް ބައެއް ދާއިރާތަކަކީ އާދަޔާޚިލާފަށް ތާއީދު ބޮޑު ދާއިރާތަކެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ 4 ދާއިރާއަކަށް އެމްޑީޕީން ކުރިމަތިލާފައި ނުވާއިރު އެދާއިރާތަކަކީ، މީގެ ކުރިން ޕީޕީއެމްގެ ތާއީދު ވަރަށް ބޮޑު ދާއިރާތަކެވެ. އެދާއިރާތަކަށް ޕާޓީލައިނަށް ވުރެ ގިނަ ބޭފުޅުން ނުކުންނަވަނީ، މިނިވަން ކެންޑިޑޭޓުންގެ ގޮތުގައެވެ.

"ސިޔާސީ ގޮތުން މަޝްހޫރު ބައެއް ބޭފުޅުން މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ނުކުންނަނީ، ޕާޓީތަކުން ބަލައި ނުގަތުމުން ސިޔާސީ ބާރުވެރިކަން އަލުން ހޯއްދެވުމުގެ އުއްމީދުގައި. އަނެއްބައި ބޭފުޅުން އުއްމީދު ކުރައްވަނީ، މިހާރު ރައްޔިތުންގެ ތާއީދު އޮތީ މިނިވަން ކެންޑިޑޭޓުންނަށް ކަމަށް. ސިޔާސީ ގޮތުން ޕާޓީތަކާއި މެދު ރައްޔިތުން ދެކޭގޮތް އޮތީ ބަދަލުވާން ފަށާފައި ރައްޔިތުން ނިންމާގޮތް އެނގޭނީ އިންތިޚާބުގެ ނަތީޖާއިން." 

ކުރީގެ މަޖިލިސް މެމްބަރެއް

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.