Advertisement

21 Dec 2023
ރިޕޯޓް
ޢަލީ ސުލައިމާން

މިސަރުކާރުގެ ބޮޑު މަޝްރޫޢު، ބޮޑު ސިއްރަކަށްވެ ސުވާލުތައް ގިނަވެފައި!

މިސަރުކާރުން ހިންގުމަށް ރާވާފައިވާ އެންމެ ބޮޑު މަޝްެރޫއަކީ، ފުށިދއްގަރުފަޅު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫއެވެ. އެމަޝްރޫޢުގެ އުފަންވެގެން އައީ، 2018 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން ޢިއުލާނުކުރި ވިލިމާލެ 2 މަޝްރޫއުގެ ހިޔަނީންނެވެ. އަދި އެމަޝްރޫޢުވެގެންދާނީ، މިހާތަނަށް ރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢަަށް ކަމުަގައިވެސް މިސަރުކާރުން ވަނީ ބުނެފައެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތަށް ސަރުކާރުން އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި 400 މިލިޔަން ރުފިޔާ ހިމެނިއެވެ. އެހެން ނަމަވެސް ކުރީ ސަރުކާރު ނިމިގެންދިޔައިރު، މާލެއާ އެންމެ ގާތުގައި އޮތް ތިންފަޅެއް ހިއްކައިގެން ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢެއް ފެށިފައި އޮތުމާއި އެކު ރައްޔިތުންގެ މަޖިލީހުން ނިންމީ ފުށިދިއްގަރުފަޅު ހިއްކުމަކީ މިވަގުތަށް ބޭނުމެއް އޮތް ކަމެއް ނޫންކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެޖޯރިޓީ އޮތް އިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުަގއި އަލިފުށި ދާއިރާގެ މެމްބަރު، އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު، މުޙައްމަދު ރަޝީދު ވިދާޅުވީ، ފުށިދިއްގަރުފަޅުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމުަގައި މިސަރުކާރުން އަމަލުކުރަމުންދާ ގޮތާއި މެދު ސުވާލުތައް ގިނަ ކަމަށާއި، މަޖިލީހުގެ ތެރެއިން އެމްޑީޕީން އެކަންކަން ބަލާނެ ކަމަށެވެ. އަދި އެއީ ޤާނޫނުތަކާއި ދައުލަތުގެ މާލީ ޤަވާއިދުތަކާއި ޚިލާފަށް ފަށާފައިވާ މަޝްރޫޢުއެއްކަންވެސް ބިގޭ ފާހަގަކުރިއެވެ.

ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން ޑރ. މުއިއްޒު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުގައި ފުށިދިއްގަރުފަޅުގެ މަޝްރޫޢާއި ގުޅޭ ގޮތުންވެސް ވިދާޅުވީ، ދައުލަތުގެ މާލީ ހާލަތު އެނގިވަޑައިގަންނަވާ ކަމަށާއި އަދި އެމަޝްރޫޢު އެމަނިކުފާނުގެ ސަރުކާރުން ކުރިޔަށް ގެންދާނީ ދައުކަތުގެ ބަޖެޓުން މާބޮޑު ހޭދައެއް ކުރަން ނުޖެހޭ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށައެޅި އެމަޝްރޫއަށް 400 މިލިޔަން ރުފިޔާ ބަޖެޓުގައި އޮތީ ހިމަނާފައެވެ.

އަޑި ނޭނގޭ ގޮތަކަށް ފުށިދިއްގަރުފަޅުގެ މަޝްރޫޢުފަށާފައިވާއިރު، އެމަޝްރޫޢާއި ގުޅޭ ތަފްސީލްތައް ސަރުކާރުން މީޑިއާއަށްވެސްް ހިއްޞާއެއް ނުކުރެއެވެ. ފުށިދިއްގަރުފަޅުގެ ބިންހިއްކުމުގެ މަޝްރޫޢުފަށަން އުޅޭކަން ދުރާލައި އިއުލާނުކުރާއިރު، އެމަޝްރޫޢު އިފްތިތާޙްކުރި ދުވަހުގެ ހެނދުނުވެސް މީޑިއާތަކަށް އެމަޝްރޫޢުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ ކަމުގެ މަޢުލޫމާތެއްވެސް ނުދެއެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިން ވަޑައިގެން ފުށިދިއްގަރުފަޅުގެ ބިންހިއްކުމުގެ މަޝްރޫޢު ފެށުމައް ބޭއްވި ރަސްމިއްޔާތު އޮތީ، ފުށިދިއްގަރުފަޅު ތެރޭގައި އަޅާފައި އޮތް ބާޖެއްގައެވެ.

ފުށިދިއްގަރުފަޅުގެ ބިންހިއްކުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

ފުށިދިއްގަރުފަޅު ތަރައްޤީކުރުމަށް ބިންހިއްކުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައިވެސް މަޝްރޫޢުކުރިޔަށްދާ ގޮތާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް ފުށިދިއްގަރުފަޅުގެ ތަޞައްވުރާއި އެތަން އޮންނާނޭގޮތް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ފުށިދިއްގަރުފަޅު މަޝްރޫޢާއި ގުޅޭ ގޮތުން އުފެދޭ އެންމެބޮޑު ސުވާލަކީ އެމަޝްރޫޢަށް ޚަރަދުކުރާ ގޮތާއި ގުޅޭ ގޮތުންނެވެ. އެކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުންވެސް އާއްމުންނާއި މަޖިލިސް މެމްބަރުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަން ޖެހުނީ އެތައް ސުވާލުތަކެކެވެ. އެކަމާއި ގުޅިގެން މީޑިއާއިން ކުރާ ސުވާލުތަކަށްވެސް ސަރުކާރުން ޖަވާބެއް ނުދެއެވެ.

"ރަސްމާލެ މަޝްރޫޢު ފެށިގެން މިހާރު އެ ދަނީ ކުރިޔަށް. އެ މަޝްރޫޢު ކުރިޔަށް އެ ދަނީ ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭގޮތަށް. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢު އެގޮތުގައި ކުރިޔަށް ގެންގޮސް ނިންމާލާނަން. ގަބޫލުކުރައްވާ، މި ފަސް އަހަރު ނިމޭއިރު، އެއްވެސް ދިވެހި ރައްޔިތަކު، ގެދޮރިވެރިކަން ނެތިގެން، ހިތާމައާއި ދެރަކަން އުފުލާކަށް ދެނެއް ނުޖެހޭނެ." 

"ކަންގަތި އެވޯޑް 2023" ދިނުމުގެ ހަފްލާގައި ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގެ ތެރެއިން --

މިހަފްތާގެ ހޯމަ ދުވަހު، ސަރުކާރުން ފުށި ދިއްގަރުފަޅުގެ މަޝްރޫޢު ފެށި ނަމަވެސް، މަޝްރޫޢު ހިންގާގޮތާއި ޚަރަދާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އެހެންވެ އެމަޝްރޫޢުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކެއް ހިނގާފައި އޮވެދާނެކަމުގެ ތުހުމަތުތައް މިހާރު ވަނީ ފެށިފައެވެ.

ފުށިދިއްގަރުފަޅުގެ މަޝްރޫޢާއި ގުޅޭ ގޮތުން އުފެދޭ ސުވާލުތައް؟

1- ބިންހިއްކުމުގެ މަޝްރޫޢު ހަވާލުކުރީ ކޮންކޮންފުންޏަކާތޯ؟ އަދި އެކަމަށް ހޭދަކުރަނީ ކިހިނެއްތޯ؟

2- ދައުލަތުގެ ބަޖެޓުން ޚަރަދުކުރަން ނުޖެހި އަމިއްލަ ކުންފުންޏަކުން ނުވަތަ އެހެން ޖަމާޢާތަކުން އެކަންކޮށްދޭނަމަ، އޭގެ ބަދަލުގައި ސަރުކާރުން އެފަރާތަށް ދޭންޖެހެނީ ކޮންއެއްޗެއްތޯ؟

3- ފުށިދިއްގަރުފަޅުގެ މަޝްރޫޢު ހިންގުމުގައި މިހާރުވެސް މާލީ މައްސަލަތަކުގެ ތެރޭގައި އޮތް އާބަންކޯގެ ދައުރަކީ ކޮބައިތޯ؟

4- ފަސް އަހަރުގެ ދައުރެއްގައި 20 އަހަރުގެ ޕްލޭނެއް އެކަށައަޅައި ތަންފީޒް ކުރާނީ ކިހިނެއްތޯ؟

5- ވިލިމާލެ 2 މަޝްރޫޢާއި މިހާރު މިހިންގާ ފުށިދިއްގަރުފަޅުގެ "ރަސްމާލެ" މަޝްރޫޢަކީ އެއް މަޝްރޫއެއްތޯ؟

6- ވިލިމާލެ 2 މަޝްރޫޢުގެ ތެރެއިން 2018 ވަނަ އަހަރު، ޑރ. މުއިއްޒު ހައުސިންގ މިނިސްޓަރަކަށް ހުންނަވައި، ފުށިދިއްގަރުފަޅުން 1000 އަކަފޫޓުގެ ގޯއްޗެއް ލިބޭނެ ކަމަށް ލިޔުންދެއްވި ފަރާތްތަކަށް އެ ގޯތިތައް ލިބޭނެތޯ؟

ފުށިދިއްގަރުފަޅުގެ ބިންހިއްކުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

ފުށިދިއްގަރުފަޅުގައި ހިންގާ މަޝްރޫޢާއި ގުޅޭ ގޮތުން މީނޫނަސް އެތައް ސުވާލުތަކެއް އެބަހުއްޓެވެ. އެއީ ކޮންމެހެން ޖަވާބު ލިބުން މުހިއްމު ސުވާލުތަކެކެވެ. ރަސްމާލޭގެ ހުވަފެނަކީ ބިލާހެއް ނޫންކަން ޔަޤީންވާނީ އެސުވާލުތަކަށް ލިބޭ ޖަވާބުންނެވެ. އާޓިފިޝަލް އިންޓަލިޖެންސްގެ މިޒަމާނުގައި މީހުން އާޝޯޚުވާފަދަ ރީތި ނަލަ ފުރިހަމަ ސިޓީއެއް ސްކްރީންތަކުން ދައްކާލުމަކީ ވަރަށް ފަސޭހަކެކެވެ. އެފަދަ ތަޞައްވަރެއް ހުށައެޅުމަކީ އަދި މާފަސޭހަކެމެކެވެ. އެހެންނަމަވެސް އަމަލީގޮތުން އެފަދަ ބޮޑުމަޝްރޫޢެއް ހިންގައި ނިންމުމަކީ ފަސޭހަކަމެއް ނޫނެވެ. 1997 ވަނަ އަހަރު ބިންހިއްކި ހުޅުމާލެ ފޭސް 1 އާއި، 2018 ވަނަ އަހަރު ހިއްކި ހުޅުމާލެ ފޭސް 2 އަކީ އަދިވެސް ތަރައްޤީވަމުން އަންނަ ތަންތަނެވެ. އެއްގަމު މަގުން ގުޅާލެވިފައި އޮތް ނަމަވެސް އަދިވެސް ހުރިހާ ވަޞީލަތްތަކާއި ޚިދުމަތްތައް ތޮއްޖައްސައި ބާރުކޮށްފައި އޮތީ މުސްކުޅި މާލެއަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.