Advertisement

ފޮޓޯ: ނޫން ގްރެފިކްސް ޓީމް

21 Nov 2023
ރިޕޯޓް

ފަލަސްތީނު ރައްޔިތުންގެ ހިތްވަރުން އިސްލާމްދީނަށް ނަސްރެއް

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ވޯލް ޓްރޭޑް ސެންޓަރު ގޮއްވާލި ހާދިސާއަށްފަހު ހުޅަނގުގެ މީޑިއާތަކުން މުސްލިމުން ސިފަކުރަމުންދިޔައީ ހަނގުރާމަވެރި ނިރުބަވެރި އަދި ނުރައްކާބައެއްގެ ގޮތުގައެވެ. މުސްލިމުންނާއި މެދު އެކި ޤައުމުތަކުގައި ހިނގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް އަޑުއުފުލަން ގިނަ ބަޔަކު ޖެހިލުންވާ އަދި ފޫހިކުރުވި ސަބަބަކަށް ހުޅަނގުން މުސްލިމުންނާއި ގުޅޭގޮތުން ފަތުރަމުންދިޔަ ޙަގީގަތެއްނެތް ވާހަކަތައް ވިއެވެ. އެހެންނަމަވެސް 22 އަހަރު ފަހުން މަންޒަރު މިވަނީ ބަދަލުވާން ފަށާފައެވެ.

މިއަހަރުގެ އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހު ފަލަސްޠީނުގެ މުޖާހިދުން އިސްރާއީލުގެ ރަށްތަކަށް އަރައިގެން ދިން ހަމަލާއާއި ގުޅިގެން އިސްރާއީލުން ފަލަސްތީނުގެ ކުށެއްނެތް އެތައް ހާސްބަޔަކު މަރަމުންދާ ދިޔުން ދުނިޔެއިން މިވަނީ ކުށްވެރިކޮށްފައެވެ. 7 އޮކްޓޯބަރުގައި މުޖާހިދުން ދިން ހަމަލާއަކީ 75 އަހަރުވީ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް ދިން ހަމަލާއެއްކަމަށް އެއްބަޔަކު ބުނަމުންދާއިރު، އެދުވަހު އިސްރާއީލުގައި މަރުވި ގިނަ ބަޔަކު މަރުވީ އިސްރާއީލުގެ ހަނގުރާމަވެރިންގެ ހަމަލާތަކުގައިކަން ހާމަވާ އެތައް ވީޑިއޯއެއްވަނީ އާއްމުވެފައެވެ. 7 އޮކްޓޯބަރުގައި ފަލަސްތީނުގެ މުޖާހިދުން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ އިސްރާއީލާއި އެނޫންވެސް އެކި ގައުމުތަކަށް ނިސްބަތްވާ މީހުންނާއި މެދު މުޖާހިދުން އަމަލުކުރާގޮތާއި ފަލސްޔީނުގެ ކުށެއް ނެތް އާއްމުންނާއި ކުޑަކުދިންނާއި މުސްކުޅިންނާއި މެދު އެއްވެސް ރަހުމެއް އިންސާނިއްޔަތުކަމެއް ނެތް ހައްދުފަހަނައަޅާފައިވާ އުސޫލުން އިސްރާއީލުން ކަންކުރަމުންދާދިޔުން ދުނިޔެއިން މިވަނީ ބަލައިގަންނަން ދެކޮޅު ހަދާފައެވެ.

ހުޅަނގުގެ ބޮޑެތި ގައުމުތަކުގެ މަގުތައް ފުރަލާފައިވަނީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުވާ ފަލަސްތީނުގައި ގަތުލްއާއްމުތައް ހިންގަމުންދާ އިސްރާއީލުގެ ވެރިންނާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާ އަޑުވަނީ ގަދަވެފައެވެ. މިކަމުގައި އަޑު އުފުލަމުންދާ އާއްމުންނާއެކު މިކަންކަން ދިރާސާކުރާ މީހުން އަންނަނީ އިތުރުވަމުންނެވެ. ފަލަސްތީނާއި އިސްރާއީލުގެ ތާރީހުކިޔާ މީހުން ގިނަވެ "މީޑިއާ ވޯރ" ނުވަތަ މީޑިއާގައި އިސްރާއީލުން ފަލަސްތީނާއި ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމައިގެ ކޮޅުވަނީ ބަދަލުވެފައެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ފަލަސްތީނު ދިފާއުކުރަމުންދާއިރު މީގެ ކުރިން ޓެރަރިސްޓުންގެ ގޮތުގައި ގިނަ ބަޔަކު ދެކުނު ފަލަސްތީނުގެ މުޖާހިދުން ކުރާ ހަނގުރާމައަކީ ހައްގު ހަނގުރާމައެއްކަން ގަބޫލުކޮށް އިސްރާއީލުން ފަތުރަމުންދާ އޮޅުވާލުންތައް ހާމަކުރުމުގައި މުސްލިމު ނޫން އެތައް ބަޔަކުދަނީ ވަގުތާއި މާލުން ހޭދަކުރަމުންނެވެ. ފަލަސްތީނުގެ ދިފާއުގައި އެތައްބައެއްގެ ވަޒީފަ ގެއްލުނުނަމަވެސް ފަރުވާލެއް ނެތި އެތައް ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.  ނަތީޖާއެއްގެ ގޮތުން ފަލަސްތީނަކީ މިނިވަން ދައުލަތެއްކަމަށް ގަބޫލުކުރާ މީހުން ގިނަވެ އެކަމަށް ހުޅަނގުގެ ބޮޑެތި ގައުމުތަކުގެ ވެރިން މިއަދުވަނީ އެއްބަސްވެ އަމަލުކުރަން ފަށާފައެވެ.

2001 ވަނަ އަހަރު ހުޅަނގުން މުސްލިމުން ޓެރަރިސްޓުންގެ ގޮތުގައި ލޭބަލް ކުރި ޓެގު ދުނިޔެއިން ނައްޓާލައިފިއެވެ. ފަލަސްތީނުގެ މުޖާހިދުންގެ ފަރާތުން ފެންނަމުންދާ ކީރިތި ރަސޫލާ(ޞ.ޢ.ވ)ގެ މިލިޓަރީ އުސޫލުތަކެވެ. ފަލަސްތީނުގެ ކުޑަކުދިންނާއި އާއްމުންގެ ފަރާތުން ފެނިގެންދާ އީމާންތެރިކަމެވެ. ބަންދުވެ އިންސާނީ އެތައް ހައްގަކުން މަހުރޫމްވެ އަމިއްލަ އާއިލާ ލޯކުރިމަތީ ޝަހީދުކޮށްލާ މަންޒަރު ބަލަމުން މާތްﷲ ހަމްދުކުރާގޮތް ފެނި ދުނިޔެ އަޖައިބު ވެއްޖެއެވެ. ތެދެކެވެ. މުސްލިމުންގެ ހަތިޔާރަކީ ދުޢާއެވެ. އަދި ރިވެތި އަހްލާގަކީ އިސްލާމް ދީން ފެތުރިގަތް މައިގަނޑު ސަބަބުކަން 1400 އަހަރުފަހުންވެސް މިދަނީ ފެނި ހާމަވަމުންނެވެ. ފަލަސްޔީނުގެ ހަނގުރާމައާއެކު އިސްލާމް ދީނުގެ ހަގީގަތް ހޯދާ މީހުން ގިނަވެ ދީނާއި މެދު ޝައުގުވެރިވާ މީހުން ގިނަވެއްޖެއެވެ. ފަލަސްތީނު ރައްޔިތުންގެ ހިތްވަރުން އިސްލާމްދީނަށް ނަސްރެއް ލިބިއްޖެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.