Advertisement

08 Dec 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

އެންމެ ފަހުވަގުތާ ޖެހެންދެންވެސް ޕެލޭގެ ސަންތޯޝް ރެލިގޭޓުވާނެކަމަކަށް ހިޔެއް ނުކުރެވުނު

އެއީ 1912 ވަނަ އަހަރުގެ އެޕްރީލް 14 ވަނަ ދުވަހެވެ. ހުރިހާ ކަނޑަކަށް ވެސް ހެޔޮވަރުވާނެކަމަށް ބުނި ޓައިޓޭނިކް، އައިސްބާގެއްގައި ޖެހި އެޓްލާންޓިކް ކަނޑަށް އަޑިޔަށްދިޔަ ދުވަހެވެ. އަދި ހަމަ އެ ދުވަހަކީ ދެކުނު އެމެރިކާގެ ބްރެޒިލްގެ ކުޅިވަރަށް ލޯބިކުރާ 3 މީހަކު އެކުވެ، 1950 އިން 1970 އާއި ދެމެދު ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ގަދަ ކަނޑުތަކުގައިވެސް ހާސްކަމެއް ނެތި ދަތުރުކުރި ޓީމު، ސަންތޯޝް އުފެދުނު އަހަރުވެސްމެއެވެ.

އެ ދުވަހަށްފަހު އެ ޓީމުގެ 111 އަހަރުވީ ދިގު ތާރީހުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފިއެވެ. އެއް އިރެއްގައި ބްރެޒިލްގެ އެންމެ ގަދަ ބާރު ވެސް މެއެވެ. ނަމަވެސް އެ ޓީމަށް މި ސީޒަނަކީ އެންމެ ނާކާމިޔާބު ސީޒަނެވެ. އެގޮތުން "ކެމްޕިއޮނާޓޯ ބްރަސިލޭރޯ ސީރީ އޭ" ނުވަތަ ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގައި މި ސީޒަނުގެ އެންމެ ފަހު މެޗު ވެގެންގޮސްފައި މިވަނީ ސަންތޯޝްގެ މުޅި ތާރީޙް ބަދަލުވި މެޗަކަށެވެ. އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ފޯޓަލޭޒާއިން 2-1 އިން ސަންތޯޝް ބަލިކުރުމުން، އެ ޓީމުގެ ދިގު ތާރީހުގައި ކުރިމަތިލާންޖެހުނު އެންމެ ހިތްދަތި ބައްޔާ މިވަނީ ކުރިމަތިލާންޖެހިފައެވެ. އެއީ ލީގުން ރެލިގޭޓްވުމުގެ ހިތި ނަތީޖާ ކުރިމަތިކުރުވި ބައްޔެވެ.

ސަންތޯޝްއިން ލީގުގެ ފަހު މެޗާ ކުރިމަތިލީ ރެލިގޭޝަނުން ސަލާމަތްވާނެކަމުގެ ފޮނި އުއްމީދުގައެވެ. އެއީ އެ ޓީމު އޮތީ ރެލިގޭޝަނާ ދެން ވާދަކުރި ވަސްކޯޑަގާމާއަށް ވުރެން 1 ޕޮއިންޓް އަދި ބާހިއާއަށް ވުރެން 2 ޕޮއިންޓު ކުރީގައިކަމަށް ވުމުންނެވެ. އެ ދެ ޓީމަށް އޮތީވެސް މޮޅުވާނެކަމަށް މާބޮޑު އުއްމީދެއް ކުރާނެވަރަށް ވުރެން ވެސް އުނދަގޫ ދެ މެޗެވެ. އަދި އެހެންވީނަމަ، މޮޅުނުވެވެސް ސަންތޯޝް ރެލިގޭޝަނުން ސަލާމަތްވީހެވެ.

ނަމަވެސް، ކަންތައް ދިމާވީ ހީކުރިގޮތަކަށް ނޫނެވެ. މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވެފައި އޮތުމަށްފަހު، ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ފޯޓަލޭޒާއިން ލީޑު ނަގައި ސަންތޯޝް ބަލިކުރީއެވެ.

ބްރެޒިލްގެ ފުޓުބޯޅަ ލީގުގައި މިހާތަނަށް ރެލިގޭޓް ނުވާ ހަމައެކަނި ޓީމުތަކުގެ ގޮތުގައި އޮތީ އަބާދީގައި 3 ލައްކަ ހަމަ ނުވާ ސަންތޯޝް ސިޓީއަށް ނިސްބަތްވާ ސަންތޯޝް އާއި މިލިއަނުން އާބާދީ ގުނާލެވޭ ފްލެމިންގޯ އަދި ސައޮ ޕައުލޯއަށް ނިސްބަތްވާ ޓީމުތަކެވެ. ނަމަވެސް ޕެލޭ، ނޭމާ އަދި ބްރެޒިލްގެ މޮޅެތި ހުނަރުތަކެއް ފެނިގެން ދިޔަ ސަންތޯޝްއަށް މިހާރު އެ ދުވަސް ބަދަލުވެއްޖެއެވެ. ޓީމުގެ އެންމެ ދަށް ކުޅުމެއް ފެނިގެން ދިޔަ މި ސީޒަނުގައި އެ ޓީމު 17 މެޗުން ބަލިވެފައިވެއެވެ. އަދި 38 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެ އެ ޓީމަށް ލިބުނު ޖުމްލަ 43 ޕޮއިންޓާއެކީ ލީގު ނިންމާލަން ޖެހުނީ 17 ވަނައިގައެވެ.

ރެލިގޭޓްވުމުގެ ކުރިންވެސް، ފާއިތުވެގެންމިދާ އަހަރަކީ ސަންތޯޝްއަށް ހިތާމަވެރި އަހަރެކެވެ. އެ ޓީމަށް ކުޅެދިން އެންމެ ހުނަރުވެރި ކުޅުންތެރިޔާ، އަދި އެ ކުޅުންތެރިއެއްގެ ސަބަބުން އެ ކްލަބު މުޅި ދުނިޔެއަށް އެނގިގެންދިޔަ ޕެލޭ 2022 ވަނަ އަހަރުގެ ޑިސެމްބަރ 29 ގައި މަރުވުމާ ގުޅިގެން އެ ސިޓީއާއި ސަންތޯޝްގެ ސަޕޯޓަރުންނަށް އެއީ ހިތާމައިގެ އެއްބައެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.