ރިޕޯޓް
ރިޕޯޓް
20 Aug 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ތައާރަފްކުރުން
ސިއްހީ ޚިދުމަތަކީ އިންސާނަކަށްވީތީ ކޮންމެ މީހަކަށްމެ ކަށަވަރުވާންޖެހޭ އިންސާނީ ޙައްގެކެވެ. އެމީހެއްގެ ޤައުމާއި ޤައުމުން ބޭރުގައިވެސް ސިއްހީ ފަރުވާ ލިބިދޭންޖެހެއެވެ. ބައެއް ޤައުމުތަކުގައި އެޤައުމުތަކުގެ ރައްޔިތުންނަށްވެސް ސިއްހީ ފަރުވާއަކީ ހޭދަ ބޮޑު، ދެކޮޅުޖައްސަން ދަތި ހަރަދެކެވެ. އަދި ދުނިޔޭގެ ގިނަ ޤައުމުތަކުގައި ބިދޭސީންނަށް ސިއްހީ ފަރުވާގެ އަގު އެޤައުމުގެ ޢާއްމުންނަށްވުރެ ބޮޑެވެ.
18 Aug 2023
ރިޕޯޓް
ބޯހިޔާވަހިކަމުގައި ސަރުކާރުތަކުން އަމަލުކުރިގޮތް
2012 ވަނަ އަހަރު އެމްޑީޕީ ސަރުކާރުގެ ވެރިކަން ވެއްޓުނު އިރު، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބި އެތަންތަނުގެ އެގްރިމެންޓް ނުހެދި ތިބި މީހުންނަށް އެތަންތަން ލިބޭގޮތެއް ނުވިއެވެ. ގާކޮށްޓާއި އަރަބިއްޔާ ފްލެޓްތައް ރައީސް ޔާމީނުގެ ދައުރުގައި ނިމިގެން ދިޔައިރު، އެތަންތަނުން ފްލެޓްދޭން ކަނޑައެޅި ފަރާތްތަކުގެ އަތުން ފްލެޓްތައް އަތުލައި އަދި ދެރަ ނިކަމެއްޗަކަށް އެއިންތަނަކާއި ގާތްވާން ނުކެރޭވަރަށް އަގު ބޮޑުކޮށްލީ ރައީސް ޔާމީނުގެ ސަރުކާރުންނެވެ. މިގޮތުން ގާކޮށްޓާއި އަރަބިއްޔާ ފްލެޓްތަކުގެ ޖުމުލަ ކުއްޔަކީ ދެމިލިޔަން ރުފިޔާކަމަށް ކަނޑައަޅައި، ފަސްއަހަރު ދުވަހަށް ބަހާލައިގެން، މަހަކު 33,000ރ. ނުދައްކާނަމަ އެފްލެޓްތައް ނުލިބޭނެކަން މާލޭގެ ރައްޔިތުންނަށް އެންގީ ރައީސް ޔާމީނުގެ ސަރުކާރުންނެވެ.
17 Aug 2023
ޖަޒީރާ ދިރިއުޅުން
ތަރައްޤީގެ ލިސްޓުން ބާކީވެފައި އޮތް ބޮޑުފޮޅުދޫއަށް އުއްމީދު ގެނުވައިފި
ރަށުގެ އުމްރާނީ ތަރައްޤީއަށް ބަލާލާއިރު، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ކުރިން ބޮޑުފޮޅުދޫއަށް އެއްވެސް މިންވަރަކަށް ތަރައްޤީ އައިސްފައި ނުވާކަން އެރަށު ކައުންސިލުން ފާހަގަ ކުރިއެވެ. ބޮޑުފޮޅުދޫ ތަރައްޤީގެ ލިސްޓުން ބާކީ ކުރުމުގެ ސަބަބަކީ، އެ ރަށުގެ އާބާދީ ކުޑަކަމުންކަމަށް ޤަބޫލުކުރައްވާކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.
16 Aug 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް
ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކުރުމަކީ ދިވެހީންނަށް މުހިންމުކަމެއް
ރާއްޖެއަކީ އާބާދީގެ ގޮތުން ބަލާއިރު ކުޑަ ޤައުމެކެވެ. ވަޞީލަތަށް ބަލާއިރުވެސް އަމިއްލައަށް އުފައްދާތަކެތިން ދެކޮޅު ޖެހުމަކީ ނާދިރު ޙާލަތެކެވެ. އެހެންކަމުން ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ދިވެހިން ތިބީ ނާޒުކު ހާލަތެއްގައެވެ. ސަބަބުތައް ވަރަށްވެސް ގިނައެވެ. އެހެންކަމުން އަދުގެ ޖިއޮޕޮލިޓިކަލް ދުނިޔޭގައި ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަކީ މުހިއްމުކަމެކެވެ.
07 Aug 2023
ކީއްވެ އިބޫ؟
ރަށްތައް ތަރައްގީ ކުރައްވަނީ އެރަށެއްގެ ރައްޔިތުންގެ އަޑު އައްސަވައިގެން
މިސަރުކާރަކީ ރާއްޖޭގެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ ގެންދިއުމުގާ ވަރަށް ބޮޑަށް ރައްޔިތުންގެ ބައިވެރިވުމާއި ވިސްނުމާ އިޙްސާސްތައް އެކުލެވިގެން ހިނގަމުންދާ ސަރުކާރެއްގެ ގޮތުގައި މެމްބަރު އަޙްމަދު ޢަބްދުالله ގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ވެރިކަމަށް އައިސްފައިވާ ރައީސުންގެ ތެރެއިން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އެންމެ ތަފާތު އެއް ސިފަފުޅަކީ އަޑުއެއްސެވުން ކަމުގައިވެސް ވިދާޅުވިއެވެ.
06 Aug 2023
ޖަޒީރާ ދިރިއުޅުން
ރަކީދޫ - އާބާދީ އެންމެ ކުޑަ ރަށް، އެކަމަކު ބޮޑެތި މަޝްރޫޢުތަކެއް
ރަކީދޫގައި ދިރިއުޅޭ މަދު މީސްކޮޅުގެ ސަބަބުން ކުރީގެ ސަރުކާރުތަކަށް އެހާ މުހިންމު ރަށަކަށް އެ ރަށް ނުވެ އޮތް ނަމަވެސް، މިއަދު އެކަން ބަދަލުވެއްޖެއެވެ. އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި އެ ވަޞީލަތްތައް ފުރިހަމަ ކޮށްދެއްވުމަށް އިސްކަން ދެއްވާ، އަދި ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ބައްލަވައި އެކަންކަން ހައްލުކޮށްދެއްވަން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެކަން މިއަދު އެރަށުގެ ރަށްޔިތުންނަށް ގަބޫލު ކުރެވޭނެއެވެ.
04 Aug 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް
ވިހެއުމުން ދޭންފެށި ޗުއްޓީއާ އެކީ އާއިލާތަކަށް ލިބުނީ ބޮޑު ހިންހަމަޖެހުމެއް
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެން އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ މަސައްކަތުގެ 100 ދުވަހުގެ ތެރޭގައި ކުރެއްވެވުމަށް ނިންމެވި އެއް ކަމަކީ ވިހެއުމާއި ގުޅިގެން ސަރުކާރުގެ ވަޒީފާ އަދާކުރާ މަންމައަށް 6 މަސް ދުވަހުގެ މެޓަރނިޓީ ލީވް އަދި ބައްޕައަށް 1 މަސް ދުވަހުގެ ޕެޓަރނިޓީ ލީވް، މުސާރައާއިއެކު ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އެގޮތުން 19 ނޮވެމްބަރ 2018 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގައި، މި ފާހަގަކުރި ވަޢުދު ހިމެނޭހެން، ސަރުކާރުގެ ފުރަތަމަ މަސައްކަތުގެ 100 ދުވަހުގެ ތެރޭގައި ކުރުމަށް ރާވާފައިވާކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ފެށުމަށް ނިންމުނެވެ.
02 Aug 2023
ރިޕޯޓް
ސަމާސާއަކަށް ނަމަވެސް ދޮގެއް ނުހަދާށެވެ
ހިތާމައަކީ ރާއްޖޭގެ ސިޔާސީ މަސްރަހުން ވެސް މިހާރު މި ޒާތުގެ ސަމާސާތައް ފެންނަން ފެށީމައެވެ. އަންގާރަ ދުވަހުގެ މެންދުރެއް ހާއިރު "ދަ ޑިމޮކްރަޓްސް" އަށް ނިސްބަތްވާ ވަޓްސްއަޕް ގްރޫޕެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ލިޔުއްވިކަމަށް ބުނާ މެސެޖެއް "ފަތިއަޑު ކިޔާފައި" ދައުރުވިއެވެ. އެ މެސެޖުގައި އެ މަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި "ބައިބައިވެއްޖެ ނަމަ އަޅުގަނޑަށް ފެންނަނީ މާ ފަސޭހަކޮށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ނަގާތަން. ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކާމިޔާބުކުރާ ދުވަސް ވެގެންދާނީ އަޅުގަނޑުގެ ސިޔާސީ މަސައްކަތުގެ އެންމެ ފަހު ދުވަހަށް. ވިސްނަންވީ ތިބޭފުޅުން"، މިހެންނެވެ.
14 Jul 2023
ރިޕޯޓް
ރައީސް ނަޝީދަށް އެމްޑީޕީ ރޫޅައިލެއްވިދާނެތަ؟
ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމަށްފަހުގައި ރައީސް ނަޝީދު އެމްޑީޕީގެ މެމްބަރުންނަށް ދެއްވި އިންޒާރަށް އެމްޑީޕީގެ އެންމެ ގްރާސް ރޫޓުގެ މެމްބަރުންވެސް އަންނަނީ ސޯޝަލްމީޑިއާގައި ރައްދު ދެމުންނެވެ. ރީތި ބަހުންނާއި ހުތުރު ބަހުންނެވެ. އެ އެންމެވެސް އިއްތިފާޤުވާ ކަމަކީ، އެމްޑީޕީއަކީ އެޕާޓީގެ އާއްމު މެމްބަރުންގެ ޕާޓީއެއް ކަމެވެ. ވަކި މީހެއްގެ ވަކި އާއިލާއެއްގެ ވަކިފެންވަރެއްގެ ވަކިރަށެއްގެ ޕާޓީއެއް ނޫންކަމެވެ. ޕާޓީއާ މެމްބަރުން ގުޅެމުން ވަކިވަމުންދާނެއެވެ. އިސް ސަފުގައި ތިބި ލީޑަރުން ބަދަލުވަމުންދާނެއެވެ. އެއީ ދުނިޔޭގެ ހަމައާ ޒަމާނާއި ވަގުތާއި ޙާލަތުގެ ގޮތުންނެވެ.
07 May 2023
ރިޕޯޓް
ވަޒީފާއަށް ފަރުވާ ކުޑަކުރުން ނިމުމަކަށް އަންނާނީ ކޮންއިރަކުން ބާ؟
ދިވެހިރާއްޖެއަކީ ކުޑަ ގައުމެކެވެ. އެހެން ނަމަވެސް އެއީ ދުނިޔެ އާއި އެއްފެންވަރަށް އަހަރެމެންގެ ސިކުނޑިތައް ތަރައްގީ ނުވެވެންވީ, ނުވަތަ އެފަދަ އީޖާދީ ހުނަރުތައް ދިވެހިންގެ ގައިގައި ނުހުންނަންވީ ސަބަބެއް ނޫނެވެ. ބޭނުންވަނީ ވިސްނުމުގެ ކުޅަދާނަކަމާއި, މިފަދަ ކަންކަމަށް އަދުގެ ޒުވާން ޖީލު ދީލާނެ ޝައުގުވެރިކަމެވެ.
19 Apr 2023
ރިޕޯޓް
އެފްކޮންސް ވިއްކާލުމުން ތިލަމާލެ ބުރިޖުގެ މަޝްރޫއަށް ދެންވާނީ ކިހިނެއް؟
ގްރޭޓާމާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތްތަކަކީ، އިދިކޮޅު ފަރާތްތަކުގެ އަމާޒަކަށް އަބަދުވެސް ވެފައި އޮތް މަޝްރޫޢަކަށް ވުމާއިއެކު، ބުރިޖު އެޅިދާނެތޯ ޝައްކު އުފެއްދުމަށް ލިބޭ އެއްވެސް ފުރުޞަތެއް އެފަރާތްތަކުން ދޫކޮށެއް ނުލައެވެ. މިގޮތުން މިހާރު އަނެއްކާ އަލަށް ފަތުރަމުން އަންނަ ވާހަކައަކީ، އެފްކޮންސްގެ މައި ކުންފުނިން އެގްކޮންސް ވިއްކާލަން އުޅޭތީ އެވާހަކައެވެ. އަދި އެފްކޮންސް ވިއްކާލާއިރު، ބުރިޖުވެސް ވިއްކާލާނެކަމަށް ބުނެ ސޯޝަލް މީޑިއާގެ މަންސަތަކުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ވާހަކަތައް ފަތުރަމުންނެވެ.
19 Apr 2023
ރިޕޯޓް
ހުޅުމާލޭގެ ބަހާރު މޫސުމް، މިފަހަރު، ރީތި ގަސްތަކަށް!
ރީތިގަސް ނުވަތަ ޑިލޯނިކްސް ރެޖިއާއަކީ، ދުނިޔޭގެ ހޫނު ސަރަހައްދުތަކުގައި ހެދޭ ގަހެކެވެ، މިއީ ބޮޑު ހިޔަލެއް އޮންނަ އުސްކޮށް އަދި ބިޔަކޮށް ހެދޭ ގަހަކަށް ވުމާއިއެކު މުޅިގަހުގައި މާ އަޅާފައި އޮންނައިރު އެމަންޒަރު ނުހަނު ރީއްޗެވެ.
20 Jun 2021
ރިޕޯޓް
އަތޮޅުތެރޭގެ ބޯހިޔާވަހިކަމުގެ މައްސަލައާއި ގެދޮރުވެރިޔާ ލޯނު
އަތޮޅުތަކުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށް، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ހުށައަޅާ ހައްލަކީ ގެދޮރުވެރިޔާ ލޯނެވެ. ސުވާލަކީ، މިލޯނުގެ ސަބަބުން ރައްޔިތުންނަށް ކުރާނީ ކޮންފައިދާއެއްތޯއެވެ.
06 Jun 2021
ރިޕޯޓް
ދުންފަތުގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރަން ޖެހިފައި!
ރާއްޖޭގެ ޒުވާނުންގެ އާބާދީގެ ބޮޑުބައެއް ވަނީ ދުންފަތުގެ ވަބާގައި ޖެހިފައެވެ. ދުންފަތުގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމަށް ތަފާތު ފިޔަވަޅުތައް ސަރުކާރުން އެޅި ނަމަވެސް، އެކަށީގެންވާ ނަތީޖާއެއް ނުފެންނަނީ ކީއްވެބާ؟
10 May 2021
ރިޕޯޓް
ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާ
ޓެރަރިސްޓް ހަމަލާތަކުގެ ބިރުވެރިކަން ރާއްޖެއަށް އޮތް މިންވަރު އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2007 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ސަލްޓަންޕާކުގައި އައިއީޑީއެއް ގޮއްވާލި ހާދިސާއިންނެވެ. އޭގެ ފަހުން ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި، މެއިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއިން، ރާއްޖޭގައި ދީފާނެ ޓެރަރިސްޓް ހަމަލާތަކުގެ ބިރުވެރިކަން މިވަނީ އިތުރުވެފައެވެ.
18 Apr 2021
ރިޕޯޓް
އާސަންދައިގެ ޚަރަދު ބޮޑުވާ ސަބަބުތައް
ސަރަހައްދީ ޤައުމުގެ ތަކުގެ ތެރެއިން ވެސް ޤައުމުގެ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރެވޭނެ ހެލްތު އިންޝުއަރެންސް ނިޒާމެއް ޤާއިމް ކުރެވިފައިވާ އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. އެހެން ނަމަވެސް ރާއްޖޭގެ އިޤުތިޞާދީ ހާލަތަށް ބަލާއިރު އާސަންދައަކީ ދައުލަތަށް ބޮޑު ބުރައެއް ކަމަށް އިޤުތިޞާދީ މާހިރުން ބުނަމުން ދަނީ މިސްކީމުގެ ތެރެއިން ކުރެވޭ އިސްރާފާއި ނާޖާއިޒް ބައެއް ފަރާތްތަކުން ނަގާ ނާޖާއިޒް ފައިދާތަކުގެ ސަބަބުންނެވެ. މިކަން ހުއްޓުވަން ކުރަންވީ ކަމަކީ ކޮބައިބާ؟