Advertisement

އޭދަފުށީ ސްޓޭޑީއަމް، ފޮޓޯ: ސިޑިބަރި

28 Oct 2023
ކުޅިވަރު

އޭދަފުށީ ކަޕް ނިމިގެން ދިޔައިރު އެ ރަށުގެ ސްޓޭޑިއަމަށް ގިނަ ބައެއްގެ ސަމާލުކަން

ޤައުމީ ޓީމާއި ފުރަތަމަ ޑިވަޝަނުގެ ގިނަ ކުޅުންތެރިންތަކެއް ފެނިގެން ދިޔަ ރެޑް ވޭވް އޭދަފުށީ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު ހުކުރު ދުވަހުގެ ހަވީރު ކުޅުނުއިރު، މި މުބާރާތުންވަނީ ތަފާތު ކަންތައްތަކެއް ފާހަގަ ކުރެވިފައެވެ. މިކަންތައްތަކުގެ ޙާއްސަކަމަކީ، މީގެ ތެރެއިން އެއްވެސްކަމަކީ އަދި މިހާތަނަށް މި ފެންވަރުގައި މާލެ ފިޔަވާ އެހެން ރަށަކުން ފެނިފައި ނުވުމެވެ.

އެގޮތުން ފުރަތަމަކަމަކީ، އޭދަފުށީގައި ބިނާކޮށްފައިވާ ރީތި ސްޓޭޑިއަމެވެ. މި ސްޓޭޑިއަމްގެ މަސައްކަތް މުޅިން ނިމިފައި ނުވިނަމަވެސް، އެ ސްޓޭޑިއަމްގެ ހިތްގައިމުކަން މިވަނީ ފެނިފައެވެ. އަދި މިއީ ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ނުދައްކާ ދޫކޮށްލެވޭ ވަރަށް ވުރެ، ދައްކާ ހިތްވާ ވާހަކައަކަށް މިވަނީ ވެފައެވެ. އެގޮތުން ފުޓުބޯޅަ ކޮމެންޓޭޓަރ ހަފްސީ އަބްދުﷲ ވަނީ އެ ސްޓޭޑިއަމްގެ ފުރިހަމަކަން، އެ ތާންގައި ހުރެ ނެގި ވީޑިއޯތަކަކާއެކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ހަފްސީ ސިފަކޮށްފައިވާ ގޮތުގައި އޭދަފުށީ ސްޓޭޑިއަމްއަކީ މިވަގުތު ރާއްޖޭގައި ހުރި ކުޅިވަރުގެ އެންމެ ވަރުގަދަ އިންފްރާސްޓްރަކްޗާރ ކަމަށާއި، އަދި އެއީ އެންމެ ރަގަޅު، އެންމެ ފުރިހަމަ އަދި އެންމެ ޒަމާނީ ސްޓޭޑިއަމްކަމަށެވެ. ހަފްސީ އިތުރަށް ފާހަގަކުރީ، ރާއްޖޭގެ ރަސްމީ ސްޓޭޑިއަމް ވެސް އޭދަފުށީ ސްޓޭޑިއަމްއާ އެއް ފެންވަރު ނޫން ކަމަށާއި، އޭދަފުށީ ސްޓޭޑިއަމް ހުރިހާ ގޮތަކުން ވެސް ގަލޮޅު ދަނޑަށް ވުރެ ފުރިހަމަކަމަށް ފާހަގަކޮށްފައިވެއެވެ.

Advertisement

އޭދަފުށީ ސްޓޭޑިއަމް އެއްކޮށް ނިންމާ އަދި ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ. ސްޓޭޑިއަމްގެ އެތެރެއަށް ނަޒަރު ހިންގާލާއިރު، ޗޭންޖިންގ ރޫމަކީ ރާއްޖެއިން މިހާތަނަށް ފެނިވައިވާ ފެންވަރުގެ ތަނަކަށް ވުރެ ހުރިހާ ގޮތަކުން ވެސް މާ ފުރިހަމަ ތަނެކެވެ. އެއީ ޔޫރަޕްގެ ބޮޑެތި ކްލަބްތަކުގެ ސްޓޭޑިއަމްގައި ހުންނަ ޗޭންޖިންގ ރޫމްތަކަށް ދޫކުރާ ފެންވަރުގެ ވެސް ތަނެއް ނޫނެވެ. މި ސްޓޭޑިއަމްގައި ފުރިހަމަކުރާނެ އިތުރު ވަސީލަތްތަކަށް ބަލާލާއިރު، ޖިމްއަކާއި، ފިޓްނަސް މަސާޖު ސެންޓަރެއް ހިމެނެއެވެ. މީގެ އިތުރުން ރެފްރީންނަށް ޙާއްސަ ރޫމަކާއި، ޕްރެސް ރޫމެއް ވެސް ހިމެނެއެވެ. އަދި ކުޅިބެލުންތެރިން ތިބުމަށް ތައްޔާރު ކޮށްފައިވާ ސިޑިބަރިވެސް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. އެގޮތުން، ކުޅިބެލުމަށް ވަޑައިގަންނަވާ ޙާއްސަ ބޭފުޅުންނަށް ވަކި ސަރަޙައްދަކާއި، ކޮމްނެޓޭޓަރުންނާއި މީޑިއާތަކުން ހަރަކާތްތެރިވުމަށް ވަކި ސަރަޙައްދެއް ގާއިމްކޮށްފައިވެއެވެ.

އޭދަފުށީ ސްޓޭޑީއަމްގައި ގާއިމްކޮށްފައިވާ ޗޭންޖިންގ ރޫމް، ފޮޓޯ: ސިޑިބަރި

އަދި މި ސްޓޭޑިއަމްގައި އަޅާފައިވާ ޓާފަކީ ފީފާއިން ގަބޫލުކުރާ ފެންވަރަށް ދުނިޔޭގައި ޓާފް އުފައްދާ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސް.ޕީ.އޭ އިން އުފައްދާފައިވާ އެސްޕީމެކްސް-45 ގެ ޓާފެއްކަމަށް އޭދަފުއްޓަށް ނިސްބަތްވާ ނޫހަކުން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން މިއީ ރާއްޖޭގައި ބިމުގެ ފަސް ހަރުކޮށްގެން އާންމުކޮށް އަޅާ ދަނޑުތަކާއި ތަފާތު ގޮތަކަށް އަޅާފައިވާ ދަނޑެކެވެ. އެގޮތުން ދަނޑުއަޅާ ބިން ފުނަށް ކޮނުމަށްފަހު އޭގެ މައްޗަށް 3000 ޓަނުގެ ފުނޑުކުރި ހިލަވެލިއަޅާ ބިން އެއްވަރުކޮށް، އޭގެ މަތީގައި ދަނޑުގެ އަޑިއަށް ފެން ނުދާނެހެން ވޯޓަރ ޕްރޫފް މެމްބްރޭންއެއް އަޅާފައިވެއެވެ. އަދި އޭގެ މަތީ ޝޮކްޑްރެއިން ނިޒާމު ގާއިމުކޮށްފައިވެއެވެ. މި ނިޒާމަކީ އާންމުކޮށް ބިމުގެ ފަސްހަރުކޮށްގެން އެޅޭ ދަނޑުތަކާއި ބަލާފައި ކުޅުންތެރިންނަށް ލިބޭ އަނިޔާ ކުޑަކޮށް ދޭނެ ނިޒާމެކެވެ.

އޭދަފުށީ ފުޓުބޯޅަ މުބާރާތް ނިމިގެން ދިޔައިރު ދެން ފާހަގަ ކުރެވުނު ކަމަކީ، ރާއްޖޭގެ ރަށެގައި މެޗު ބެލުމަށް ފުރަތަމަ ފަހަރަށް ޓިކެޓު ވިއްކައިގެން މުބާރާތެއް ބޭއްވުމެވެ. ރިޕޯޓުތައް ބުނާ ގޮތުން، ފައިނަލް މެޗަށް ވިއްކި 700 ޓިކެޓް އެއްކޮށް ހުސްވެ، ބްލެކް މާކެޓުގައި ވެސް ޓިކެޓުގެ މުއާމަލާތްތައް ކުރިއެވެ.

ދެން ފާހަގަ ކުރެވުނު އެންމެ މުހިންމު އަދި އެންމެ ޙާއްސަކަމަކީ، އޭދަފުށީ ދަރިއެއްގެ ހިތުގައި އެ ރަށަށާއި، އެ ރަށުގެ ޒުވާނުންގެ ކުރި އެރުމަށާއި، ރަށުގެ އިޖްތިމާއީ ކަންކަމަށް އޮތް ލޯތްބެވެ. އޭދަފުށީ ފުޓުބޯޅަ ސްޓޭޑިއަމަކީ އެ ރަށު ޗާންދަނީގޭ އަހްމަދު ނަޒީރު (ކްރައުން ނަޒީރު)ގެ ހަދިޔާއެކެވެ. މާލީ ގޮތުން ތަނަވެސް ކޮންމެ މަހުޖަނަކީ މިގޮތަށް އިޖްތިމާއީ ކަންކަމަށް ފައިސާ ހަރަދު ކުރާނެ މީހެއް ނޫނެވެ. ނަމަވެސް ނަޒީރުގެ މި ދީލަތިއެހީއަކީ ޒަމާންތަކަކަށް ދެމިގެން ދާނެ އެހީއެކެވެ. މީގެ ފައިދާ ކުރާނީ ހަމައެކަނި އޭދަފުށީ ޒުވާނުންނަށް، ނޫނީ އެ ރަށު ފުޓުބޯޅައަށް އެކަންޏެއް ނޫނެވެ. މީގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެކަން ޔަގީނެވެ.

އިތުރު އާޓިކަލް
06 Dec 2023
ކުޅިވަރު
ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރެސްގައި ހަތަރު މީޑިއާއަކަށް ބައިވެރިނުވެވޭނެކަމަށް ޔުނައިޓެޑުން އަންގައިފި
އިންގްލިޝް ޕްރިމިއަރ ލީގުގައި ބުދަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް އޯލްޑް-ޓްރެފަޑްގައި ނިކުންނަ މެޗުގެ ޕްރެސް ކޮންފަރެންސްގައި ހަތަރު މީޑިއާއަކަށް ބައިވެރިނުވެވޭނެކަމަށް ޔުނައިޓެޑުން ބުނެފިއެވެ.
06 Dec 2023
ޚަބަރު
މަޤާމުން ވަކިކުރި މީހުންނަކީ އިދާރީ އޮޅުމަކުން އައްޔަނުކުރެވުނު މީހުން: ރައީސް
ސްޓޭޓް މިިނިސްޓަރަކަށް އައްޔަނުކުރި މުންއިމް މަޤާމުން ވަކިކުރީ އޭނާއަކީ ވާދަވެރި ކެންޑިޑޭޓަށް ކެމްޕޭނުކުރި މީހަކަށްވާތީ ކަމަށް މައުލޫމާތު ލިބިފައެވެ. ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް އައްޔަނުކުރި ފަހުމީ ހަސަންއަކީ އޭނާ ސިވިލްސަރވިސސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުރި އިރު އެތަނުގެ މުވައްޒަފަަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވި ދައުވާ ކުރެވުނު މީހެކެވެ. އޭނާ މަޤާމުން ވަކިކުރީވެސް އާއްމުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުުވެފައި ވަނިކޮށެވެ.
05 Dec 2023
ޚަބަރު
މެޑިކަލް ޗެކަޕާއި، ދަރިމައިވުމުގެ ފަރުވާ އާއި ބޯންމެރޯ ޓްރާންސްޕްލާންޓަށް އާސަންދަ ލިބޭ ގޮތް ހަމަޖައްސައިދެނީ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑޮކްޓަރުންގެ ރިކުއެސްޓާއި އެކު އާސަންދައިން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދޭ ގޮތަށާއި، އައިވީއެފް, އައިޔޫއައި އަދި ބޯންމެރޯން ހެދޭނެގޮތަށް އާސަންދައިގެ އުސޫލުތައް ބަދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
05 Dec 2023
ޚަބަރު
ހައްޖު ފަރުޟުނުވާ 50 މީހަކު ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން މިއަހަރު ހައްޖަށް ފޮނުވައިދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ހައްޖަށް ދިޔުމުގެ ކެރިކުޅަދާނަކަން ލިބިގެންވާ އަދި ހައްޖު އެބައެއްގެ މައްޗަށް ވާޖިބު މީހުން، ހައްޖު ކޯޕަރޭޝަނަށް ހައްޖަށް ދިޔުމަށް ފައިސާދައްކައި، ކޯޓާ ނުލިބިގެން ހައްޖަށް ނުދެވި ތިއްބައި، ރާއްޖެއަށް ލިބޭ މަދުކޯޓާ ބޭނުންކޮށްގެން، ހައްޖު އެބައެއްގެ މައްޗަށް ފަރުޟު ނުވާ މީހުން، ސަރުކާރުން ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ހައްޖަށް ފޮނުވައި ދިނުމަކީ، އެންމެ ރަނގަޅުގޮތް ނޫންކަމުގައި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.