Advertisement

22 Aug 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް

ރާއްޖޭގެ ހުރިހާ ރަށަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން

ރާއްޖޭގެ ހުރިހާ ރަށަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން

01 ޑިސެމްބަރ 2018 - ސަރުކާރުގެ އަމާޒަކީރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފެއްޓެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުން

ރާއްޖެއަކީ ގުދުރަތީގޮތުން ރީތިކަމާއި ނާޒުކު ނަމަވެސް ރައްކާތެރި ވެއްޓަކާއި ގުދުރަތީ އެތައް ނިއުމަތެއް އިލާހިއްޔަ ރަހުމަތުން ލިބިފައިވާ ޤައުމެކެވެ. ބޭރު މީހުން ރާއްޖެ ސިފަކުރަނީ ދުނިޔެމަތީގައިވާ ސުވަރުގޭގެ ގޮތުގައެވެ. ގުދުރަތީގޮތުން ރާއްޖެއަށް ލިބިފައިވާ އެންމެ މުހިއްމު އެއް ނިއުމަތަކީ ރާއްޖޭގެ ގުދުރަތީ ފެން ފަށަލައެވެ. އެހެންނަމަވެސް އާބާދީ އިތުރުވުމާއި، ރަށުގެ ހުރިހާ ގޭބިސީއެއްގައި ފެންނަގާ ވަޅުގައި ޕަމްޕް ބަހައްޓައިގެން ފެން ނެގުމާއި، ދަނޑުވެރިކަމުގެ ބޭނުމުގައި ބިމަށް ވިހަ މާއްދާތައް ދޫކުރުމާއި، ރައްކާތެރި ނަރުދަމާގެ ނިޒާމެއް ނެތުމާއި، މޫސުމީ ބަދަލުތަކާއެކު ކަނޑުގެ ލޮނުގަނޑުގެ އަސަރު ކުރާ މިންވަރު އިތުރުވުމުގެ ސަބަބުން މި ގުދުރަތީ ފެންފަށަލަ ވަނީ ވަރަށް ގިނަ ރަށްރަށުގައި ތަޣައްޔަރުވެފައެވެ.

ނަތީޖާއެއްގެ ގޮތުން ގިނަ ރަށްރަށުގެ ފެން ނަޖިސްވެ، ފެނުގައި ވަސްދުވުމާއި ކުލަ ބަދަލުވުމާއި ފެނުގައި ރަހަލުމާއި ފެން ލޮނުވުމުގެ، މައްސަލަވަނީ ކުރިމަތިވެފައެވެ. ގިނަ ރަށްރަށުގައި ފެން ބޭނުން ނުކުރެވޭ ޙާލަތުގައި ހުރުމުގެ ސަބަބުން ކެއިންބުއިމަށް މީހުން ބޭނުންކުރަނީ ފެން ގަނެގެންނެވެ. އެއީވެސް ޙައްލެއް ނޫނެވެ.

ފެން ފަށަލަ ހަލާކުވެ ފެން ތަޣައްޔަރުވުމުގެ ސަބަބުން ލިބޭ ސިއްހީ ގެއްލުންތައް ވަރަށް ބޮޑެވެ. ރާއްޖޭގައި ކެންސަރުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާއިރު، ކެންސަރަށް މަގުފަހިކުރާ އެއް ކަމަކީ ރައްކާތެރި ނޫން ފެން ކެއިންބުއިމަށާއި ފެންވެރުމަށް ބޭނުންކުރެވުމެވެ. ހަމައެއާއެކު ބޭރަށް ހިނގުމާއި، ކޮލެރާއާއި، އެނޫންވެސް ނުރައްކާތެރި އެތައް ބައްޔަކަށް މަގުފަހިކުރާކަމެއްގެ ގޮތުގައި ސިއްހީ މާހިރުން ވިދާޅުވެއެވެ.  

މިހުރިހާ ކަމަކުން ދިވެހިން ދުރުކޮށް ރައްކާތެރި ބޯފެނާއި ނަރުދަމާ ކަށަވަރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޒައާމަތުގައި އެންމެ ހާއްސަ އިސްކަމެއް ދެއްވި އެއް ދާއިރާއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާވަނީ އެމަނިކުފާނުގެ ފުރަތަމަ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރި ބޯފެނާއި ނަރުދަމާ ކަށަވަރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެހެން ހުރިހާކަމެއްކުރުމުގެ ކުރިންވެސް ގައިން ތާހިރުވެ ތިބުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެއްކަމުގައި ރައީސްވަނީ ފާހަގަކުރައްވާފައެވެ. މިއާއެކު ކުޑަ ރަށެއް ބޮޑު ރަށެއް ވަކިކުރުމެއްނެތި ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނަށް ހުރި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް އެކި ފަރާތްތަކާއި ހަވާލުކޮށްގެން އަންނަނީ ހިނގަމުންނެވެ. އެތައް ރަށެއްގެ މަސައްކަތް ނިމި އޭގެ ފައިދާ ރައްޔިތުންނަށް ލިބެމުންދާއިރު ބައެއް ރަށްރަށުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ. އަދި ބައެއް ރަށްރަށުގެ މަސައްކަތް ފެށުމުގެ މަރުހަލާގައި ހުރިއިރު ބާކީހުރި ރަށްރަށުގެ މަސައްކަތް ހުރީ ބީލަން މަރުހަލާގައެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ރައްޔިތަކަށްވެސް ރައްކާތެރި ފެނާއި ނަރުދަމާ ކަށަވަރުކޮށްދިނުމަށް 2010 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައިވެސްވަނީ، އެއީ އިންސާނީ ހައްގެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ކަން މިހެން އޮތްނަމަވެސް، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގައި، މިކަމަށް މާބޮޑު ފަރުވާތެރިކަމެއް ދެވިފައިނުވެއެވެ. މިކަން ބަދަލުކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއްކަމުގައި މިކަން ހަމަޖައްސަވާ ރައްޔިތުންގެ މަޖްލީހުގެ ތެރެއިން އެކަމަށް ޤަނޫނީ ބާރުދެއްވާ 2020 ވަނަ އަހަރުވަނީ ރާއްޖޭގެ ފުރަތަމަ ފެނާއި ނަރުދަމާގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ތަސްދީގްކުރައްވާފައެވެ.

ޤައުމުގެ ހާލަތު ކުރިއެރުވުމަށް ރައްޔިތުންގެ ހާލަތު ބަދަލުކޮށް ދިރިއުޅުމުގެ ފެންވަރު މަތިކުރަންޖެހެއެވެ. ބަލިތައް ޖެހުމަށް މެދުވެރިވާ ސަބަބުތައް ނައްތާލަންޖެހެއެވެ. ފަތުރުވެރިކަން ވިއްކައިގެން ނަފާ ހޯދާ ބަޔަކު، ފަތުރުވެރިންނަށްޓަކައިވެސް މިއީ ސާފު އަދި ރައްކާތެރި ތަނެއްކަން ކަށަވަރުކޮށްދޭންޖެހެއެވެ. އެއީ އެންމެ އަސާސީ ބޯފެނާއި ނަރުދަމާއިންވެސްމެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.