Advertisement

ފޮޓޯ: ނޫން ގްރެފިކްސް ޓީމް

14 Sep 2023
ރިޕޯޓް

އަޅުވެތިކަމުގެ ފިޔަވަޅެއްގެ މަތީގައި ހުރެ މިނިވަންކަން އިޙްސާސް ކުރެވޭނެ ހެއްޔެވެ؟

ރިޔާސީ އިންތިހާބުގެ މި ދުވަސްވަރަކީ، މިނިވަންކަމުގެ ވާހަކަ އެކިއެކި މާނައިގައި ވަރަށް ގަދަޔަށް ދެކެވޭ ދުވަސްވަރެކެވެ. އެއް ބަޔަކު ކެމްޕެއިން ކުރުމަށެވެ، އަދި އަނެއްބަޔަކު އެންޓި ކެމްޕެއިން ކުރުމަށެވެ. ކޮންމެ އަކަސް މިކަމުގައި ޔަގީންވާ އެއް ކަމެއް އެބައޮތެވެ. އެއީ އަހަރެމެން މިއަދު މި ތިބި ފިޔަވަޅުގެ ހަޤީޤަތެވެ. ފުންކޮށް ވިސްނާލުން މުހިންމެވެ. އަޅުގަނޑާއިއެކު ހިންގަވާށެވެ. ޖަވާބު ހޯދާނީ ޅެންވެރި ގުލްދަސްތާއަކުންނެވެ.

ޤައުމީ ލަވަތަކަކީ އެއިން ޤައުމީ ޖޯޝާއި ރޫޙު އަދި ވަޠަނީ ލޯބީގެ އުތުރިއެރުން ގެނެސްދޭ އެއްޗެކެވެ. މިޒަމާނުގެ ދިވެހި މޮޅެތި ޅެންވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ނިޝާން ޢިއްޒުންދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިންގެ ކުޅަދާނަ ގަލަމުން ލިޔުއްވާފައިވާ، "މިނިވަންކަމުން އަޅުވެތިކަމަށް ދާނަންހޭ؟ ނުދާނަމޭ" އަކީ، އެމަނިކުފާނު ހެއްދެވި "އިލާހީ މިބިން" ފަދަ ޤައުމީ ދަރީންގެ ހިތްތަކުގެ އެންމެ ހިމަނާރާ ކުޅެލާފަދަ ލަވައެކެވެ. ލަވައިގެ މައިގަނޑުގައި ޅެންވެރިޔާ ކުރަނީ ސުވާލެކެވެ. އެއީ ޤައުމުގެ ދަރިޔަކު، ޤައުމެއްގެ ދަރިޔަކާއި ކުރާ ސުވާލެކެވެ. މިނިވަންކަމުން އަޅުވެތިކަމަށް ދާންނަތޯ ކުރާ ސުވާލެވެ. އާދޭހެވެ. ޤައުމުގެ ކޮންމެ މުވާޠިނެއްގެ ޖަވާބަކަށް ވާނީ ނުދާނެކަމެވެ.

މިނިވަންކަމުން އަޅުވެތިކަމަށް، ދާނަންހޭ، ނުދާނަމޭ.

ފިނި ހިޔަލަކުން، ގަދަ ހޫނަކަށް، ދާނަންހޭ، ނުދާނަމޭ. 

ޤައުމީ ޖޯޝުގެ މިރޫޙީ ލަވައަކީ، ޤައުމިއްޔަތުގެ ކޮންމެ މެޙެފިލަކަށްވެސް ކޮންމެ ވަގުތަކަކަށްވެސް އަބަދުވެސް އެކަށޭނަ ބައުވުމެއް ނެތް ލަވައެކެވެ. އަދަބިއްޔާތުގެ އަދަބީ ސިފަ އޭގައިވާ ލަވައެކެވެ. ވީއިރު މިވަގުތަށް މިލަވަ ޚާއްޞަކުރީ ކީއްވެތޯއެވެ؟

ސިޔާސީ ގޮތުން ޤައުމު ޙަލަބޮލިވެ އަމާން އައްސޭރިއަކަށް ދާން ބޭނުންވާ ހިނދު، ކާރިސާއެއްގެ ވަގުތުގައި އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު، އެންމެންގެ އަތާއި އަތް، ހިތާ ހިތް ގުޅުވައިދޭ ފާލަމަކީ، އަސަރުގަދަ ޤައުމީލަވަތަކާއި ރާގުތަކެވެ.

މަލްޓިޕާޓީ ސިޔާސީ ނިޒާމެއް ރާއްޖެއަށް ތަޢާރަފްވެ ދިވެހިރާއްޖެ ޑިމޮކްރަސީއަށް ކުރަމުން މިދާ ދަތުރުގައި، 18 އަހަރުވެފައި ވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މިދައުރަކީ، އެންމެ އަމާން އޮމާން 5 އަހަރުކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ލިބިދީފައިވާ މިނިވަންކަން އޭގެ އެންމެ ފުރިހަމަ މާނައިގައި ހަމަގައިމު ވެސް މި ފަސް އަހަރު ލިބިދިނެވެ. ސިޔާސީ ކުށްވެރިއެއް ނެތެވެ. ޖަލަށް ލެވުނު ނޫސްވެރިއަކު ނެތެވެ. ބަންދުކުރެވުނު ނޫހެއް ޓީވީ ޗެނަލެއް ނެތެވެ. ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ މީގެ ކުރިން ދުވަހަކުވެސް ނެތް މިންވަރަށެވެ. އެހެންވީމާ މިނިވަންކަމުގެ މިދައުރު ދޫކޮށް އަޅުވެރިކަމަކަށް ދާން އެދެންތޯ ޤައުމުގެ ހާލުގެ ދުލުންވެސް އެދި ސުވާލު ކުރާނެއެވެ. އެސުވާލުގެ ޖަވާބަކަށް، ޤައުމިއްޔަތުގެ ލޯބި ހުރި ކޮންމެ ދުލަކުން އިވޭނެ ޖަވާބަކީ ނޫނެކެވެ. ނުދާނަމެވެ. މައިގަނޑުގެ އަނެއްބައިގައި ޅެންވެރިޔާ ކުރާ ސުވާލަކީ، ފިނި ހިޔަލަކުން ގަދަ ހޫނަކަށް ދާނަންތޯ ކުރާސުވާލެވެ. އެސުވާލަށް ޖަވާބު ދެއްވަނީވެސް ޅެންވެރިޔާއެވެ. އާދެ! އެޖަވާބަކީ ނުދާނަމެވެ. 

މިއަދު ރާއްޖޭގައި އޮތް ހަމަޖެހުމާއި، އަމާންކަމުގެ ފިނިހިޔަލަކީ، ދިރިއުޅުމާއިގެން ކުރިޔަށް ދިޔުމަށް ލިބިފައި އޮތް ފުރުޞަތެވެ. އެހެންވީމާ، އަލުން ހަމަނުޖެހުންތަކާއި މުޒާހަރާތައްފެށި، ލީޑަރުންތައް ހިފައި ހައްޔަރުކޮށް ޖަލަށްލައި ރައްޔިތުން ގަދަހޫނުގައި މަގުމަތީގައި ތިބެންޖެހޭނެ ދުވަހެއް ދިވެހިން ބޭނުމެއް ނުވާނެއެވެ. 

ކުރިމަގު އުޖާލާ ވާގޮތަށް، ދިރުވަންޖެހޭ ޒިކުރާތަކަށް،

މަރަމުން ދެލޯ ޢިބުރަތްތަކަށް، ދާނަންހޭ، ނުދާނަމޭ. 

ލަވައިގެ ފުރަތަމަ ކަޑީގައި ކުރެވޭ ސުވާލަކީ، ކުރިމަގު އުޖާލާވާނެ ގޮތުން ދިރުވަންޖެހޭ ޒިކުރާތަކަށާއި، ލިބޭ ޢިބުރަތްތަކަށް ލޯމަރާލައިފާނަންތޯއެވެ. އޭގެ ޖަވާބަކީވެސް ނޫނެކެވެ. 

މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ކުރިމަގުގެ މުސްތަޤުބަލަށް ގޮތެއް ނިންމުމުގެ ވަގުތެކެވެ. ކަންކަން ރަނގަޅަށް ހިނގުމުގައި މެދުވެރިވި ފަރާތްތަކުގެ ޒިކުރާއާކޮށް، ފާއިތުވެ ދިޔަ ތަނުގައި ލިބުނު ފިލާވަޅުތަކުން ލިބުނު ޢިބުރަތްތަކަށް ލޯ މަރާ ނުލުމެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ މިދައުރަކީ، ރާއްޖޭގައި ސިޔާސީ ގޮތުން ހަމަޖެހުން އޮތް ހަމައެކަނި ފަސް އަހަރެވެ. ކޯލިޝަންގެ ވަޢުދާއި އެއްގޮތަށް އެމަނިކުފާނު ވަނީ، ކޯލިޝަން ދަމަހައްޓަވާފައެވެ. މީގެ ކުރިން އެއްވެސް ވެރިކަމުގެ ދައުރެއްގައި ހިންގިފައި ނުވާހައި ގިނަ ތަރައްޤީގެ މަޝްރޫޢުތައް މިސަރުކާރުން ވަނީ ހިންގާފައެވެ. އެހެންކަމުން ޤައުމުގެ ކުރިމަގު އުޖާލާވުން އެދޭ ރައްޔިތަކު މާޒީވީތަނުން ލިބުނު ޢިބުރަތްތަކަށް ލޯމަރައިނުލާނެކަން ކަށަވަރެވެ.

ނޫރުން އިލާހީ އަލިވި ބިން، ކޫރުންތަކާ ކުފުރުގެ ކަށިން،

ކުރޫންތަކާ ރޮނގުތައް އަޅަން، ދޭނަންހޭ؟ ނުދޭ ނަމޭ.     

ދިވެހިންނަކީ އިސްލާމްދީނަށް އެބުރުނީއްސުރެ އެދީނުގެ މަތީގައި ސާބިތުވެ ތިބި ބައެކެވެ. ޅެންވެރިޔާ ހާމަކުރައްވަނީ އެ ޙަޤީޤަތެވެ. ރާއްޖޭގެ ސިޔާސީ މައިދާނަށް އެކި ދުވަސްވަރު އެކި ބަދަލުތައް އަންނަމުން ދިޔައިރު، ބައެއް ސިޔާސީ ބޭފުޅުންނަކީ، ސިއްރާއި ފާޅުގައި، ދިވެހި ދައުލަތަކީ ސެކިއުލާ ދައުލަތަކަށް ހައްދަވަން މަސައްކަތް ކުރެއްވި ބޭފުޅުންނެވެ. ދީނާ ޚިލާފު އެތައް ވާހަކަޔާއި ޢަމަލެއް އެބޭފުޅުންގެ ކިބައިންފެނި ދިވެހިން ވަނީ އެބޭފުޅުން ވެރިކަމުގެ ގޮނޑިތަކުން ދުރުކޮށްފައެވެ. އެހެންވީމާ އިލާހީ ނޫރުގެ އަލިން އަލިވި މިބިމުގައި ކުފުރުތައް ފަތުރަން ދިވެހި އެއްވެސް ރައްޔިތަކު ފުރުޞަތެއް ނުދޭނެއެވެ. ލާދީނިއްޔަތާއި ހަރުކަށި ފިކުރަކަށްވެސް ފުރުޞަތެއް ނުދޭނެއެވެ.

ކަނޑުފަޅު ހިމޭން ވާނޭ ކަމެއް، މަޑުޖެހި ތަރައްޤީ ދާކަމެއް.

ކުޑަވެސް ހިނގާނޭ ފުރުޞަތެއް، ދޭނަންހޭ؟ ނުދޭ ނަމޭ.   

ޅެންވެރިޔާ ވިދާޅުވާ ފަދައިން ދިވެހިން މިއަދު ތިބީ، އިޤުތިޞާދީ ހަރަކާތް ހުއްޓި ތަރައްޤީ މަޑުޖެހިދާނޭ ކުޑަވެސް ކަމަކަށް ފުރުޞަތުދޭ ގޮތަކަށް ނޫނެވެ. ފެށިފައި ހުރި ބިޔަ ބޮޑެތި މަޝްރޫޢުތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހުއްޓި ގަޑުބަޑުކުރުމަކީ ރައްޔިތުން ފުރުޞަތުދޭނެކަމެއް ނޫނެވެ.

މިއަދު ރައްޔިތުންގެ ކުރިމައްޗަށް ހުށައެޅިފައި މިވަނީ، ޅެންވެރިޔާ ވިދާޅުވާ ފަދައިން ދެގޮތެކެވެ. އެއީ މިނިވަންކަމުގައި ދެމި ތިބުމާއި އަޅުވެތިކަމުގެ ކަޅުއަނދިރި ދުވަސްތަކަށް އެނބުރިދިޔުމާއި ދެގޮތުން ކުރެ ގޮތެކެވެ. ރައީސް ޔާމީނުގެ ސަރުކާރުގެ ކަޅުއަނދިރި ދުވަސްތަކަކީ އަދި މިޖީލުގެ މީހުން ހަނދާން ނެތޭހައި ގިނަ ދުވަސްވީ ކަމެއް ނޫނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މިވެރިކަމުގައި ޤައުމަށް ލިބުނު ހަމަޖެހުމާއި، ދެމިއޮތް މިނިވަންކަމަކީ އޭގެ އަގުވަޒަންކުރަން ނޭނގޭހައި ގިނަދުވަސްވީ ކަމެއް ނޫނެވެ. ރައީސް ޔާމީނުގެ އަނިޔާވެރިވެރިކަމާއި، ރައްޔިތުންނަށް ކުރިމަތިވި ދަތިހާލާއި، ބިރުވެރިކަން ތަޖުރިބާކުރި މީހުން އަދި ތިބީ ދިރިދުނިޔޭގައެވެ. ވީއިރު މިނިވަންކަމުގެ ހާއުފާވެރި ފަސްއަހަރު ދޫކޮށް އިހުގެ ބިރުވެރި އަނދިރި ދުވަސްތަކަށް، ދާން ބޭނުންވާ ދިވެއްސަކު ނެތެވެ. މިނިވަންކަމުން އަޅުވެތިކަމަށް ހަމަހޭގައި ހުރެ ދާނެ ދިވެއްސަކު ނެތެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.