Advertisement

ހަމާސްގެ ހަނގުރާމަވެރި ވިންގް، ޤައްސާމް ބްރިގޭޑްގެ މެމްބަރެއް | 20 ޖުލައި 2017 | ފޮޓޯ: މުސްޠަފާ ހަސޮނާ، އަނަޑޮލު އެޖެންސީ

21 Oct 2023
ރިޕޯޓް

ހަމާސް: ފުރަތަމަ ދުވަހުން ފެށިގެންވެސް ފާޅުގައި ފަލަސްތީނުގެ މިނިވަންކަމަށް

މި މަހުގެ 7 ވަނަ ދުވަހު އިސްރާއީލް ނިދާފައި އޮތްވާ ހަމާސްއިން ދިން ވަރުގަދަ ހަމަލާއާއެކު، ފަލްސްތީނުގެ މިނިވަންކަމަށް ގޮވާލާ އަޑުތައް ގަދަވެއްޖެއެވެ. އަދި މީގެކުރިން ހަމައެކަނި ހަނގުރާމަވެރި ޖަމާއަތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އައި ހަމާސް ޖަމާއަތާމެދު ދުނިޔެ ދެކޭގޮތް ބަދަލުވާން ވަނީ ފަށާފައެވެ. މައިގަނޑު ސަބަބަކީ ފަލަސްތީނުގެ އަރަބިން ބޭނުންވާފަދަ މިނިވަންކަމެއް ހޯދައިދޭން ހަމައެކަނި މަސައްކަތްކުރާ ބަޔަކީ ހަމާސްކަމުގައި ގަބޫލުކުރެވެން ފެށުމެވެ.

އިސްރާއީލް ނިދާފައި އޮތްވާ ދިން ހަމަލާއަކީ ސައިކޮލަޖިކަލް އަދި ހަނގުރާމަވެރި ނަޒަރަކުން ބަލާއިރު ދުރުވިސްނުން ހުންނަފަދަ ލަޝްކަރެއްގެ ވިސްނުމެވެ. މިހާހިސާބުން ހަމާސްއަކީ ކޮބައިތޯވެސް ބަލަން އެބަޖެހެއެވެ.

1948 ވަނަ އަހަރު އިސްރާއީލަކީ ދައުލަތެއްކަމަށް ކަނޑައެޅި ހިސާބުން ޔަހޫދީންވަނީ ފަލަސްތީނުން މުސްލިމުން ބޭރުކޮށް ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަސައްކަތް ފަށާފައެވެ. ފަލަސްތީނުގައި ތިބުމަށް ޔަހޫދީންނަށް ޖިޒީ ދައްކައިގެން މުސްލިމުން އަޅުވެތިކޮށްގެން ތިބި ތިބުމާ ދެކޮޅަށް ފަލަސްތީނުގެ އާއްމުން ތެދުވަން ނިންމިއެވެ. އެގޮތުން އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަތްގަދަކުރަން ފެށިތާ 39 ވަނަ އަހަރު ފަހުން 1987 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަލަސްތީނު ރައްޔިތުންވަނީ އަޑު އުފުލުމުގެ ގޮތުން މުޒާހަރާ ކުރަން ފަށާފައެވެ.

Advertisement

ފުރަތަމަ އިންތިފާޟާގެ ނަމުން މަޝްހޫރު މި އެއްވުންތަކުގެ ފަހަތުގައިވެސް އިސްރާއީލްގެ ހަމަލާތަކެއްވެއެވެ. އެގޮތުން ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުންދިޔަ 4 ޒުވާނަކު އެއްވެސް ރަހުމެއް ނެތްގޮތުގައި ޝަހީދުކޮށްލުމަށްފަހު އެއީ އެކްސިޑެންޓެއްކަމަށް އިސްރާއީލުން ބުނުންވެގެންދިޔައީ ފުރަތަމަ އިންތިފާޟާގެ ފެށުމެވެ. މިގޮތުން 6 އަހަރަށް ދެމިގެންދިޔަ މި އިންތިފާޟާގައި މަގުމަތީގައި ފަލަސްތީނުގެ ރައްޔިތުން އެއްވުންތައް ބޭއްވުމާއި، އިސްރާއީލް ސިފައިންނަށް ގަލުން ހަމަލާދިނުން ކުރިއަށްދިޔައެވެ. އދ.އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިހަމަނުޖެހުންތަކުގައި ގާތްގަނޑަކަށް 1،000 ފަލަސްތީނުގެ އާއްމުން ޝަހީދުވެފައިވެއެވެ.

ފުރަތަމަ އިންތިފާޟާގައި ފަލަސްތީނުގެ ކުޑަ ކުދިންތަކެއް އިސްރާއީލު ސިފައިންނާއި ކުރިމަތިލާ މަންޒަރު

ފުރަތަމަ އިންތިފާޟާ ކުރިއަށް ގެންދިޔުމުގައި އަވައްޓެރި މިސްރާއި ލުބްނާންގެ އެކި ޖަމާއަތްތަކުން ފަލަސްތީނުގެ ދަރިވަރުންނަށާއި އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ހަމާސް ވުޖޫދުވެފައިވަނީ ފުރަތަމަ އިންތިފާޟާ ނުވަތަ ފަލަސްތީނު ރައްޔިތުން އިސްރާއީލާއި ދެކޮޅަށް ތެދުވި އަހަރުގައެވެ. އެއީ ފަލަސްތީނުގެ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅުއްވަމުންގެންދެވި މަޝްހޫރު ޝެއިހް އަހްމަދު ޔާސީން އިސްކޮށް ހުންނަވާ އުފެއްދެވި ޖަމާއަތެކެވެ. ހަމާސް އުފެދުނުކަން އިއުލާންކޮށްފައިވަނީ ފަލަސްތީނުގެ އިސްލާމިކް ޔުނިވަރސިޓީ އޮފް ޣައްޒާގައި މިސްރުގެ މުސްލިމް ބްރަދާހޫޑްގެ ފަރާތުން ބެހި ލީފްލެޓެއްގައި އެކަން ޝާއިއުކޮށްގެންނެވެ.

ހަމާސްގެ ބާނީ ޝެއިޙް އަޙްމަދު ޔާސީން

ސިޔާސީގޮތުން އުފެދުނު މިޖަމާއަތުގެ ހަނގުރާމަވެރި ވިންގްކަމުގައިވާ އިއްޒުއްދީން ޤައްސާމް ބްރިގޭޑްސްއަކީ ސީދާ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ވިންގެވެ. 1987 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ޔަހޫދީ ދައުލަތް ބަލައިގަންނަން ކަނޑައެޅިގެން ފާޅުގައި ދެކޮޅުހަދައި، އިސްރާއީލް ސިފައިންނަށް ފާޅުގައި ހަމަލާދީ ފަލަސްތީނުގެ މިނިވަންކަމަށް އަޑުއުފުލާ ހަމާސް ޖަމާއަތުން ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައިވަނީ އިސްރާއީލުން ދެމުންދާ ހަމަލާގެ ރައްދުގައި އެތައް ފަހަރަކު ތެދުވެފައެވެ. އެހެންނަމަވެސް މިފަހަރުގެ ހަމަލާ ތަފާތުވީ އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކާއި ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެން ސިއްސުވާލާ ފަދަ އުކުޅުތައް ބޭނުންކޮށްގެން އިސްރާއީލަށް ހަމަލާ ދީފައިވާތީއެވެ.

އިސްރާއީލާއި ދެކޮޅަށް ހަނގުރާމަކުރުމުގެ އިތުރުން ފަލަސްތީނުގެ އެތެރޭގައިވެސް ހަމާސްގެ ބާރުގަދައެވެ. އެގޮތުން ވެރިކަން ކުރާ ޕަލެސްޓައިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީ.އެލް.އޯ.) އާއި އެންމެ ވާދަވެރި ބަޔަކީވެސް ހަމާސްއެވެ. ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި މަގުބޫލު ހަމާސްއިންވަނީ 2006 ވަނަ އަހަރު ފަލަސްތީނުގައި ބޭއްވި މިނިވަން އިންތިހާބު ކަމިޔާބުކޮށްފައެވެ. އެހެންނަމަވެސް ވެރިކަމުގެ ބާރުތައް ދޫކުރައްވަން ރައީސް މަހްމޫދު އައްބާސް ދެކޮޅު ހެއްދެވުމުން ފެށުނު ހަމަނުޖެހުމުގައި ހަމާސްއިންވަނީ ޣައްޒާ އެޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ހަމާސްއިން އިސްރާއީލާއި ދެކޮޅަށް ފާޅުގައި މަސައްކަތްކުރުމުގެ ނަތީޖާއަކަށްވީ ހަމާސްގެ ބާރުގެ ދަށަށް ޣައްޒާ ގެނައުމުން އެސަރަޙައްދު އެއްކޮށް ބަންދުކުރުމަށް އިސްރާއީލުން ނިންމުމެވެ. ވޭތުވެދިޔަ 17 އަހަރު ދުވަހު އިސްރާއީލުންވަނީ ޣައްޒާގައި ދިރިއުޅޭ 2.2 މިލިއަން އާއްމުންނާއި ދެކޮޅަށް އެކިވަރުގެ ގަތުލު އާއްމުތައް ހިންގާފައެވެ. އަބަދުވެސް ބުނަނީ ހަމާސް ނައްތާލުމަށްކަމަށެވެ. ނަމަވެސް އިސްރާއީލްގެ އަމާޒު ފަތްގަނޑަކަށް ހަމާސް ހެދުމަށްފަހު، ހަމަލާދެނީ ފަލަސްތީނު އާއްމުންނާއި ކުޑަކުދިންނަށެވެ. މިގޮތުން އެތައް އާއިލާއެއް އެއްކޮށް ނެތިކޮށްލައި އެތައް ޖީލެއް ނިމިގެން ގޮސްފިއެވެ.

ހަމާސް ޖަމާއަތަކީ ޓެރަރިސްޓް އޮގަނައިޒޭޝަންއެއްކަމަށް ދުނިޔޭގެ ބާރުތަކުން ދެކުނުނަމަވެސް ފަލަސްތީނުގެ ރައްޔިތުން ދެކެނީ އެހެން ނޫންކަން ހާމަވާ އެންމެ ބޮޑު ސަބަބަކީ، ހަމާސްއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެއް ބަޔަކީ އެހެން ގައުމުތަކުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށްވުމެވެ. އަވައްޓެރި މިސްރުން ފޮނުވާ ވިޔަފާރި މުދަލުން ނަގާ ޓެކްސް ފައިސާއިން ކޮންމެ މަހަކު އެތައް މިލިއަން އެމެރިކާ ޑޮލަރެއް ހަމާސްއަށް ލިބެއެވެ. ހަމައެއާއެކު ހަތިޔާރާއި ތަމްރީނުތަކުގެ އިތުރުން އެކި ގޮތްގޮތުން ހަމާސްއަށް އެހީވެދޭ ގައުމުތަކުގެ ތެރޭގައި ގަތަރާއި އީރާނާއި ތުރުކީ ހިމެނެއެވެ.

އިތުރު އާޓިކަލް
06 Dec 2023
ކުޅިވަރު
ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގެ ޕްރެސްގައި ހަތަރު މީޑިއާއަކަށް ބައިވެރިނުވެވޭނެކަމަށް ޔުނައިޓެޑުން އަންގައިފި
އިންގްލިޝް ޕްރިމިއަރ ލީގުގައި ބުދަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް އޯލްޑް-ޓްރެފަޑްގައި ނިކުންނަ މެޗުގެ ޕްރެސް ކޮންފަރެންސްގައި ހަތަރު މީޑިއާއަކަށް ބައިވެރިނުވެވޭނެކަމަށް ޔުނައިޓެޑުން ބުނެފިއެވެ.
06 Dec 2023
ޚަބަރު
މަޤާމުން ވަކިކުރި މީހުންނަކީ އިދާރީ އޮޅުމަކުން އައްޔަނުކުރެވުނު މީހުން: ރައީސް
ސްޓޭޓް މިިނިސްޓަރަކަށް އައްޔަނުކުރި މުންއިމް މަޤާމުން ވަކިކުރީ އޭނާއަކީ ވާދަވެރި ކެންޑިޑޭޓަށް ކެމްޕޭނުކުރި މީހަކަށްވާތީ ކަމަށް މައުލޫމާތު ލިބިފައެވެ. ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް އައްޔަނުކުރި ފަހުމީ ހަސަންއަކީ އޭނާ ސިވިލްސަރވިސސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުރި އިރު އެތަނުގެ މުވައްޒަފަަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވި ދައުވާ ކުރެވުނު މީހެކެވެ. އޭނާ މަޤާމުން ވަކިކުރީވެސް އާއްމުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުުވެފައި ވަނިކޮށެވެ.
05 Dec 2023
ޚަބަރު
މެޑިކަލް ޗެކަޕާއި، ދަރިމައިވުމުގެ ފަރުވާ އާއި ބޯންމެރޯ ޓްރާންސްޕްލާންޓަށް އާސަންދަ ލިބޭ ގޮތް ހަމަޖައްސައިދެނީ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑޮކްޓަރުންގެ ރިކުއެސްޓާއި އެކު އާސަންދައިން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދޭ ގޮތަށާއި، އައިވީއެފް, އައިޔޫއައި އަދި ބޯންމެރޯން ހެދޭނެގޮތަށް އާސަންދައިގެ އުސޫލުތައް ބަދަލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
05 Dec 2023
ޚަބަރު
ހައްޖު ފަރުޟުނުވާ 50 މީހަކު ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން މިއަހަރު ހައްޖަށް ފޮނުވައިދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ހައްޖަށް ދިޔުމުގެ ކެރިކުޅަދާނަކަން ލިބިގެންވާ އަދި ހައްޖު އެބައެއްގެ މައްޗަށް ވާޖިބު މީހުން، ހައްޖު ކޯޕަރޭޝަނަށް ހައްޖަށް ދިޔުމަށް ފައިސާދައްކައި، ކޯޓާ ނުލިބިގެން ހައްޖަށް ނުދެވި ތިއްބައި، ރާއްޖެއަށް ލިބޭ މަދުކޯޓާ ބޭނުންކޮށްގެން، ހައްޖު އެބައެއްގެ މައްޗަށް ފަރުޟު ނުވާ މީހުން، ސަރުކާރުން ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ހައްޖަށް ފޮނުވައި ދިނުމަކީ، އެންމެ ރަނގަޅުގޮތް ނޫންކަމުގައި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.